ސަނާ ޚާންއާއި އޭނާގެ ފިރިމީހާ އަނަސް ޗުއްޓީ ހޭދަކޮށްލުމަށް ވަނީ ރާއްޖެ އައިސްފައެވެ. އެއާޕޯޓު ތެރޭގައި ދެމަފިރިން އެކުގައި ނަމާދުކޮށްގެން ފެށި މި ދަތުރުގައި ''ކަޕްލްސް ގޯލް'' ގެ އެތައް ކަމެއް ދަނީ ކުރަމުންނެވެ.

އިންސްޓަގުރާމުގައި ދަތުރުގެ ފޮޓޯތައް ހިއްސާ ކުރަމުންދާ ސަނާއާއި އޭނާގެ ފިރިމީހާ ވަނީ ލޯބިލޯބި އެތައް ފޮޓޯއެއް ހިއްސާކޮށްފައެވެ. އެންމެ ފަހުން ސަނާ އިންސްޓަގުރާމުގައި ހިއްސާ ކޮށްފައިވާ ފޮޓޯއާއި އެ ޕޯސްޓަށް ވަނީ އެތައް ބައެއްގެ ސަމާލުކަން ލިބިފައެވެ. ސްނޯކްލިންއަށް ދިޔުމަށް ތައްޔާރުވެގެން އިން ސަނާގެ ފޮޓޯ ނަގާފައިވަނީ އޭނާގެ ފިރިމީހާ އަނަސްއެވެ.

ބުރުގާ އަޅައި މީހާ އެއްކޮށް ނިވާވެގެން އިން މި ފޮޓޯ އިންސްޓަގުރާމުގައި ހިއްސާކޮށް ސަނާ ބުނެފައިވަނީ އޭނާ ސްނޯކްލިންއަށް ދިޔުމަށް ތައްޔާރަށް ހުރިކަމަށާއި ސްނޯކްލިންއަށް ދާނީ ބުރުގާ އަޅައިގެން ކަމަށެވެ.

ރާއްޖޭގައި ސަނާ މި ހޭދަކުރާ ޗުއްޓީގައި އޭނާގެ ރީތި ފޮޓޯތައް ނަގައިދެނީ ފިރިމީހާ ކަމަށާއި ފިރިމީހާއަކީ އެންމެ ރަނގަޅު މީހާކަމަށް ބުނެ ވެސް ސަނާ ވަނީ އިންސްޓަގުރާމުގައި ޕޯސްޓެއް ހިއްސާ ކޮށްފައެވެ.

ބިގްބޮސް އިން މަގުބޫލުކަން ހޯދާފައިވާ ސަނާ އިސްލާން ދީނަށްޓަކައި ފިލުމީ މަސައްކަތާއި ދުރަށް ދިޔަކަން އިޢުލާނު ކުރިތާ މާގިނަ ދުވަހެއް ނުވެ ސަނާއާއި އަނަސް ކައިވެނި ކުރިއެވެ. މި ކައިވެނި ކުރެވިފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ.

ސަނާ ޚާން ކުރިން ކުޅެފައިވާ ފިލުމުތަކުގެ ތެރޭގައި އަޖޭ ދޭވްގަންއާއި އެކު ފިލުމު ''ހައްލާ ބޯލް''، ސަލްމާން ޚާނާއި އެކު ފިލުމު ''ޖެއި ހޯ''، އަކްޝޭ ކުމާރާއި އެކު ''ޓޮއިލެޓް: އެކް ޕްރޭމް ޚަތާ'' ހިމެނެއެވެ

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ދެއްކުން ތެރިކަން.

    5
    4
    • މަތިމަސް

      ހަސަދަ ވެރިކަން

      3
      2
  2. 🤮

    ތިއޮތީ ބުރުގާއެއް އެޅިފަ. ޝޭހަކާ ޔޯ އިނދެގެން އުޅެނީ. ތީ އިންޑިޔާ ޝޭޙުންގެ ފެންވަރު

    4
    2