ބޮލީވުޑްގައި އެންމެ ގަދަޔަށް ފިޔަޖަހަމުން އަންނަ ތަރި ދިޕިކާ ޕަދުކޯން ބަނޑުބޮޑުކަމަށް ބުނާ ވާހަކަތަކެއް ދެކެވެން ފަށައިފިއެވެ.

ދިޕިކާ ކައިވެނިކޮށްގެން އުޅެނީ މަޝްހޫރު ތަރި ރަންވީރު ސިންގއާއެވެ. އެ މީހުންގެ ކައިވެނިކޮށްފައި ވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ.

އެ ކައިވެންޏަށް ތިން އަހަރުވާން ކައިރިވެފައިވާއިރު، ދިޕިކާ ބަނޑުބޮޑުކަމުގެ ވާހަކަތައް ދެކެވެން ފަށާފައި ވަނީ ޕަރިނީތީ ޗޯޕްރާ ކައިރިން ދިޕިކާ ބަނޑުބޮޑުތޯ މީހަކު ސުވާލެއް އެހިފަހުންނެވެ. އެގޮތުން އިންސްޓަގްރާމްގެ ލައިވް އާސްކް މީ ސެޝަންގައި މީހަކު އޭނާ ކައިރިން ރަންވީރު ބައްޕައަކަށް ވެއްޖެއްްތޯ ސުވާލު ކުރުމުން އޭނާ ވަނީ ރަންވީރު ޓެގްކޮށް އެއީ ތެެދެއްތޯ ސުވާލުކޮށްފައެވެ.

އެހެން ނަމަވެސް މިކަމާއި ދިޕިކާވެސް އަދި ރަންވީރުވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

2020 ވަނަ އަހަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ވަނީ ދިޕިކާ ކައިރިން އެއިރު އެނާ ބަނޑުބޮޑުކަމަށް ދެކެވުނު ވާހަަކަތަކާއި ގުޅޭގޮތުން ސުވާލު ކޮށްފައެވެ. އެއީ އޭނާގެ ކައިވެނީގެ ކުރީކޮޅެވެ. އެހެންވެ އެ ވާހަކަތައް ގަދަވިއިރު، ދިޕިކާ ވަނީ އެ ސުވާލަށް ޖަވާބު ދީފައެވެ.

"އަހަރެން ވައްތަރުތައް ބަނޑުބޮޑު މީހަކާއި، އަހަރެން އަހާނަން ތި ފަރާތް ކައިރީގައި އަހަރެން އާއިލާ ޕްލޭން ކުރަން ފަށަން ވީމަ، ތި ފަރާތް އަހަރެންނަށް ހުއްދަ ދިނުމުން އަހަރެން އެކަން ކުރާނީ، އަހަރެން ބަނޑުބޮޑުވުމުން ނުވަ މަސް ތެރޭގައި އެކަން ފެންނާނެ".