2019 ވަނަ އަހަރުގެ ފަހުކޮޅު ޗައިނާއިން ފެނުނު ކޮވިޑް-19 އަކީ ފަހުގެ ތާރީހެއްގައި ދުނިޔެ ސިއްސުވާލި އެންމެ ނުރައްކާތެރި އެއް ބަލިމަޑުކަމެވެ. މި ބަލީގައި އެތައް ބައެއްގެ ފުރާނަ ގޮސް އެތައް ބަޔަކު ބިކަވިއެވެ.

ބަލީގެ އަސްލު ހޯދުމަށާއި ބަލީގެ ސަބަބުން އަސަރު ކުރި މީހުން ވަޒަންކޮށް ދެނެގަތުމަށް ދިރާސާތައް ކުރަމުންދާއިރު މި ބައްޔަށް އެންމެ ބޮޑަށް ބިރުގަންނަ އެއް ބަޔަކީ ޖިންސީގުޅުން ހިންގުމުގައި އެންމެ ކުރީގައި ތިބޭ ދެމެފިރިންތައް ކަމަށް ފަހުގެ ދިރާސާއަކުން މިވަނީ ހާމަވެފައެވެ.

އެމެރިކާގެ އިންޑިޔާނާގައި ހުންނަ ކިންސޭ އިންސްޓިޓިއުޓް އާއި ލިސްބަން ޔުނިވަރސިޓީ ގެ ސައިކޮލޮޖިސްޓުން ހިންގި ދިރާސާއަކުން ދައްކާގޮތުގައި ކޮވިޑްގެ ސަބަބުން އެކީގައި އުޅޭ ބައިވެރިންގެ ގުޅުންތައް ވަރުގަދަވެ ބޭވަފާތެރިވުމާއި ކަންކަން ސިއްރު ކުރުން ބޮޑު ތަނުން ވަނީ ހުއްޓިފައެވެ.

ގައިންގަޔަށް އަރާ ބަލިތަކުގެ ބިރު އަބަދުވެސް ބޮޑު އިރު ކޮވިޑަކީ ބަލި ޖެހިފައިވާ މީހެއްގެ ކައިރީގައި ހުރެގެންވެސް އަދި ބަލި ޖެހިފައިވާ މީހަކު އަތްލާފައިވާ އެއްޗެއްގައި އަތް ލައިގެންވެސް ބަލި ޖެހިދާފަދަ ނުރައްކާތެރި ބައްޔަކަށް ވުމުން ގިނަ މީހުން އުޅެނީ ނޭނގޭ މީހުން ނުވަތަ އެކުގައި ނޫޅޭ މީހުންނާއި ވެސް ވަރަށް ދުރުގައި ރައްކާތެރި ވެގެންނެވެ.

303 ބައިވެރިންނާއި އެކު ހިންގި މި ދިރާސާގައި ފާހަގަ ކުރެވުނު ކަންކަމުގެ ތެރޭގައި އެކަކާއި އެއްކޮށް ޖިންސީ ގުޅުން ހިންގަން ބޭނުންވާ ފަރާތްތަކަށް ބޮޑު ކުރިއެރުމެއް ލިބުނެވެ. އަދި ބޭވަފާތެރިވާ މީހުންނަށް މިކަން ބޮޑު ނުރައްކަލެއްގެ ގޮތުގައި ނެގިފައިވާއިރު ކޮވިޑްގެ ސަބަބުން ގޭގައި ތިބެން ޖެހުމުގެ ސަބަބުން ދެމެފިރިކަމުގެ ގުޅުންވެސް ވަރަށް ވަރުގަދަވެގެން ދިޔަކަން ވަނީ ހާމަވެފައެވެ.

އަދި ކޮވިޑްގެ ސަބަބުން ހާސްވެ ކަންބޮޑުވެގެން އުޅޭ ފަރާތްތަކަށް ފަރުވާލިބި އާއިލާއާއި އެކު ގިނަ ވަގުތު ހޭދަކުރަން ފުރުސަތު ލިބިގެން ދިޔަ އެވެ. މިއީ ކޮވިޑްގެ ސަބަބުން ލިބުނު ބޮޑު ފައިދާއެކެވެ.

އެހެން ނަމަވެސް 2020 ވަނަ އަހަރު ހެދި ދިރާސާތަކުން ވަނީ، ކޮވިޑާއި ގުޅިގެން ދެމަފިރިންގެ ދެމެދުގައި އޮތް ޖިންސީ ގުޅުމަށް ނުރަނގަޅު ބަދަލުތަކެއް އައިސްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު