މިސްރުގެ ވެރިރަށް ކައިރޯގައި މަސްތުގެ ހާލަތުގައި ކާރެއް ތެރޭ ޒިނޭ ކުރަން ތިބި ދެ މީހަކު މަރުވެއްޖެއެވެ.

މިހާދިސާއާއި ގުޅިގެން ފުލުހުން ބުނީ، އެ ކާރު ފެނިފައިވަނީ އަލްހަރާމްގައި ހުންނަ ގަރާޖެއްގެ ތެރޭގައި ޕާކުކޮށްފައި އޮއްވާ ކަމަށާއި ކާރު ފެނިގެން ގޮސް ބެލިބެލުމުން ދެ މީހުން ވެސް ފެނިފައި ވަނީ މަރުވެފައިތިއްބާ ކަމަށެވެ.

މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 27 އަހަރުގެ ފިރިހެނަކާއި 21 އަހަރުގެ އަންހެނެކެވެ. އުމުރުން 27 އަހަރުގެ އެ ފިރިހެން މީހާ އަކީ ޓެކްސީ ކުރާ މީހެކެވެ. އަދި 21 އަހަރުގެ އަންހެން މީހާއަކީ އެ ޒުވާނާ ލޯބީގެ ގޮތުން ގުޅިގެން އުޅެމުންދިޔާ މީހާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މި ހާދިސާ ތަހުގީގު ކުރަމުން އަންނައިރު، ފުލުހުން ބުނީ، އެމީހުން ކާރުތެރެއިން ބޭރަށް ފައިބަން މަސައްކަތް ކޮށްފައި ނުވާ ކަމަށާއި އެގޮތަށް އެކަހަލަ ވިސްނުމެއް އެމީހުންނަށް ނައީ މަސްތުގެ ހާލަތުގައި ތިބުމުން ކަމަށް ބެލެވޭ ކަމަށެވެ.

ފޮރެންސިކް ރިޕޯޓް އާއި ހަވާލާދީ ފުލުހުން ބުނީ، އެމީހުން މަރުވެފައިވަނީ ޒިނޭ ކުރަން ތިއްބާ ކަމަށެވެ. އެމީހުންގެ އާއިލާއިން އެ ދެމީހުން ގެއްލިގެން މީގެ ކުރިން ރިޕޯޓްވެސް ކޮށްފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

މަސްތުގެ ހާލަތުގައި ޒިނޭ ކުރަން ތިއްބާ އެ ދެމީހުން މަރުވެފައިވާއިރު، އެ ފިރިހެން މީހާ ވަނީ އެ އެ އަންހެން މީހާ ކައިރިން އިންނަން އަހާފައެވެ. އެހެން ނަމަވެސް އަންހެން މީހާގެ އާއިލާއިން އެކަމާއި ދެކޮޅު ހެދި ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބުނަމޭ

    މިރާއްޖޭގަވެސް މިވައްތަރަށް އުޅޭ މީހުން ވ.ގިނަ..މީ މިކަހަލަ މީހުންނަށް އޮތް އިބްރަތަކަށް ފުދޭފަދަ ބިރުވެރި ހާދިސާއެއް..އެދެމީހުން ނިމިގެން އެދިޔައީ ނުބައި ހާލަތެއްގަ ތިބެ..ބިރުން ހަލާކު ވާވަރުވޭ..

    52
    2
  2. ނަޒީރް

    މިފަދަ ނުބައި ނިމުމަކުން އަޅަމެން ސަލާމަތް ކުރައްވައި ރައްކައުތެރިކުރައްވާށި.

    76
    1
  3. އޭނާ

    ބަޔަކު ދެން ޢިބުރަތް ލިބިގަންނަން ވެއްޖެތާ!

    49
    1
  4. Anonymous

    ސުބުހާނައްﷲ. ރާބޮއެގެން ޒިނޭ ކުރަން ތިއްބާ މަރާ ބައްދަލު ކުރަން ޖެހުމަކީ ހިތާމައިގެ ކޮޅެއްވެސް ނެތް ފަދަ. ޖަހައްނަމަ ނޫން ތަނެއް ނެތް

    27