ކައިވެނިތައް މީޑިއާގެ ސަމާލުކަމަށް ގިނަ ފަހަރު އަންނަނީ ކައިވެނީގެ އަގު ބޮޑުވެގެން، ކައިވެނީގެ ހުށަހެޅުމެއް ޚާއްސަވެގެން، ކައިވެނީގެ ރަނުގެ ސަބަބުން އަދި ކައިވެނީގައި ހިނގާ ލޯބި ކަންކަމުގެ ސަބަބުންނެވެ. އެކަމަކު މިފަހަރު މިއޮތީ ވަރަށް ތަފާތޫ ޖޯޑެއްގެ ވާހަކައެކެވެ.

މި ދެ މަފިރިންގެ ކައިވެންޏަށް ދިޔަ މެހެމާނުންނަށް ކާންދިނުމުގައި ބެލީ ވަރަށް ތަފާތު ކަމަކަށެވެ. އެ މީހުން ބެލީ އެ މެހެމާނުން ދިން ހަދިޔާގެ އަގަށެވެ. އިންޑިޕެންޑެންޓާއި ދަ މިރަރގައި ރިޕޯޓްކޮށްފައިވާ ގޮތުން އެ ދެ މީހުން ވަނީ ހަދިޔާގެ އަގާއި އެއްގޮތަށް ކެއުމުގެ އަގު ކަނޑައަޅަން ނިންމާ އެކަން މެހެމާނުންނަށް އަންގާފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އެ ކައިވެނީގެ ހަފްލާ އަށް 250 ޑޮލަރަށް ވުރެ ދަށް ހަދިޔާ އެއް ނަމަ އެއީ ކަމުދާ ހަދިޔާ އެއް ކަމަށް ވަނީ ނިންމާފައެވެ. އަދި އެފަދަ ހަދިޔާ ދޭ މެހެމާނުންގެ ކެއުމުގައި ރޯސް ޗިކެން އާއި ކަނޑު މަހުގެ ޚާއްސަ ބާވަތްތައް ފޯރުކޮށްދިނުމަށް އެ ދެ މީހުން ވަނީ ނިންމާފައެވެ. އަދި 251-500 ޑޮލަރާއި ދެމެދުގެ އަގު ހުރި ހަދިޔާ އަކީ ރިހި ހަދިޔާ ކަމަށާއި 501- 1000 ޑޮލަރާއި ދެމެދު ނަމަ އެއީ ރަން ހަދިޔާ ކަމަށް ނިންމިއެވެ.

ރިހި ޕެކޭޖްގައި ޚާއްސަ ގޮތްގޮތަށް ކައްކާފައިވާ މަހާއި، އެއްގަމު މަސް ހިމެނުނު އިރު ރަން ޕެކޭޖްގައި އިހި ކަހަލަ ކާނާ ހިމެނުނެވެ. ދެން އޮތީ ޕްލެޓިނަމް ޕެކޭޖެވެ. އެއީ 1001-2500 ޑޮލަރާއި ދެމެދުގެ ހަދިޔާތަކެވެ. އެ ޕެކޭޖްގެ ކެއުމުގައި ހިމަނަފައި ވަނީ ދުނިޔޭގައި ވެސް މަދުން ނޫނީ ކާން ނުލިބޭ ޒާތްޒަތުގެ ކެއުންތަކެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި ފަހަކަށް އައިސް ކައިވެނި ޕާޓީތަކަށް ގެންދަންވީ ހަދިޔާ އާއި، ކައިވެނި ޕާޓީއަށް ގެންދަންވީ ފައިސާގެ އަދަދު ވެސް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު