ބޮލީވުޑުގެ މަޝްހޫރު ސުޕަރސްޓަރ، އަމީތާބު ބައްޗަން ދިރިއުޅޭ ގެ ދައްކާލަން ގެންދާނެކަމަށް ބުނެ، އިޓަލީ އަށް ނިސްބަތްބާ ފަތުރުވެރިޔަކު ރޭޕުކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ. މުންބާއީގެ ޖޫހޫ ސަރަޙައްދުން ފެންމަތިވި މި މައްސަލަ، ފުލުހުންނަށް ހުށަހަޅާފައިވަނީ އެ ފަތުރުވެރިޔާއެވެ.

އުމުރުން 37 އަހަރުގެ މި ފަތުރުވެރިޔާ، ފުލުހުންނަށް މައްސަލަ ހުށަހެޅުމަށްފަހު ބުނެފައިވަނީ އޭނާ ރޭޕުކުރުމަށް މަސައްކަތް ކޮށްފައިވަނީ ޓެކްސީ ޑްރައިވަރެއް ކަމުގައެވެ. އެކަން ހިނގަން މެދުވެރިވީ، މުމްބާއީގެ އެކި ތަންތަނަށް ބަލަން ދުއްވާ ސައިޓް ސީ ބަހެއްގެ ދަތުރަކަށްފަހު، ޖޫހޫ ސަރަޙައްދަށް މަޑުކޮށް، ކާރަށް އެރުމުންކަމަށެވެ.

ކާރު ދުއްވަން އިން ޑްރައިވަރު، ފަތުރުވެރިޔާ ގާތުގައި ފަތުރުވެރިޔާ އަމީތާބު ދިރިއުޅޭ ގެ ބަލަން ގެންދާނެކަމަށް ބުނިކަމަށް ބުނެފައިވެއެވެ. އިޓަލީގެ މި ރައްޔިތު އިތުރަށް ބުނެފައިވާ ގޮތުގައި މިކަން ހިނގާފައިވަނީ، މިދިޔަ ޖޫން މަހުގެ 14 ވަނަ ދުވަހުއެވެ. އެދުވަހު މިކަން ހިނގާފައިވަނީ ރޭގަނޑު ހަތެއް ޖަހާކަށް ހާއިރުކަމަށެވެ.

އަންހެން މީހާ އިތުރަށް ބުނެފައިވާ ގޮތުގައި ޓެކްސީ ދުއްވަން އިން މީހާ، ބުނެފައިވާ ގޮތުގައި އެއީ ޓުއަރ ގައިޑެކެވެ. އަދި، އޭނާގެ ޓުއަރ ޚިދުމަތްތަކަށް އެދުމަށް ބުނިކަމަށްވެސް ބުނެފައިވެއެވެ. ޑްރައިވަރު އެދުނީ އަމީތާބުގެ ގެއަށް ދިޔުމަށްކަމަށް ވިޔަސް، ފަތުރުވެރިޔާ އަސްލު އެދުނީ، އޭނާ މުމްބާއީގައި ހުންނަ ހޮޓަލަށް ދިއުމަށްކަމަށްވެސް، ފުލުހުންނަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.

އިޓަލީގެ އަންހެން މީހާ އިތުރަށް ބުނެފައިވާ ގޮތުގައި، ޓެކްސީ ތެރޭގައި އޭނާ ރޭޕުކުރުމުގެ ކުރިން، ގަދަކަމުން ބަނގުރާ ދިނުމަށް މަސައްކަތް ކޮށްފައިވެއެވެ. އަދި، އެކަމަށް އޭނާ އިންކާރ ކުރިކަމަށާއި އަދި އެވަގުތު، ޑްރައިވަރު، އަންހެން މީހާގެ ގައިގައި އަތްލާން ފެށިކަމަށްވެސްވެއެވެ.

މި ކަންކަން، މި އަންހެން މީހާ އެންމެ ފުރަތަމަ ހުށަހަޅާފައިވަނީ އިންޑިޔާގައި ހުންނަ އިޓަލީގެ އެމްބަސީ އަށެވެ.