ދުނިޔޭގެ އެކި ހިސާބުތަކުގައި ދިރިއުޅޭ މުސްލިމް އަންހެނުންނަށް މި ވަނީ އުނދަގޫތަކާއި ކުރިމަތިލާން ޖެހިފައެވެ. އެ މީހުންގެ ނަމާއި، ފޮޓޯ އާއި ޓްވިޓާގައި ބޭނުން ކުރާ އައިޑީއާއެކު، "ވިއްކުމަށް" ޖަހަނީއެވެ.

މިފަދަ މައްސަލައެއް ފެންމަތިވެފައިވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ. މިޑީއާ ރިޕޯޓްތައް ބުނާގޮތުގައި، މުސްލިމް އަންހެނުންނަށް ނިސްބަތްކޮށް އެޕްލިކޭޝަނެއްވެސް ހަދާފައި ވެއެވެ. އެ އެޕްލިކޭޝަންގެ ނަމަކަށް ވެސް ޖަހާފައި ވަނީ އެ އަންހެންނަށް ހުތުރު އަރާ އަރާ ފަދަ ބަހެއް ކަމަށް ވެއެވެ. އަދި މިގޮތަށް ވިިއްކުމަށް ޖަހާ އަންހެނުންގެ ތެރޭގައި ހިމެނެނީ އަންހެން ނޫސްވެރިންނާއި، އެކްޓިވިސްޓުންނާއި އެނަލިސްޓުންގެ އިތުރުން އާޓިސްޓުންނާއި، ދިރާސާ ކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުން ކަމަށް ވެއެވެ.

މިކަން އާއްމުންގެ ސަމާލުކަމަށް އައިސްފައި ވަނީ އަންހެނަކަށް އޭނާގެ ޕްރޮފައިފް އެ ވެބްސައިޓުން ފެނި އެކަން މީސް މީޑިއާގެ ސަމާލުކަމަށް ގެނައުމުންނެވެ.

މިއީ ކާކު ހިންގާ ވެބްސައިޓެއްކަން އަދި އާއްމުކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް ސޮފްޓްވެއާ އަޕްޑޭޓް ކުންފުނިން ވަނީ މިދިޔަ ބުދަ ދުވަހު އެ ވެބްސައިޓް ޑައުންކޮށްފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އެ ވެބްްސައިޓް އާއި އެޕްގެ ސަބަބުން އެތައް އަންހެނުންނެއް ރުޅި ގަދަވެ އެ ވާހަކަ ދައްކަމުންދާއިރު، ފޮޓޯތައް އާއްމުކޮށް ޖަހާފައި ވަނީ މިއީ "ޑީލް އޮފް ދަ ޑޭ" ކަމަށެވެ.

އެ އެޕަށް ވަން މީހަކު ބުނީ، އޭނާ އެއަށް ވަނުމުން ފުރަތަމަ ވެސް އަންނަނީ މިއަދުގެ ޑީލް ހޯދުމަށް އެދޭ ކަމަށް ބުނެ އަންނަ މެސެޖެއް ކަމަށާއި އަދި އަންހެނުންގެ ފޮޓޯތައް ހުންނަ ކަމަށެވެ. އަދި އެ ފޮޓޯ ތަކަކީ އެ އަންހެނުންގެ މީސްމީޑިއާ އެކައުންޓުތަކުގައި ހުންނަ ފޮޓޯތައް ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.