ނަށާފައި ވީޑީއޯއެއް ނަގަން އުޅުނު އަންހެނަކު 160 ފޫޓު އުސް ކްރޭނެއް މަތިން ވެއްޓި މަރުވެއްޖެއެވެ.
ޗައިނާގައި ހިނގާދިޔަ މި ހާދިސާގައި މަރުވެފައިވަނީ ހޮންކޮންގް އަށް އުފަން މީސްމީޑިއާ އިންފްލުއެންސާ ސޯފިއާ ޝުއެންގެވެ. އޭނާ އަކީ އެގައުމުގައި ކްރޭން ފަދަ މެޝިންތައް އޮޕެރޭޓް ކުރަމުން އަންނަ މީހެކެވެ.
މީޑިއާ ތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އޭނާ ވެއްޓިފައިވަނީ އިންސްޓަގްރާމްއަށް ލާން ވެގެން ސެލްފީއެއް ނަގަން އުޅުމުގެ ތެރޭގައެވެ. 100،000 ފޮލޯވަރުން ތިބޭ ސޯފިއާގެ މަރާއި ގުޅިގެން ގިނަ ބަޔަކަށް ވަނީ ހައިރާން ކަމެއް ލިބިފައެވެ.
"ދަ ސަން" ނޫހުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އޭނާ ނަށަން ހުރި ވީޑިއޯ އާއްމުވެފައިވާއިރު، އެ ވީޑިއޯއިން ފެނިގެން ދަނީ ކްރޭންގެ އެތެރެއެވެ. އަދި އިރުކޮޅެއް ތެރޭ ވީޑިއޯ ކުއްލިއަކަށް 'ފުސް' ވެގެން ދިޔަ ކަމަށް ވެސް ވަނީ ރިޕޯޓް ކޮށްފައެވެ.
އަދި އޭނާ ވެއްޓިގެން ދިޔައިރު، ބައެއް ފަރާތްތަކަށް ފެނިގެން ދިޔަ ކަމަށާއި އޭނާ ވެއްޓިގެން ދިޔައިރު އަތުގައި ފޯނު ވެސް އޮތް ކަމަށް ބުނެފައި ވެއެވެ. އެހެން ނަމަވެސް އޭނާ ވެއްޓުނު ވަގުތު އޭނާއާއި އެކީ މަސައްކަތް ކުރާ ގިނަ މީހުން ވަނީ އެސަރަހައްދު ދޫކޮށް ގޮސްފައެވެ.
އެ ހާދިސާއާއި ގުޅިގެން އޭނާގެ އާއިލާއިން ބުނީ، އެ ހާދިސާ އަކީ އެއީ އެކްސިޑެންޓެއް ކަމަށާއި އެކަން ހިނގަން މެދުވެރިވީ ސެލްފީ ނަގަން އުޅުމުގެ ތެރޭގައި ނޫން ކަމަށެވެ.
ފޮލޯވަރުން ކިތަންމެ ގިނަވިއަސް ވީކަމެއްނެތެއްނު؟