ފެޝަން އަކީ އަބަދުވެސް ޒަމާނާއި އެއްކޮށް ބަދަލުވަމުންދާ އެއްޗެކެވެ. އޭރެއްގައި އޮންނަ ޓްރެންޑުތަކާއި އޭރެއްގައި ހިނގާ ކަންކަމާއި ގުޅިގެން ފެޝަން އަށް ވަރަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. 2021 ފާހަގަކުރެވެނީ އާދަޔާ ޚިލާފު ފެޝަންގެ އަހަރެއްގެ ގޮތުގައެވެ. އެގޮތުން ނިއޯން ކުލަތަކާއި ފަލަ ހަރުވާޅުތަކަށް ބެލިޔަސް ފެންނަނީ ކުރީގެ ޓްރެންޑްތައް އަނބުރާ ވައިގައި ހިފަމުންދާ މަންޒަރެވެ.

ޚާއްސަކޮށް 60 އާއި 70 އަހަރުގެ ފެޝަން ސްޓައިލްތައް އަނބުރާ ވައިގައި ހިފުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އެގޮތަށް ކުރިން ފާހަގަކުރެވުނު އެއް ޓްރެންޑަކީ ބޮޑެތި އަވިއައިނުގެ ޓްރެންޑެވެ. އެ ދުވަސްކޮޅު ޚާއްސަކޮށް އަންހެނުންގެ މެދުގައި ބޮޑެތި އަވިއައިނު ވަރަށް ބޮޑަށް މަޝްހޫރުވިއެވެ. އޭގެ ފަހުން 2021 އާއި ހަމައަށް އައި އިރު ވެސް މި ޓްރެންޑް އެއްކޮށް ނެތި ދިޔައެކޭ ބުނެވޭކަށް ނެތެވެ. އެހެންނަމަވެސް މައިގަނޑު ފެޝަން ޓްރެންޑްތަކުގެ ތެރެއިން ބޮޑެތި އަވިއައިނު ނުފެންނަތާ މިވަނީ ޒަމާންތަކެއް ވޭތުވެފައެވެ.

މިއީ ގްލޯރިއާ ސްޓެއިނެމްގެ ސިގްނޭޗަރ ފެނުންތަކުގެ ތެރޭގައި ފާހަގަކޮށްލެވުނު ސިފައެކެވެ. މި ފެޝަން ސީޒަންގެ އެންމެ ފާހަގަކޮށްލެވޭ އެއް އައިޓަމަކީ ބޮޑެތި އަވި އައިނުތަކެވެ. ރިޓްރޯ އިންސްޕަޔަރޑް އަވިއައިނުތަކުގެ ފެޝަން މިވަނީ އަނެއްކާވެސް ބޮޑެތި ތަރިންނަށް ވެސް ކަމުދާ އެއްޗަކަށް ވެފައެވެ.

އެގޮތުން ޕްރިޔަންކާ ޗޯޕްރާ އާއި ޓެއިލަރ ސްވިފްޓް ފަދަ ތަރިން ބޮޑެތި އަވި އައިނުތައް އަޅައިގެން ތިބި ފޮޓޯތައް ވަނީ އާއްމުވެފައެވެ. ތަރިންގެ މެދުގައި މި ސްޓައިލް އާއްމު ވުމާއި އެކު އާއްމުންގެ މެދުގައި ވެސް މި ޓްރެންޑް ވަރަށް ބާރަށް މިވަނީ ހިނގައިގަނެފައެވެ. އަދި ބޮޑެތި އަވި އައިނުތަކުގެ ތެރެއިން ގަދަ ކުލަކުލައިގެ އަވި އައިނު ވަކިން ބޮޑަށް މަޝްހޫރުކަން ފެޝަން އާޓިސްޓުން ފާހަގަކުރެއެވެ.

މިހާރު ފެޝަންގެ ރޫހު ހުރިގޮތަށް ބަލާ އިރު އިހު ޒަމާނުގެ ޓްރެންޑްތަކުގެ ތެރެއިން އިތުރު ޓްރެންޑްތައް އަނބުރާ އަންނާނެ ކަމަށް ލަފާކުރެވެއެވެ.