އިންޑިއާގެ އަަންހެން މޮޑެލްއެއްގެ އިސްތަށިގަނޑު ކޮށާލެވުނު ގޮތަކުން ހިތްހަމަނުޖެހިގެން ބަދަލު ގޮތުގައި އެ މީހާއަށް ހަތަރު މިލިއަން ރުފިޔަ (271،000) ޑޮލަރު ދައްކަން ސެލޫނަކަށް އަންގައިފިއެވެ.

އާޝްނާ ރޯއި ނަމަކަށް ކިޔާ އެ މޮޑެލް ދިއްލީގެ ޓޮމް ނިއު ހޮޓެލްގައި ހުންނަ ސެލޫނަށް ދިޔައީ 2018 ވަނަ އަަހަރުއެވެ. އަދި އެތަނުގެ ސްޓާފެއް ކައިރީގައި އޭނާގެ އިސްތަށިގަނޑުން ހަތަރު އިންޗް ބުރިކޮށްލަން އެދުނެވެ.

އެހެން ނަމަވެސް އޭނާގެ ބޯކޮށާލި ގޮތަކުން ލިބުނީ ހައިރާން ކަމަކެވެ. އޭނާ އިސްތަށިގަނޑުން ކޮށާލީ ކުރުކޮށެވެ. އެ އިސްތަށިގަނޑު އޭނާގެ ކޮނޑާއި ހަމައަށް އެރީވެސް ކިރިޔާއެވެ.

މި މައްސަލަ ކޯޓުން ބެލިއެވެ. ކޯޓުން ބުނީ، ރޯއިއަކީ އޭނަގެ އިސްތަށިގަނޑުގެ ޕްރޮޑަކްޓްތައް އިޝްތިހާރުކޮށްގެން ފައިސާ ހޯދާ މީހެއް ނަމަވެސް، އިސްތަށިގަނޑު ކޮށާލުމާއި ގުޅިގެން އެކަމުން އޭނާއަށް ނަފްސާނީ ގޮތުން ގެއްލުންވިކަމަށެވެ.

"އެއީ އަންމެންނަށްވެސް އެނގޭ ކަމެއް އަންހެނުންނަކީ އިސްތަށިގަނޑު ދެކެ ވަރަށް ލޯބިވާ އަދި ބަލައިގެން ގެންގުޅޭ ބައެއްކަން". ނޭޝަނަލް ކޮންސިއުމާ ޑިސްޕިއުޓްސް ރެޑްރެސަލް ކޮމިޝަންގެ ހުކުމްގައި ވެއެވެ

އަދި އަންހެނުން އިސްތަށިގަނޑު ރަނގަޅު ބެލެހެއްޓުމަށް ވަރަށް ގިނަ ފައިސާ ހަރަދު ކުރާ ކަމަށާއި، ބައެއް އަންހެނުން އިސްތަށިގަނޑާއި ހާއްސަ ގުޅުމެއް ވާ ކަމަށްވެސް ބުނެފައި ވެއެވެ.

އަދި އޭނާގެ އިސްތަށިގަނޑު ކޮށާލުމުން ލިބެން ހުރި ޕްރޮޖެކްޓްތައްވެސް އޭނާއަށް ގެއްލި، އޭނާއަށް ލިބެން ހުރި ފައިސާތައްވެސް ނުލިބުނު ކަމަށް ބުނެފައި ވެއެވެ. އަދި އޭނާ ޓޮޕް މޮޑެލްއަކަށް ވުމަށް ކުރަމުންދިޔަ އުއްމީދުތައްވެސް ފުނޑުފުނޑުވިކަމަށް ބުނެފައި ވެއެވެ.

ކޯޓުން ވަނީ، އޭނާގެ ވާހަކަތައް އެހުމަށްފަހު 20 މިލިއަން ރުޕީސް އަށް ހަފްތާ ތެރޭގައި ދެއްކުމަށް އެ ސެލޫންގެ މައްޗަށް ހުކުމްކޮށްފައެވެ.