ދުނިޔޭގައި އަންހެނުންގެ އާބާދީ އިތުރުވުމަށް ކުރިމަތިވަމުން އަންނަ ހުރަސްތަކަށް ބަލާއިރު 2100 ވަނަ އަހަރު އަންނަން ވާއިރަށް އަންހެނުންގެ އާބާދީ ވަރަށް ބޮޑަށް މަދުވެ، ކައިވެނި ކުރާނެ އަންހެނުން ނުލިބޭ ދަރަޖައަށް ކަންކަން ހިނގައިދާނެ ކަމަށް ދިރާސާ ރިޕޯޓެއްގައި ބުނެފިއެވެ.
ބީއެމްޖޭ ގްލޯބަލް ޖާނަލްގައި އާއްމު ކޮށްފައިވާ ދިރާސާ ރިޕޯޓެއްގައި ބުނެފައި ވަނީ އަންހެނުންނަށް ލިބޭ ފުރުސަތުތައް މަދުކަމަށް ބުނެ ބައެއް ގައުމުތަކުގައި އަންހެން ދަރިންނަށް ބަލިވެ އިނުމުން ދަރިން އެބޯޓް ކުރުމުގެ ކަންކަން ކުރިއަށް އޮތްތަނުގައި އިތުރުވަމުން އަންނާނެ ކަމަށެވެ.
އާދަކަދައިގެ މަތީގައި ސާބިތުވެ ތިބުމަށްޓަކައި ފިރިހެން ދަރިން ހޯދަން ވެގެން ކުރިއަށް އޮތްތަނުގައި އަންހެން ދަރިން އެބޯޓް ކުރުން އިތުރު ވުމުގެ ނަތީޖާއަކަށް ވެގެން ދާނީ އަންހެން ކުދިން އުފަންވާ މިންވަރު އާދަޔާއި ހިލާފަށް މަދުވެގެން ދިއުން ކަމަށް ދިރާސާ ރިޕޯޓްގައި ބުނެފައި ވެއެވެ.
ދިރާސާ ރިޕޯޓްގައި ބުނެފައި ވަނީ މިހާރު ކަންކަން ހިނގަމުން އަންނަ ގޮތަށް ބަލާއިރު 2030 ވަނަ އަހަރު އަންނަން ވާއިރު 4.7 މިލިއަން އަންހެނުން ފިރިހެނުންނަށްވުރެ މަދު ވާނެއެވެ. އަދި 2100 ވަނަ އަހަރު އަންނަން ވާއިރު 22 މިލިއަން އަންހެނުން "ގެއްލިގެން ދާނެ" ކަމަށް ދިރާސާ ރިޕޯޓްގައި ބުނެފައި ވެއެވެ.
އަންހެނުންނާއި ފިރިހެނުންގެ އާބާދީގެ ތަފާތު އެންމެ ބޮޑު ވެގެން ދާނެ ކަމަށް ލަފާކުރެވެނީ ދެކުނު އޭޝިއާ އާއި އިރުމަތީ އޭޝިއާގެ ގައުމުތަކާއި އަދި ޔޫރަޕްގެ ދެކުނުގެ ގައުމުތަކުގައި ކަމަށް ވެސް ދިރާސާ ރިޕޯޓްގައި ވަނީ ބުނެފައެވެ. މިދިރާސާ ކުރިއަށް ގެންގޮސްފައި ވަނީ 1970 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރާއި ހަމައަށް 204 ގައުމަކުން އުފަންވި ކުދިންގެ އަދަދު ބެލުމަށް ފަހުއެވެ.
ދިރާސާގައި ލަފާކޮށްފައިވާ ގޮތުގައި 1970 ވަނަ އަހަރާއި 2017 ވަނަ އަހަރާއި ދެމެދު 45 މިލިއަން އަންހެން ކުދިން ވަނީ އެބޯޓް ކޮށްލާފައެވެ. އޭގެ ތެރެއިން %95 ކުދިން އެބޯޓް ކޮށްފައި ވަނީ ޗައިނާ އާއި އިންޑިއާގައި ކަމަށް ވެސް ދިރާސާ ރިޕޯޓްގައި ވަނީ ލަފާކޮށްފައެވެ.
