އިންޑިއާގައި ކްރޭނެއް ބޭނުންކޮށްގެން ޖަންގައްޔެއްގެ ތެރޭގައި އޮތް ބޮޑު ހަރުފައެއް ނަގާ ވީޑިއޯއެއް މީސް މީޑިއާގައި އާންމުވެއްޖެއެވެ.

މި ވީޑިއޯ މީސް މީޑިއާގައި ދައުރުވަމުން އަންނަތާ މިހާރު ދެ ހަފްތާއެއްހާ ދުވަސްވެފައިވާ އިރު، ގިނަ ބައެއްގެ ސަމާލު ކަން ވީޑިއޯއަށް ހުއްޓިފައި ވަނީ ހަރުފަ އާދަޔާ ހިލާފަށް ބޮޑުކަމުންނެވެ. ބައެއް ނޫސްތަކުން ބުނާ ގޮތުގައި މިއީ ދުނިޔޭގެ އެންމެ ބޮޑު ހަރުފަ އަށް ވެދާނެއެވެ.

މި ހަރުފަ ފެނުނު ކަމަށް ރިޕޯޓުކޮށްފައި ވަނީ އިންޑިއާގެ ޖަރްހަންދް ސަރަހައްދުންނެވެ.

މި ޕައިތަންގެ ބަރުދަނުގައި 100 ކިލޯ އަދި ދިގުމިނުގައި 6.1 މީޓަރު (20 ފޫޓު) ހުރި ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ހަރުފަ ފެނިފައި ވަނީ ޖަންގަލި ސާފު ކުރުމުގެ މަސައްކަތުގައި އުޅުނު މަސައްކަތްތެރިންނަށެވެ. ޓިކްޓޮކްގައި މީހަކު އާންމު ކުރި މި ވީޑިއޯ 79 މިލިއަނަށް ވުރެ ގިނަ ފަހަރު ބަލާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    އިންޑިއާގައި ކްރޭނެއް ބޭނުންކޮށްގެން އިންޑޔާގެ ޖަންގައްޔެއްގެ ތެރޭގައި އޮތް ބޮޑު ގެރި މޯދީ ނަގާ ވީޑިއޯއެއް މީސް މީޑިއާގައި އާންމުވެއްޖެއެވެ.