މީސް މީޑިއާގައި މިހާރު ދައުރުވަމުންދާ ތަފާތު ވީޑިއޯއަކަށް ގިނަބައެއްގެ ސަމާލުކަން ހުއްޓިއްޖެއެވެ. އެއްބަޔަކަށް އެ ވީޑިއޯ ވެފައި ވަނީ ވަރަށް ހައިރާން ކުރުވަނިވި ވީޑިއޯއަކަށެވެ. އެ ވީޑިއޯއިން ފެނިގެން ދަނީ ގޮލްފް ބޯޅައަކަށް ހޮނު އަޅާ މަންޒަރެވެ. އެ ބޯޅައަށް ހޮނު އަޅަނީ ބެޓަކުން އެ ބޯޅަ މައްޗަށް ޖަހާތާ މާ ގިނަ އިރުތަކެއް ނުވަނީސް އެވެ.

ޑެއިލީ މެއިލް އިން ބުނެފައިވާގޮތުގައި، ތޯމަސް އެންރިކިއު ގޮމޭޒް 18އ، އެ ބޯޅައިގައި ބެޓުން ޖެހި ވަގުތަކީ އެމެރިކާގެ ޓެކްސަސްއަށް ހޮނު އަޅަމުންދިޔަ ވަގުތެއް ކަމަށެވެ. އަދި އެ ބޯޅައަށް ހޮނު އެޅީ ކަމަށް ބުނެފައި ވެއެވެ.

އެ ވީޑިއޯއިން ފެނިގެން ދަނީ އެ ބޯޅައަށް ހޮނު އެޅުމާއެކު ގޮމޭޒް ދުއްވައިގަނަން ތަނެވެ.

"އެންމެ ފުރަތަމަވެސް ބޯޅައަށް ހޮނު އެޅި މަންޒަރު ފެނުމާއެކު ހިތައް އެރީ ދުއްވައިގަންނަން، އަހަރެން ވެއްޓުނު ބިންމައްޗަށްވެސް، އަހަރެންނަށް އެ މަންޒަރު ފެނުމުން އުފާވި:. ގޮމޭޒް ބުނެފައި ވެއެވެ.

މިކަން ހިނގާފައި ވަނީ ގޮމޭޒް އާއި އޭނާގެ ދެ ކޮއްކޮއާއި އަދި ރަހުމަތްތެރިންނާއެކު ޑްރައިވިންގް ރޭންޖަަށް ގޮސްގެން އުޅެނިކޮށެވެ.

އެ މަންޒަރު ރެކޯޑް ކުރެވިފައި ވަނީ އުމުރުން 15 އަހަރުގެ އަރްލެޓް އިބައްރާގެ ފޯނުންނެވެ.

"އަހަރެންގެ ގަޔަށް ހޮނު އެޅުމުގެ ބަދަލުގައި އެ ބޯޅައަށް ހޮނު އެޅުމުން ވަރަށް ހިތްހަމަ ޖަހޭ".

ޓޮޕް ގޮލްފް، ދަ ޑްރައިވިންގ ރޭންޖް އިން ބުނީ، އެކަން ހިނގުމާއެކު އެ ސަރަހައްދުގައި ތިބި އެންމެން ކައިރީގައި އިމާރާތުގެ އެތެރެއަށް ވަންނަން އެދުނު ކަމަށެވެ.

"އަހަރުމެންވެސް ބެލީ އަހަރުމެންގެ ރައްކާތެރިކަމުގެ ޕްރޮޓޮކޯލްއަށް ފޮލޯ ކުރެވޭތޯ". އެތަނުން ބުނެފައި ވެއެވެ.