"ފްރެންޑްސް" ގެ ދެ ތަރިން ކަމަށްވާ ޖެނިފާ އެނިސްޓަން އާއި ޑޭވިޑް ޝުވިމާ ލޯބީގެ ގޮތުން ގުޅިފައިވާ ކަމަށް ދެކެވޭ ވާހަކަތައް އެމީހުން ދޮގުކޮށްފިއެވެ.

އުމުރުން 52 އަހަރު އެނިސްޓަން ބުނީ އޭނާގެ ކުރީގެ ގާތް ރަހުމަތްތެރިޔާއާ ލޯބީގެ ގުޅުމެއް ނެތް ކަމަށެވެ. އޭނާ ބުނީ މީހުން އެފަދަ ގޮތަކަށް ދެކޭތީ ހައިރާންވި ކަމަށާއި އަސްލު ހަގީގަތުގައި ޝުއިމާ އަކީ ބޭބެއެއް ކަމަށެވެ.

މަޝްހޫރު ދެ ތަރިން ކަމަށްވާ ޖެނިފާ އާއި ޝުއިމާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމުގެ ވާހަކަތަކެއް ދެކެވެން ފެށީ އެޗްބީއޯ މެކްސް އިން ގެނެސްދިން ފްރެންޑްސްގެ ރީޔޫނިއަންގައި ޝުއިމާގެ "ކްރަޝް" އެއް ހުންނަ ކަމަށް ޖެނިފާ ބުނުމާ ގުޅިގެންނެވެ.

ފްރެންޑްސްގެ ރިހާސަލްގެ ތެރެއިންނާއި ލިބޭ ބްރޭކް ތަކުގައިވެސް ދެތަރިން އުޅެނީ އެކީގައި ކަމަށްވެއެވެ. އަދި އެކީގައި ދެތަރިން ވަގުތު ހޭދަކުރަން އަބަދުވެސް ބޭނުންވާކަން ވަނީ ހާމަވެފައެވެ.

ފޭނުން އަބަދުވެސް ދެތަރިން ރައްޓެހިވެގެން އުޅޭކަމަށް ބުނާއިރު ޖެނިފާ އާއި ޑޭވިޑް އެއްފަހަރުވެސް ރައްޓެހިވެގެން އުޅޭކަން މީޑިއާ އަށް ހާމަކޮށްފައި ނުވެއެވެ. ޖެނިފާ ވަނީ މިހާތަނަށް ދެ ކައިވެންޏެއް ކޮށްފައެވެ. އެއީ 2000 ވަނަ އަހަރުން 2005 ވަނަ އަހަރަށް ބްރެޑް ޕިޓް އާއި ކުރި ކައިވެންޏާއި 2015 ވަނަ އަހަރުން 2017 ވަނަ އަހަރަށް ޖަސްޓިން ތެރޯކްސް އާއި ކުރި ކައިވެންޏެވެ.

ޑޭވިޑް ވެސް ވަނީ ކައިވެންޏެއް ކޮށްފައެވެ. ޑޭވިޑް ކައިވެނިކޮށްފައި ވަނީ (2010-2017) ޒީއީ ބަކްމެން އާއެވެ. މި ކައިވެންޏަށް އޭނާ އަށް ވަނީ އަންހެން ކުއްޖެއްވެސް ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު