އެކްޓަރ އަނިލް ކަޕޫރުގެ ދަރި ސޯނަމް ކަޕޫރު އަހޫޖާއަކީ މީސް މީޑިޔާގައި ވަރަށް ހަރަކާތްތެރި ފަންނާނެކެވެ. އަމިއްލަ ދިރިއުޅުމުގެ ކަންތައްތަކާއި ފިލުމު އިންޑަސްޓްރީގެ އެތެރޭގެ އަދި ބޭރުގެ ކަންތައްތަކާއި ބެހޭގޮތުން ސޯނަމްގެ މީސް މީޑިޔާ އެކައުންޓްތަކުގައި ވާހަކަދައްކައިފައި ހުރެއެވެ.

މި ފަހަރު ސޯނަމް ހިއްސާ ކޮށްފައިވަނީ އިންޑަސްޓްރީގެ ބައެއް ފިރިހެން ފަންނާނުންގެ ފަރާތުން ލިބުނު އުދަނގޫތަކެއްގެ ވާހަކައެވެ. ސޯނަމްއާއި އޭނާގެ ދައްތަ ރިއާ ކަޕޫރަށް ކުރި ހަނގާގެ ވާހަކައެވެ.

ސޯނަމް ކަޕޫރު އެކުޓުކޮށް ރިއާ ކަޕޫރު ޕްރޮޑިއުސަރެއްގެ ގޮތުގައި ފުރަތަމަ އިންޑަސްޓްރީއަށް ތަޢާރަފްވި ފިލުމު ''އައިޝާ'' އަށް 11 އަހަރު ފުރުން ފާހަގަ ކުރުމުގެ ތެރެއިން އެ ފިލުމުގެ ދުވަސްވަރު އޭނާއާއި އޭނާގެ ދައްތަ ރިއާއަށް ބޮލީވުޑުގެ ބައެއް ފިރިހެން ފަންނާނުންގެ ފަރާތުން ކުރިމަތިވި އުދަނގޫތަކާއި ކުރިމަތިލާން ޖެހުނުކަން މިވަނީ ހާމަކޮށްފައެވެ.

''އަންހެނެއްގެ ހައިސިއްޔަތުން މީގެ ކުރިން އަހަރެންނަކަށް ނޭނގޭ ފިލުމު އިންޑަސްޓްރީގައި ވެސް އަންހެނުންނަށް ހަނގާ ކުރާ މީހުން ގިނަކަން. ފިލުމު އައިޝާ އުފެއްދުމުގެ ދުވަސްވަރު އަހަރެންނާއި އަހަރެންގެ ދައްތަ ރިއާއަށް އިންޑަސްޓްރީގެ ބައެއް ފިރިހެން ފަންނާނުންގެ ފަރާތުން އެ ލިބުނު އުދަނގޫތަކުގެ ސަބަބުން އެނގުނު އިންޑަސްޓްރީގައި ވެސް އެ ވައްތަރުގެ މީހުން ގިނަކަން. ފިލުމު ''އައިޝާ'' އިން އުދަނގޫ ކަމަކަށް ދިމާވި ހަމައެކަނި މިކަންތައްތައް'' ކުލަބުހައުސްގެ ސެޝަނެއްގައި ވާހަކަ ދައްކަމުން ސޯނަމް ބުނެފައިވެއެވެ.

މި ފިލުމަށް އެތައް ބައެއްގެ ނަފުރަތު ލިބުނު ކަމަށާއި ނަމަވެސް ފިލުމު ރިލީޒް ކުރުމަށް ފަހު އޭގެ އަހަރުތަކެއް ފަހުން ފިލުމު މަގުބޫލުވެ އެދެވޭ މިންވަރަކަށް ފައިދާވި ކަމަށާއި މި ފިލުމުގެ ސަބަބުން ރިއާއާއި ސޯނަމް ދުނިޔެއަށް ލޯ ހުޅުވުމަށް އެހީތެރިވެދިން ކަމަށް ރިއާ ބުނެފައިވެއެވެ.

ފިލުމު ''އައިޝާ'' އިން ސޯނަމް ކަޕޫރުގެ އިތުރުން ފެނިގެން ދިޔައީ އަބޭ ޑިއޯލްއާއި އިރާ ޑުބޭ، އަމްރިތާ ޕޫރީ، އަރުނޯޑޭ ސިންގް، ސައިރަސް ސަހޫކަރު އަދި ލިސާ ހައިޑަންއެވެ.