ކޮންމެ އާއިލާއެއް ވެސް ހަފްތާކު އެއް ދުވަހު ނަމަވެސް އެންމެން އެކީ މަޖާކޮށްލަން ބޭނުންވާނެއެވެ. އެގޮތަށް ބޭނުންވާ އާއިލާތަކުން ޕިކްނިކް ހަދާލައި މޫދަށް ފައިބާ މަޖާކޮށްލަން އެކި ތަންތަނަށް ދެއެވެ.

މިއީ އެގޮތަށް އާއިލާއާއި އެކީ ވަގުތު ހޭދަކޮށް މަޖާ ކޮށްލުމަށް އުޅުނު އާއިލާއަކަށް ދިމާވި ހާދިސާއެއްގެ ވާހަކައެވެ. ތިން ކުދިންގެ މަންމަ އަކު އޭނާގެ ކުދިން ޕޫލެއް ކައިރީގައި މަޖާ ކުރަން ތިބި މަންޒަރު ވީޑިއޯ ކުރަން ހުއްޓާ އެތަނުން ކުއްޖަކު ގެނބުމުން ދެން ކަންތައް ހިނގައި ދިޔަ ގޮތުގެ ވާހަކައެވެ.

ނިއުސް ވީކް އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި އޭނާގެ ތިން ކުދިން މަޖާ ކުރަމުން ދިޔައީ ޕޫލު ތެރޭގައެވެ. އެއިރު އެކުދިން ތިބީ ފައި ޖެހޭ ހިސާބުގައި ނަމަވެސް ވަކި ހިސާބަކުން އެތަނުން ކުއްޖަކު ފައި ނުޖެހޭ ހިސާބަތް ދިޔައެވެ. އެއީ އެކުއްޖާ ގެނބެން ފެށި ހިސާބެއެވެ.

އެމަންޒަރު އޭނާއަށް ފެނުމާއި އެކީ ވަގުތުން ފޯނު އެއްލާލައި ޕޫލަށް ފުންމާލައި އެކުއްޖާ ސަލާމަތް ކުރިއެވެ. އޭރު އެ އަންހެން މީހާގެ ބަނޑަށް ނުވަ މަސް ވަނީ ވެފައެވެ.

https://www.tiktok.com/@3boyscrazylife/video/6982171320276634882?_d=secCgYIASAHKAESPgo8ITwn4lygQ2L6n5aTkVHeflrYou2R3kYT%2FTGxue1zOGQbWa5SYIjUDfBD1i4CHfz%2BtXt0srbVNdmpw8P2GgA%3D&language=en&preview_pb=0&sec_user_id=MS4wLjABAAAAdzlY4YbVA3IKSqos2SY0ThOSnKOF_V1ZA-Hyfy5x8Xkt-8OszcfsE5Z35Vk8OC0d&share_item_id=6982171320276634882&share_link_id=F468BA7A-F11B-4BD6-B6DB-9275A684DDC8&source=h5_m×tamp=1629456851&tt_from=messenger&u_code=d0eic5ja2gm9mj&user_id=6566579790563246085&utm_campaign=client_share&utm_medium=ios&utm_source=messenger&_r=1

މި މަންޒަރު ފެންނަ ވީޑިއޯއެއް އޭނާ ވަނީ ޓިކްޓޮކަށް ލާފައެވެ. އަދި އެ ވީޑީއޯގައި އޭނާ ބުނެފައިވަނީ ބަނޑަށް ނުވަ މަސް ވެފައި ވަނިކޮށް ޕޫލަށް ފުންމާލައި އޭނާގެ ކުޑަ ދަރިފުޅު ސަލާމަތް ކުރި ކަމަށެވެ.

މި ވީޑިއޯ އާއްމުވުމާއިއެކު ވައިރަލްވިއެވެ. އަދި 13 މިލިއަނަށްވުރެ ގިނަ މީހުން ވަނީ މި ވީޑިއޯ ބަލާފައެވެ.