"ދެޖިންސްގެ އާބާދީގެ މެދުގައި ހުންނަ އަދަދުގެ ތަފާތުތައް ބޮޑުވަމުން ދާނަމަ އެތައް ފިރިހެނުންނަކަށް އެމީހުން ކައިވެނި ކުރާނެ އަންހެނުން ނުލިބުމުގެ މައްސަލަ ބައެއް ގައުމުތަކުގައި ދިމާވުމުގެ ފުރުސަތު ބޮޑު. އެހެންކަމުން މިކަމަށް ވަރަށް އަވަސް ފިޔަވަޅުތަކެއް އަޅަން މިވަނީ މަޖުބޫރުވެފައި." ދިރާސާ ރިޕޯޓްގައި ބުނެފައި ވެއެވެ.
ދިރާސާ ރިޕޯޓްގައި ބައެއް ގައުމުތަކުގައި އަންހެނުންނާއި ފިރިހެނުންގެ އާބާދީގެ ފަރަގު ބޮޑުވަމުން އައިކަމަށް ފާހަގަ ކޮށްފައި ވީނަމަވެސް ޕާކިސްތާނާއި ނައިޖީރިއާ ފަދަ ގައުމުތަކުގައި އަންހެނުންނާއި ފިރިހެނުންގެ އާބާދީގެ ފަރަގު ހަމަހަމަ ވަމުން އަންނަކަން ވެސް ވަނީ ފާހަގަ ކޮށްފައެވެ.
ފަހުޒަމާނުގަ އަންހެނުން ގިނަ ވާނެ ކަމަށް ބުނޭ ގައިމު. މާތްﷲ އެންމެހާ ފިތުނަ ފަސާދަ ނެތި ކުރައްވަވާ އަޅަމެން ތެދު މަގުގާ ސާބިތު ކުރައްވަވާށި އާމީން
އެހެންވީމަ އަދި ފަހު ޒަމާން ނާންނަނީތަ ނޫނީ ޤިޔާމަތްކައިރި ނުވަނީއޭ ބާ މިވެރިން މި ކިޔަނީ؟؟ ގޭސްގަނޑެއް އަނބުރަނީ ނޫންބާ
ފިރިހެނުންނާ އަޅާބަލާއިރު އަންހެނުންނަކީ ޖިސްމާނީގޮތުން ބަލިކަށި ބައެއް. އެހެންނަމަވެސް ހަމަގައިމުވެސް އަންހެނުންނާ ނުލާ އިންސާނީ ދަރިފަސްކޮޅު ދެމިއެއް ނޯންނާނެ. އިންޑިއާއާ ޗައިނާ ފަދަ ގައުމުތަކަށް އަންހެނުން މަދުވުމުގެ ނުރައްކާ އަދި ފޯރާނެ
އެމީހުންނަށް ނުވިސްނެނީ އަންހެނުންނަކީ ދަށްބައެއް ލިބޭ ނިކަމެތިކަމެއް ކަމަށް އެމީހުން ދެކެނީ.
ތީ ކޮންތާކުން ހެދި ދިރާސާއެއް؟ ދުނިޔެއިން ބޭރުގަ އުޅެބަޔެއް ހަދާފަ އިންދިރާސާއެއްހެން ހީވަނީ. ދުނިޔޭގެ ސިްޙަތު ޖަމިއްޔާ ފަދަ ކްރެޑިބަލް ތަންތަނުގެ ސްޓެޓްސް ތަކުން ފެންނަނަން އޮތް ހަޤީގަތަކީ އަންހެން ކުދިން އުފަންވާވަރާއި އަންހެނުން ދަރިމައިވުމުގެ ރޭޓް ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންކަން. އަދި ކައިރި މިސްތަޤުބަކުގައި ބަޔެއް ޤައުމުތަކުގެ މުޅި ވޯރކްފޯސްގައި ވެސް އެންމެ ގިނަވާނީ އަންހެނުން ކަން ފާހަގަކޮށްފައިވޭ
ތިއީ މީގެކުރިން ޖާހިލިއްޔަ ޒަމާނުގައިވެސް ހިންގާފަ ހުރި ޖަރީމާތަކެއް ! އެޒަމާނުގައި " އެބޯރޓް " ނުކުރެވޭތީ އަންހެން ދަރިން މަރަނީ ! މިހާރުވެސް މަރަނީ ! ދުނިޔެ ހަލާކުގެ ތެރެއަށް ވައްޓާލީމާ ތިހުރިހާކަމެއްވެސް ހިގާނެ !
