ކޮންމެ ތަނަކަށް ދިޔަކަމުގައިވިޔަސް ގަޑިއަށް ފަރުވާތެރިވާން ޖެހޭނެއެވެ. އެއީ، ކާމިޔާބާވެސް ގުޅިފައިވާ މުޙިއްމު ކަމެއްވެސްމެއެވެ. ވިޔަފާރީގެ ދާއިރާގައި ނުވަތަ، އެފަދަ އެހެން ކަމެއްގައި މަސްއޫލުވެ އުޅޭކަމުގައިވާނަމަވެސް، ގަޑިއަކީ މުޙިއްމު ކަމެކެވެ، ވަކީން ޚާއްޞަކޮށް، ބައްދަލުވުންތަކަށް ދިއުމަށެވެ.

އެގޮތުން، މިއީ އެކަމުގެ މިސާލެކެވެ. ޓްރެފިކް ބާރުބޮޑުވެގެން، ބްރިޖު ހުރަސްކޮށްފައި ދެވެން ނެތުމުން، ބައްދަލުވުމަށް ދާން ނިންމީ ޕެޑަލް ބޯޑެއްގައެވެ. ކޯޓު ފަޓުލޫނު ލައިގެން، ބްރީފް ކޭސް ހިފައިގެން، ކޯރު ހުރަސްކުރީ ޕެޑަލް ބޯޑުގައެވެ.

އުމުރުން 32 އަހަރުގެ ކޮމީޑިއަން އެއް ކަމުގައިވާ ސްކޮޓް ހޮލްޓް މިގޮތަށް ކަންތައް ކޮށްފައިވާއިރު، އޭނާވަނީ އެކަން ކާމިޔާބުވެސް ކޮށްފައެވެ. މޫސުން ގޯސްކޮށް އޮއްވާ، ކޯރު ހުރަސްކޮށް، އޭނާވަނީ މެންހެޓަން އަށް ގޮސްފައެވެ. އެކަމަށް، ހީކުރި ވަރަށް ވަގުތު ނުނަގާކަމަށްވެސް، އޭނާ ބުނެފައިވެއެވެ.

ސްކޮޓް ބުނެފައިވާ ގޮތުގައި، ކޯޓު ފަޓުލޫނު ލައިގެން، ބޯޑު ހިފައިގެން ކޯރާ ދިމާއަށް ދާތީ އެތައް ބަޔަކު އޭނާއާ ދިމާއަށް ބަލައިގެން ތިއްބެވެ. އަދި، ބައެއް ފަރާތްތަކުން، އޭނާ އުޅެނީ މޮޔަވެގެންތޯވެސް ސުވާލުކުރިކަމަށް ބުނެފައިވެއެވެ.

މިކަން ހިނގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.