ބޮލީވުޑްގެ އެންމެ ކާމިޔާބު ފިލްމީ ތަރި ޝާހް ރުކް ހާންގެ އަންހެނުން ގައުރީ ހާން މުސްކުޅި ނުވުމަށް ދިޔާ އެއްޗެއް ބުއިމުން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެއްޖެއެވެ.

ދާދިފަހުން އާންމުވެގެންދިޔަ ގައުރީ ހާންގެ ފޮޓޯތަކުން އޭނާ ފެނިގެން ދަނީ ކަޅު ކުލައިގެ ބުއިމެއް ބޯ ތަނެވެ. އެ ބުއިމަކީ އޭގައި އަލްޓްރާ ހައިޑްރޭޓިން އަދި މުސްކުޅި ނުވުމަށް ބޭނުންވާ މާއްދާތައް ހިމެނޭ ބުއިމެއް ކަމަށް ގިނަ ބަޔަކު ބުނެއެވެ.

މަޝްހޫރު ޑިޒައިނަރެއް ކަމަށްވާ ގައުރީ ފެނިފައި ވަނީ އިންޑިއާގެ ޖުހޫގައި ހުންނަ އޭނަގެ ފިހާރަ ކައިރިންނެވެ. ކަޅު ބުއިމުގެ ވާހަކަތައް އެތައް ބަޔަކު ދައްކަމުންދާއިރު ގައުރީ މި ބުއިން ބޯ ތަން ފެނުމުން އެތައް ބަޔަކު އޭނާ އަށް ޖޯކު ޖަހާފައިވެސް ވެއެވެ.

ގައުރީ ހާން ހިނގާފައިދާ މަންޒަރު
ފޮޓޯ: ގޫގުލް

ކަޅު ކުލައިގެ މި ބުއިން އިންޑިއާގެ ގިނަ ސެލެބްރިޓީން ބޯ އިރު މިއީ ވަރަށް އާންމު ބުއިމަކަށް ވަނީ ވެފައެވެ.

ނަމަވެސް މިއީ ގައުރީ މި ބުއިން ބޯތަން ފެނިފައިވާ ފުރަތަމަ ފަހަރުކަން ފާހަގަ ކުރެވެއެވެ.

ސިއްހީ ލަފާދޭ ތަޖުރިބާކާރުން ބުނާ ގޮތުގައި މި ބުއިމަކީ ހަށިގަނޑަށް އޭގެ ފައިދާ ވަރަށް ބޮޑަށް ކުރާނެ ކަމެކެވެ. އޭގެ ސަބަބުން ހަށިގަނޑުގައި އުފެދޭ ނުރައްކާތެރި ވިހަތައް ނައްތާލައި ދިފާއީ ނިޒާމު ވަރުގަދަކޮށް ކާތަކެތި ހަޖަމްވުން އަވަސްކޮށްދެއެވެ.

މި ބުއިން ބޮމުން ދަނިކޮށް ފޮޓޯތައް އާންމުވެފައިވާ އެހެން ސެލެބްރިޓީންގެ ތެރޭގައި މަލައިކާ އަރޯރާ، އުރްވާޝީ ރައުތެލާ އަދި ޝްރޫތީ ހަސަން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރަގަޅު

    ހެހެ މަރުވެސް ވާނެ. މުސްކުޅިވެސް ވާނެ. އެދެކަމަކުން ސަލާމަތެއް ނުވެވޭނެ.

    15
    3
  2. ސައިނާ

    މިމީހުންނާ ނުބެހޭ އެއްވެސް ކަމެއް މިހާރުގަ ނެއް ދޯ! އޭނަކީ ފިލްމީ މީހެއްވެސް ނޫން ދޯ!

    11
  3. ޢަހަރުމެން ބޭނުން ވަނީ…

    ތި ބުއިމުގެ ޑިޓެއިލްސް ބޭނުން ވަނީ. ޢަހަރެން ވެސް ބޭނުން ޔަންގ ކޮން ހުންނަން

  4. Anonymous

    މީގެ ދިހަ އަހަރު ފަހުން ކަމަނާ ދުނިޔޭގައި ހުރިއްޔާ 60 އަހަރުން ލަނބާލާނެ.