މިކަމުން ލިބިދޭ އިބުރަތަކީ، އެޒަމާނުގަވެސް ކުރަނީ އެއްކަމެއް. އަންހެން ދަރިން ލިބުނިޔައްޔާ މަރާލަނީ ނޫނީ ދިރު ހުއްޓާ ވަޅުލާ މަރާލަނީ، މިހާރުވެސް އެހެން މިހަދަނީ. ތަފާތަކީ ޒަމާނަށް އައިސް ހުރި ވަސީލަތް ބޭނުން ކުރާކަން. ކުރަނީ އެއްކަމެއް. ވީމާ ޤުރުޢާނުގަ ތަކުރާކޮށް އެކިޒަމާނުގެ ވާހަކަ އައިސްފަ އެވަނީ އެކަން ކަމުން އިބުރަތް ހާސިލްކުރުމަށް. ވިސްނާ ފިކުރު ކުރާބަޔަކަށް އިބުރަތެއް އަދި ފިލާވަޅެއް އަދި އަލި މަގެއް ގޮތުގަ.
މިހާރުވެސް އިންޑި އާގެ ބަ އެ އް ވިލެޖް ތަކުގަ އަންހެނުން ނެތީމަ އާއ އިލާގަ ތިބި ހުރިހާފިރިހެނުން އެ އް އަން ހެނަކާ އެބަ ކަ އިވެނި ކުރާ ކަމަށް ކްރަ އިމް ޕެޓްރޯލްގަ ބުނޭ. އަންހެން ކު އްޖަކަށް ބަލިވެ އިނީމަ ދަރި ވަ އް ޓަމުން ގޮސް އަންހެނުން ހުސްވެގެން.
ދުނިޔެ ފަސްވާވަ ރަކަށް އަންހެނުން ވާނީ އިތު ރު. ތިކަހަލަ ދި ރާސާ ކު ރެވިދާނެ ކޮންމެ މީހަކަށވެސް
ބާޠިލު ދިރާސާ ކުރުން ހުއްޓާލާ އަދި ކީއްތަ އަހަރެމެންގެ މުސްލިމުންނަށް އެނގިފަވަނީ ފަހުޒަމާނުގައި ފިރިހެނުން މަދުވާނެ ކަމަށް އަދި އަންހެނުންގިނަވެގެން ވާނެ ކަމަށް..
ޔަގީން ތަ؟؟؟؟؟
ތި ދިރަސާގެ އިދިކޮޅަށް ކަންތަށްވާތަން ދުނިޔެ ތިބިބަޔަކު ދެކޭނެތެވެ . އެހެނީ އިސްލާމް ދީނުގައި ހަތަރު އަނބިން ހުއްދަ ކޮށްފއިވާ ސަބަބު ތަކުގެ ތެރޭގައި ހިމެނޭ އެއްކަމަކީ ދުނިޔޭގައި ފިރިހެނުންނައްވުރެ އެތައް ގުނައެއް އަންހެނުން ގިނަވުމެވެ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ. އެކްސިޑެންޓް ތަކުގަޔާއި ހަގުރާމަ ތަކުގަޔާއި ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ. އެހެންވެސް ހާދިސާތަކުގއި ގިނައިން މަރުވަނީ ފިރިހެނުންނެވެ . މިހާރުވެސް ދުނިޔޭގައި އެތަށްއެތައް މިލިޔަން އަންހެނުންގެ އާބާދީ ގިނައެވެ .
މީ ކާކު ބުނި ވާހަކަ އެއްތަ
ކިތައްމެ ގިނައިން އަންހެން ދަރިން ލިބުނަސް މަރާ ނަމަ މަދެއްނު ވާނީ.
މަ މިއުޅެނީ ކައިވެނި ކުރާނެ މީހަކު ނުވެގެން... ފިރިހެނުން ހުސްވީހެން ހީވަނީ...
މިެޮތީ އާޓިކަލްއެއް ލިބިފައި. އެމީހަކަށް އެނގުނުހައި ކޮސް ކޮމެންޓެއް ލިޔޭ. މުސްލިމުން ނުޖެހޭނެ ދިރާސާއެއް ކުރާކަށް. ކާފަރުންގެ އީޖާދުތަކުން ދިރިއުޅެމުން އެމީހުންނަށް ފާޑުކީމާ އެންމެ ރަނގަޅަށް ދީން މަތިވެރި ކުރެވުނީ އެ.
ޕައިޕް ސްޓޯ ރީ - ހޮޅިވާހަކަ
ފިރުޢައުނު ވެސް ފިރިހެން ކުދިން މަދުކުރަން އުޅުނު އެކަމަކު އެކަން ކުރެވުނުތަ.