އިޓަލީގެ އަވަށެއް ކަމުގައިވާ އެލްބާގެ ބޮޑު ބޯޓެއްގެކައިރިން މި އާދަޔާ ޚިލާފު މަސް ފެނިފައިވަނީ މި ބޯޓުގެ ފަޅުވެރިންނަށެވެ. ފަޅުވެރިން ލަސްކުރުމެއް ނެތި މި މަސް ފެނުން ނަގައި ބޯޓަށް އެރުވިއެވެ.

މި މަހުގެ ހަށިގަނޑު އޮންނަނީ މިޔަރެއް ފަދައިންނެވެ. ނަމަވެސް ބޯ ވައްތަރީ އޫރެއްގެ މޫނާއެވެ. ބޯޓުގައި ތިބި އެންމެން ވެސް ވަރަށް ރަނގަޅަށް މި މަހަށް ބެލުމަށް ފަހު، އެއީ ކޮން ވައްތަރެއްގެ މަހެއްކަން އެނގޭ މީހަކު ބުނެފައިވަނީ އެއީ މިޔަރުގެ ބާވަތެއް ކަމުގައިވާ ''އެންގިއުލަ ރަފް ޝާކް'' އެއް ކަމަށެވެ.

ބައެއް މީހުންނަށް މި މަސް އެނގޭނީ ''އޮކްސިނޮޓަސް ސެންޓްރީނާ'' ގެ ނަމުންނެވެ. ނުވަތަ ''ޕިގް ފޭސްޑް ޝާކް'' ގެ ނަމުންނެވެ. މި މަހަކީ ރާޅުތަކުގެ 700 މީޓަރު އަޑިއަށް ދެވޭ މަހެއް ކަމަށް ވެސް ބޯޓުގެ ފަޅުވެރިޔާ ބުނެފައިވެއެވެ.

ޓްވިޓާގައި މި މަހުގެ ފޮޓޯ ހިއްސާ ކުރުމުން އެއާއި ބެހޭގޮތުން އެތައް ބަޔަކު ދަނީ ވާހަކަ ދައްކަމުންނެވެ. ބައެއް މީހުން ބުނެފައިވާ ގޮތުގައި އެ މަސް އޮތީ ވަރަށް ވަރުބަލިވެފައެވެ.

އެމަހުގައި ފިރުމާލަން ބޭނުންވާ ކަމަށާއި ހަމައެކަނި ދެކެން ބޭނުންވާ ވައްތަރުގެ މިޔަރަކީ އެއީ ކަމަށް ވެސް ކޮމެންޓެއްގައި ވެއެވެ. އެ މަސް އަނބުރާ މޫދަށް ފޮނުވާލަން ބައެއް މީހުން އެދިފައިވާއިރު، އެއީ މަދުން ނޫނީ ނުފެންނަ ބާވަތެއް ނަމަ އެ މަސް ހިފުން ވާނީ ކުށަކަށް ކަމަށް ވެސް ކޮމެންޓެއްގައި ވެއެވެ.

އިންޓަނެޝަނަލް ޔޫނިއަން ފޮރ ދަ ކޮންސަވޭޝަން އޮފް ނޭޗަރ އިން ވަނީ މި ބާވަތުގެ މިޔަރަކީ ނުރައްކާތެރި މިޔަރެއް ކަމަށް ކަނޑައަޅާފައެވެ.