މަޝްހޫރު ރިއަލިޓީ ޝޯވ އިންޑިއަން އައިޑޮލް 12 މި ވަނީ ނިމިފައެވެ. އެ މުބާރާތުގެ ތަށި މިފަހަރު އުުފުލާލީ ޕަވަންޑީޕް ރަޖަންއެވެ. އެ ޝޯއަކީ މުޅި ދުނިޔެއަށް މަޝްހޫރު ޝޯވއެކެވެ. އެ ޝޯ މިހާރު ނިމިފައިވާއިރު، އެ ޝޯވގެ ގިނަ ބައިވެރިންނާއި، އިންތިޒާމް ކުރި ފަރާތްްތަކާއި އެ ނޫންވެސް ފަރާތްތަކަށް މިހާރު ލިބިގެންދިޔައީ ޗުއްޓީ އެކެވެ. އާއިލާ އާއި ލޯބިވާ މީހުންނާއެކު ވަގުތު ހޭދަކޮށްލުމަށެވެ. އެ ޗުއްޓީ އެންމެ އުފަލުގައި ހޭދަކުރަމުންދާ އެކަކީ އެ ޝޯގެ ހޯސްޓް އަދި މަޝްހޫރު ލަވަކިޔުންތެރިޔާ އަދިތްޔާ ނާރަޔާން އެވެ. އޭނާ ވަނީ ލޯބިވާ އަންހެނުން ޝްވޭތާ ގޮވައިގެން ރާއްޖެ އައިސްފައެވެ.

މީސް މިޑިއާގައި އޭނާ ރާއްޖޭގައި ވަގުތު ހޭދަކުރާ ފޮޓޯތަކާއި ވީޑިއޯތަކާއި، އެއްޗެހި ހޭދަކުރަމުންދާއިރު، އޭނާ ގިނައިން އުޅޭނީ ގޮނޑުދޮށުގައި ކަމަށް ވަރަށް ބޮޑަށް ބެލެެވެއެވެ.

އެ ދެމަފިރިން ޗުއްޓީ ހޭދަކުރަމުން ދަނީ ސަންސިޔާމް އިރުފުށީގައެވެ. އަދިތްޔާ ހިއްސާ ކުރަމުންދާ ފޮޓޯތަކުން އޭނާ އެތަނުގައި އުފާވެރި ވަގުތު ތަކެއް ހޭދަކުރަމުންދާކަން އެނގެއެވެ.

އަދިތްޔާ އާއި ޝްވާތޭ ކައިވެނިކޮށްފައި ވަނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ އެއް ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު