ސައުދި އަރަބިއްޔާގެ ތާއިފް ހެލްތް ޑިޕާޓްމެންޓްގައި މަސައްކަތް ކުރި ޑޮކްޓަރަކު ވަޒީފާއަށް ނުގޮސް ކޮންމެ މަހަކު މުސާރަ ނަގަމުން ދިޔަކަމަށް ރިޕޯޓްކޮށްފިއެވެ.
ސަރުކާރުގެ ހޮސްޕިޓަލެއްގައި މަސައްކަތް ކުރަމުންދިޔަ އެ ޑޮކްޓަރު މަސައްކަތަށް ނުނިކުމެ އެއް އަހަރު ވަންދެން ވަނީ މުސާރަ ދީފައެވެ. އެ ހޮސްޕިޓަލުން އޭނާ އެހެން ހޮސްޕިޓަލަކަށް ޓްރާންސްފާ ކުރިފަހުން އޭނާ މަސައްކަތަށް ނުކުމެފައެއް ނުވެއެވެ.
އެހެންނަމަވެސް އެތެރެ ހަށީގެ ޑޮކްޓަރެެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ އެ ޑޮކްޓަރުގެ މުސާރަ ސަސްޕެންޑް ކުރުމާއެކު ހެލެތް އެފެއާސްއަށް އޭނާ މަސައްކަތަށް ނުކުންނަށް ބޭނުންވާކަމަށް ބުނެ ހުށަހެޅުމެއް ހުށަހެޅިއެވެ.
އެ ގައުމުގެ ހެލްތް މިނިސްޓްރީގެ ލީގަލް ޑިޕާޓްމެންޓުން ވަނީ އެ މައްސަލަ ތަހުގީގު ކުރަން ފަށާފައެވެ.
އެ ޑޮކްޓަރު ބުނީ، އޭނާ މަސައްކަތަށް ނުކުމެފައި ނުވަނީ ބަލިވެ އުޅޭތީ ކަމަށެވެ. އަދި އެއީ ސައިކޮލޮޖިކަލް މައްސަލައެއް ކަމަށްވެސް ބުނެފައި ވެއެވެ.
އަދި މިހާރު އެ ޑޮކްޓަރު ވަނީ، އޭނާ މަސައްކަތަަށް ނުނިކުމެ ލިބުނު މުސާރަ އަނބުރާ ދޭނެ ކަމަށްވެސް ބުނެފައެވެ.
އެހެން ނަމަވެސް އެ ފައިސާ އަނބުރާ ދެއްކުމުގައި ލުއިގޮތެއް ހަމަޖައްސައިދޭން އެދުނެވެ.
ތީ މި ރާއްޖޭގައިވެސް އާންމު ކަމެއް. މިސާލަކަށް: އަލީ ޖައުފަރު. އެމްޕީއެލް. ވަޒީފާއަށް ނުނިކުމެ މުސާރަ ނަގާތާ 3 އަހަރު.
މިގައުމަށް ބަލާކަމަށްވަންޏާ ރައްުޔިތުންގެ މަޖިލިސް މެމްބަރުންގެ ތެރޭގައިވެސް އެބަތިބި ޙާޟިރުނުވެ އަހަރުތަކަށާއި މަސްތަކަށް މުސާރަ ނަގަމުންދާ، މިސާލަކަށް ނަމަ ރ.ނަޝީދު، ބުރުމާ ގާސިމު، ސަންޓްރަވަލް ޝިޔާމު ފަދަ މަހުޖަނުންވެސް##
މިގައުމަށް ބަލާކަމަށްވަންޏާ ރައްުޔިތުންގެ މަޖިލިސް މެމްބަރުންގެ ތެރޭގައިވެސް އެބަތިބި ޙާޟިރުނުވެ އަހަރުތަކަށާއި މަސްތަކަށް މުސާރަ ނަގަމުންދާ، މިސާލަކަށް ނަމަ ރ.ނަޝީދު، ބުރުމާ ގާސިމު، ސަންޓްރަވަލް ޝިޔާމު ފަދަ މަހުޖަނުންވެސް، ކުޑަ މުސާރައެއްލިބޭ ފަގީރު ސިވިލްސާވިސް މުވައްޒަފު އެއްމެ ސިކުންތެއް އޮފީހަށް ގަޑިޖެހުނަސް އެދުވަހެއްގެ މުސާރައިން ޕަސެންޓް ކަނޑާލާ ގާނޫނާއި ގަވާއިދު ހަދާފަ، ހިތް ފުރިއްޖެއްޔާ ރަނގަޅު