ކުއްތާގެ ޝިކާރައަކަށްވީ އެމެރިކަގެ މޮޑެލްގެ އާ ތުންފަތަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.

ބްރޫކްލިން ޚޫރީ ނަމަކަށް މޮޑެލް އަދި ސްކޭޓަރު މުޅި ހަޔާތް އެ ފުށް މިފުށަށް ޖެހުނީ އޭނާގެ ތިމާގެ މީހެއްގެ ގޭގައި އުޅެނިކޮށް ވަރަށް ނުރައްކާތެރި ކުއްތާގެ ބާވަތެއް ކަމަށްވާ ޕިޓްބުލްއެއް ހަމަލާ ދިނުމުގެ ސަބަބުންނެވެ.

ޕިޓްބުލްއަކީ ނުރައްކާތި ކުއްތާއަކަށް ވާތީ އެ ވައްތަރުގެ ކުއްތާ ގެންގުޅުން އެމެރިކާގެ ބައެއް ސްޓޭޓްތަކާއި އަދި ދުނިޔޭގެ އެހެނިހެން ބައެއް ގައުމުތަކުގައި އޮންނަނީ މަނާކޮށްފައެވެ.

އެ ކުއްތާ ދިން ހަމަލާގައި ބްރޫކްލިންގެ މަތީ ތުންފަތާ އަދި އޭގެ މައްޗާ އަދި ނޭފަތުގެ ތަންކޮޅެއް ވެސް ކާލި އެވެ. އެ ހަމަލާއިން ސަލާމަތްވި ނަމަވެސް އޭނާގެ މުޅި މޫނުމަތީގެ ސިފަ އޮތީ ގެއްލިފައެވެ.

ކުއްތާ ހަމަލާ ދިނުމުގެ ކުރިން ބްރޫކްލިން ހުންނަ ގޮތުގެ ފޮޓޯއެއް--

ނަމަވެސް ޕްލާސްޓިކް ސާޖަންއަކު ވަނީ ބްރޫކްލިންގެ އަތުން ހަން ނަގައިގެން މަތީ ތުންފަތާއި އަދި މަތީ ސަރަހައްދާއި ނޭފަތް ވެސް ހަދައިފައެވެ. ބްރޫކްލިން ބުނީ ހުރިހާ ސާޖަރީތައް ނިމި ފަސޭހަވުމުން މިހާާރު ހިޔާލު ހުރީ މަތީ ތުންފަތުގައި ޓެޓޫއެއް ޖަހަން ކަމަށެވެ. އޭރުން އަސްލު މަތީ ތުންފަތެއްހެން ވަރަށް ބޮޑަަށް ހީވާނެ އެވެ.

ބްރޫކްލިންގެ އާ މަތީ ތުންފަތަށް ގިނަ ބަޔަކު ދަނީ ތައުރީޕްް ކުރަމުންނެވެ. އަދި އޭނާާގެ ސާޖަންއަކީ ވަރަށް ހުނަރުވެރި މީހެއް ކަމަށް ގިނަ ބަޔަކު ބުނެއެވެ.

އަދި ބްރޫކްލިން އަކީ ވަރަށް ހިތްވަރު ގަދަ އަންހެނެއް ކަމަށް ބުނެ ގިޔަ ބަޔަކު ދަނީ ތައުރީފް ކުރަމުން ނެވެ.

ބްރޫކްލިންގެ ތުންފަތަށް އައިސްފައިވާ ބަދަލު ދައްކައިދޭ ފޮޓޯއެއް--

ބްރީކްލިންގެ އާ މަތީ ތުންފަތް ރީތި ނަމަވެސް އެ ތުންފަތް އާދައިގެ ތުންފަތެކޭ އެއްގޮތަކަށް މަސައްކަތެއް ނުކުރާނެއެެވެ. އަދި އާންމުކޮށް މީހުން ފެންބޮއި އުޅޭ ގޮތަށް ފެން ބޮއި ވެސް ނެހެދޭތީ ބްރީކްލިން ފެންބޮއި ހަދަނީ ހޮޅި ބޭނުންކޮށްގެންނެވެ.