މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ފުޓްބޯޅަ އިން ރިޓަޔާކުރި އިނގިރޭސި ތަރި ގެރެތު ބޭލް ގޯލްފް މުބާރާތެއްގައި ވާދަކުރަން ތައްޔާރުވެއްޖެ އެވެ.

އުމުރުން 33 އަހަރުގައި ގަރެތު ބޭލް ފުޓުބޯޅަ ކުޅުން ހުއްޓާލިކަން އިއުލާންކުރީ އޭނާގެ މީސް މީޑިއާގައި ކުރި ޕޯސްޓެއްގައެވެ. ބޭލް އޭނާގެ ކެރިއަރު ފެށީ، 2006 ވަނަ އަހަރު ސައުތެމްޓަން އިންނެވެ. އެއަށްފަހު އޭނާ ވަނީ އެކިއެކި ކުލަބުތަކަށް ކުޅެފައެވެ. އޭގެ ތެރޭގައި ޕްރިމިއާ ލީގުގެ ޓޮޓެންހަމާއި، ސްޕެއިންގެ ރެއާލް މެޑްރިޑު އަދި އެންމެ ފަހުން އޭނާ ކުޅުނު އެމެރިކާގެ އެލްއޭ އެފްސީ ހިމެނެއެވެ.

ބޭލް ބުނީ ގޯލްފް މުބާރާތެއްގައި ވާދަކުރުމަކީ ބޮޑު އުފަލެއް ކަމަށެވެ. ބޭލް ވާދަކުރާ މުބާރާތުގައި ގޯލްފްގެ ތަޖުރިބާކާރު 156 ކުޅުންތެރިޔަކު ވާދަކުރެ އެވެ. އޭގެ ތެރޭގައި ޔޫއެސް އޯޕަންގެ ޗެމްޕިއަން މެޓް ފިޒްޕެޓްރިކާއި ޕެޓްރިކް ކެންޓްލޭ އަދި ޖޯޑަން ސްޕީތު ފަދަ ކުޅުންތެރިން ހިމެނެ އެވެ.

 

View this post on Instagram

 

A post shared by Gareth Bale (@garethbale11)

ބޭލް ވަނީ ޕޯޖީއޭޓުއާ އިން ޕޯސްޓްކޮށްފައިވާ އޭނާ ގޯލްފް ކުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް އިންސްޓަގްރާމް ސްޓޯރީގައި ޝެއާކޮށްފައެވެ.

ކުޅުން ހުއްޓާލިކަން ހާމަކުރަމުން ބޭލް ބުނީ، އެއީ އޭނާގެ ކެރިއަރުގައި ވެސް ނިންމަން ޖެހުނު އެންމެ އުނދަގޫ ނިންމުން ކަމަށެވެ. އަދި ގައުމީ ޖާޒީގައި ކުޅެ، ގައުމީ ޓީމުގެ ކެޕްޓަންގެ ގޮތުގައި ކުޅުމުގެ ފުރުސަތު ލިބުމަކީ އޭނާ އަށް ލިބޭ އެންމެ ޚާއްސަ އެއް ކަންތައް ކަމަށެވެ. ބޭލް ބުނީ ގައުމީ ޓީމަށް ކުޅުމުގެ ފުރުސަތު ލިބުނު ކަމަށްޓަކައި އޭނާ އެކަމާ ފަޚުރުވެރިވެ، އުފާވާ ކަމަށެވެ. ބޭލް ވަނީ އޭނާ އަށް އެހީތެރިވެދިން ކޯޗުންނާއި، އޮފިޝަލުންނާއި، އޭނާއާއެކު ކުޅުނު ކުޅުންތެރިންނަށް ޚާއްސަ ޝުކުރެއް އަދާ ކޮށްފައެވެ. މީގެ އިތުރުން ބޭލް ބުނީ ކެރިއަރު ފެށި ދުވަހުން ފަށައިގެން، އެލްއޭ އެފްސީ އަށް ކުޅުނު ދުވަހާ ހަމަ އަށް އޭނާ އަށް ކުރެވުނު އެންމެހައި ކަންތަކާ މެދު ވެސް ފަޚުރުވެރިވާ ކަމަށެވެ.

ބޭލްގެ ކެރިއަރުގައި އޭނާގެ އެންމެ ކާމިޔާބު ދުވަސްވަރަކީ ސްޕެއިންގެ ރެއާލަށް ކުޅުނު ދުވަސްވެރެވެ. ބޭލް ރެއާލަށް ބަދަލުވީ ޓޮޓެމްހަމްގައި ހުރުމަށްފަހު، 2013 ވަނަ އަހަރުއެވެ.

ބޭލްގެ ކްލަބް ކެރިއަރުގެ ކާމިޔާބީތައް ގުޅިފައިވަނީ ރެއާލް މެޑްރިޑާ އެކުގައެވެ. ރެއާލުން، 2013 ވަނަ އަހަރު ބޭލްގެ ސޮއި ހޯދީ އޭރުގެ ރެކޯޑް ފީއެއް ކަމަށްވާ 105 މިލިއަން ޑޮލަރަށެވެ. ރެއާލްގައި ބޭލް ވަނީ 16 ތަށި ހޯދައިފައެވެ. އޭގެ ތެރޭގައި، ފަސް ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމާއި ތިން ފަހަރު، ސްޕެނިޝް ލީގު ހޯދުމާއި ތިން ފަހަރު ކްލަބް ވޯލްޑް ކަޕް ކާމިޔާބު ކުރުން ހިމެނެއެވެ.

ރެއާލާއެކު ހޭދަކުރި ނުވަ އަހަރުގެ ތެރޭގައި އޭނާ ވަނީ އެ ކުލަބަށް ކުޅެދިން 258 މެޗުގައި 106 ލަނޑު ޖަހައިފައެވެ. ރެއާލާއެކު އޭނާ ވަނީ ޖުމުލަ 16 ތައްޓެއް ކާމިޔާބުކޮށްފައެވެ. އޭގެ ތެރޭގައި ސްޕެނިޝް ލީގާއި، ކޮޕަ ޑެލް ރޭ އާއި، ސްޕެނިޝް ސުޕަ ކަޕާއި، ޔުއެފާ ޗެމްޕިއަންސް ލީގާއި، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބް ވޯލްޑް ކަޕް ހިމެނެ އެވެ. ރެއާލާއެކު ފަސް ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި ކުޅުންތެރިންގެ ތެރޭގައި ވެސް ބޭލް ހިމެނެއެވެ.