ޑޭން ޕްރައިޒް އަކީ މީގެ ދެތިން އަހަރު ކުރިން މަޝްހޫރުވި ވިޔަފާރިވެރިއެކެވެ. އޭނާ މަޝްހޫރުވެފައި ވަނީ މުވައްޒަފުންނަށް ބޮޑު މުސާރައެއްދީ، މަދުވެގެން އަހަރެއްގެ މައްޗަށް 70،000 ޑޮލަރު މުވައްޒަފުންގެ މުސާރައިގެ ގޮތުގައި ދިނުމަށް އޭނާގެ އަމިއްލަ މުސާރަ މަދުކުރި ވެރިއެއްގެ ގޮތުގައެވެ.

މުވައްޒަފުންގެ މުސާރަތައް އޭނާ މިގޮތުގެ މަތިން ބޮޑުކޮށްފައިވަނީ މީގެ ހަ އަހަރު ކުރިންނެވެ. މުސާރަ ބޮޑުކޮށް އޭގެ އަހަރެއް ފަހުން ޑޭން ބުނީ އޭނާގެ ވިޔަފާރިން ލިބޭ ފައިދާ ތިން ގުނައަށް އިތުރުވެފައިވާ ކަމަށެވެ.

"މީގެ 6 އަހަރު ކުރިން އަހަރެންގެ ކުންފުނީގެ މިނިމަމް ވޭޖް ވާނީ 70،000 ޑޮލަރުގެ ގޮތުގައި ކަނޑައަޅާފަ. އޭގެ ފަހުން އަހަރެންގެެ ކުންފުނީގެ ސޭލްސް ތިން ގުނައަށް އިތުރުވެގެން ދިޔަ" ޑޭން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވެއެވެ.

ޑޭން ބުނީ އެ ކުންފުނީގެ މުވައްޒަފުން 70 އިންސައްތައަށް އިތުރުވެ، ސޭލްސް ތިންގުނައަށް އިތުރުވެފައިވާ ކަމަށެވެ. އަދި ހަމަ އެހެެންމެ އެ ކުންފުނިން ކަސްޓަމަރުންނަށް ސަމާލުކަންދޭ މިންވަރުވެސް އިތުރުވެގެން ދިޔަކަން އޭނާ ފާހަގަކުރިއެވެ. ވޭތުވެދިޔަ އަހަރުތަކުގައި ވިޔަފާރިތަކާއި ގުޅިގެން ހިޔާލުދީ މަޝްވަރާތައް ކުރުމަށް ފިނޭންޝަލް ނޫސް ޗެނަލްތަކަށްވެސް އޭނާގެ ވިޔަފާރި ފިލޯސޮފީ ހިއްސާކޮށްފައިވެއެވެ. އޭނާ ބުނެފައިވަނީ މުވައްޒަފުންގެ މުސާރަތައް ކުޑަކުރުމުގެ ބަދަލުގައި އަބަދުވެސް މުސާރަ ބޮޑުކުރުމަށެވެ.

ޑޭން ބުނީ މިދިޔަ އަހަރު ކޮވިޑް-19 އާލަމީވަބާގެ ސަބަބުން މުވައްޒަފުން މަދުނުކޮށް ވިޔަފާރި ހިންގާނެ ގޮތަކާމެދު މުވައްޒަފުންނާއެކު މަޝްވަރާ ކުރުމުން، މުވައްޒަފުން އަމިއްލައަށް އެދިގެން ހިލޭސާބަހަށް މަސައްކަތް ކުރަން އެއްބަސްވެފައިވާ ކަމަށެވެ. ބައެއް މުވައްޒަފުން އެމީހުންގެ މުސާރައިން 50 އިންސައްތަ އުނި ކުރުމަށް އެދިފައިވާ ކަމަށްވެސް ޑޭން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ކޮބާ ރާޢްޖޭގެ މަހުޖަނުން މި ހަބަރު ކިޔާނެބާ ؟ 8 ގަޑިއިރު ޑިއުޓީ ކުރީމަ މުސާރަ 3500 ރުފިޔާ ދެނީ ....

    26
    1
  2. އޭނަ

    ދީލަތި މީހުންފެނޭތަ. ރާއްޖޭގަ ވާގޮތަކީ ގިނައިންލިބޭ ހަމައަަަކަށް ވަނީ ދަހި. މުއައްޒަފަކަށް އިތުރުނުކުރާނެ ބައިރުފިޔާވެސް

  3. Anonymous

    ތިވަރު މިގައުމުގަ ހަމައެކަނި ލިބޭނީ މަޖިލިސް މެމްބަރުންނައް އެކަނި.

  4. ޖުނީ

    މި ގައުމުގެ މުސާރަ އެންމެ ކުޑަ ތަންތަނުގެ ލިސްޓުގަ އެންމެ ކުރީގަ ގުނާލެވޭނެ އައިކެއާރ ވެެސް.. އެކަމަކު އެންމެ އާދައިގެ އައިނެއްގެ ދުނިގަނޑެއްވެސް ވިއްކަނީ ތިންހަތަރު ހާސް ރުފިއާޔައް.

    3
    1
  5. އަލިބެ

    މަހަކު ގާތްގަނޑަކަށް 90000ރ (ނުވަދިހަ ހާސް ރުފިޔާ) ގެ މުސާރައެކެެ. އަހަރެމެންގެ މި ރާއްޖޭގައި އަހަރަކު 90000 ރ ވެސް މުސާރައަށް ނުޖެހޭ ކިތައް މުވައްޒަފުންތޯއެވެ؟ އަޅެ މުވައްޒްފުން އުޅޭ ދަތި ޙާލަތު ބޮޑުންނަށް ނޭނގެނީބާއެވެ. ނުވަތަ ބޮޑުންނަށް ބޮޑުރުފިޔާ ލިބޭތީ ބޮޑުން ބޮޑާވެ ޣާފިލުވެފާ ތޮބީތޯއެވެ؟ މިރާއްޖޭގެ ސިވިލްސަރވިސް އިދާރީ ދަށުގެ މަޤާމުތަކުގެ ތިބި މުވައްޒަފުންގެ ދިރާސާއެއް ހަދާލަބަލާށެވެ. ދަރަނިވެރިވެ ބިކަވެ މާޔޫސްވެފަ ރަށްޓެހިންގެ މޫނުދެކިލަން ނުކުރި ތިބީ ކިތަން މުވައްޒަފުންތޯއެވެ؟