ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހު ހިނގި ކާރު އެކްސިޑެންޓެއްގައި މަރުވި ކެެރެލާ ދެ މޮޑެލްއެއްގެ މަރުގެ ހަގީގަތް ބެލުމަށް ހާއްސަ ފުލުހުންގެ ޓީމެއް އުފައްދައިފިއެވެ.

އެ މަރާއި ގުޅޭގޮތުން އެތައް ގޮތަކަަށް ވާހަކަދެކެެެވެމުންދާއިރު ފުލުހުންނަށް އެ މަރުގެ ފަހަތުގައި ގިނަ ކަންތައްތަކެއް ފާހަަވެފައި ވަނީ މިދިޔަ ބުދަ ދުވަހު ހައްޔަރު ކުރި ހަ މީހުންނާއި ގުޅިގެންނެެވެ. އެ މީހުންނަކީ އެކްސިޑެންޓް ހިނގި ދުވަހު ޕާޓީ ކުރި ފޯޗް ހޮޓެލްގެ ބޮޑުމީހާއާ ފަސް ސްޓާފެކެވެ.

ހޮޓަލްގެ ވެރިޔާ ވަޔަލަޓނިން ހައްޔަރުކޮށްފައި ވަނީ ޕާޓީގައި ހިނގި ކަންތައްތަކުގެ ސީސީޓީވީ ފޫޓޭޖް އޭނާ ނައްތާލި ކަމަށް ބުނުމާއި ގުޅިގެންނެވެ.

އުމުރުން 25 އަހަރުގެ އަންސީ ކަބީރު އާއި 24 އަހަރުގެ އަންޖަނާ ޝަޖަން، މި ހާދިސާގައި ވަގުތު މަރުވިއެވެ. އެ އެކްސިޑެންޓް ހިނގި ވަގުތު ދެން ކާރުގައި އިން ތިން ވަނަ މީހާ އާޝިގްވެސް ވަނީ ފަހުން މަރުވެފައެވެ. އޭނާ މަރުވީ ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށެވެ. މި ހާދިސާގައި ސަލާމަތްވެފައި ވަނީ އެކާރު ދުއްވަން އިން ރަހުމާނެވެ.

ފުލުހުން ވަނީ އޭނާ ހޮސްޕިޓަލުން ދޫކޮށްލުމުން ހައްޔަރުކޮށްފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި، މި އެކްސިޑެންޓް ހިނގުމާއެކު އެ ކާރު ފަހަތުން އައި ކާރުގެ މީހާ ވަނީ ހޮޓެލްގެ ވެރިޔާއަށް ގުޅައި އެކްސިޑެންޓްވި ކަަމަށް ބުނެފައވެެ.

އަދި އެ ޕާޓިއަށް ހާޒިރުވި މީހުންގެ މައުލޫމާތު އެއްކޮށް އެ މީހުން ބަޔާން ދިނުމަށް އެދުމުންވެސް ގިނަބައެއްގެ ބަޔާންވެސް ލިބިފައި ވެއެވެ. އެއީ ގިނަ މީހުންގެ ނަން ރެޖިސްޓަރކޮށްފައި ނުވުމުންނެވެ.

ފުލުހުން ވަނީ ރެޖިސްޓަރ ކުރި މީހުންގެ ބަޔާން ނަގާފައެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ ކާރު ގޮސް ގަހެއްގައި ޖެހިގެންނެވެ.