ހުޅުމާލެއިން "ލަވް ބާޑެއް" ގެއްލިގެން އޭގެ ވެރިފަރާތުން ގުރާ ހޯދުމަށް އާންމުންގެ އެހީ އަށް އެދިއްޖެއެވެ.

ގުރާ ގެންގުޅޭ ފަރާތުން "ވަގުތު" އަށް މައުލޫމާތު ހިއްސާ ކުރަމުން ބުނީ، ގުރާއަށް ކިޔަނީ "ނިކޯ" ކަމަށާއި އެ ގުރާ ގެއްލިފައިވަނީ މީގެ ތިން ދުވަސް ކުރިން ހުޅުމާލޭގައި ހުންނަ 107 ޗައިނާ ފްލެޓް ސަރަހައްދަށް ކަމަށެވެ.

"ނިކޯ ގެއްލިފައިވަނީ ހުޅުމާލޭގައި ހުންނަ ޗައިނާ ފްލެޓްގ (ނޫކުލައިގެ ފްލެޓް) 107 ކައިރިން" އޭނާ ބުންޏެވެ.

ގެއްލިގެން ހޯދަމުން އަންނަ ގުރާ

ގެއްލިފައިވާ ލަވްބާޑުގެ ރީނދޫ ބީކްއަށް މިހާރު އޮރެންޖު ކުލަ އަރަން ފަށާފައި ކަމަށް އޭނާ ވަނީ ބުނެފައެވެ. އޭނާ ބުނެފައިވަނީ އާއްމު ގޮތެއްގައި ނިކޯގެ ނަމުން ގޮވާލުމުން ގުރާ އެދުހިފައި އެދިމާލަކަށް އަންނާނެ ކަމަށެވެ.

"ނިކޯ" ހޯދައިދޭ ފަރާތަކަށް ފައިސާގެ އިނާމެއް ދިނުމަށް ނިންމާފައިވާ ކަމަށް އޭގެ ވެރިފަރާތުން ވަނީ ބުނެފައެވެ.

"ނިކޯ" އާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ "9696268 ނުވަތަ 7910789 ނަންބަރަށް ގުޅައި އެކަން ހިއްސާ ކޮށްދިނުމަށް ވެރިފަރާތުން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސުމެއް

    ޗުސް އަދިވެސް ގެންގުޅެން ޖެހޭ ތަ ތިވަރުން؟

    2
    6
  2. ޗޭންޑްލާ

    ދެން ޕޮލިހުން ކީކޭ ބުނީ ؟

  3. ކޮތަރު

    ނޯރތު ހާބަރ ގައޮތް އައްޑޫ ބޯޓަކަށް މިއަދު މެންދުރު ކުރީގެ ވަގުތެއްގައި ކޮށްޓަކަށް ލައިގެން ޒުވާން ފިރިހެން ދެކުއްޖަކު ތިޔަ ލަވްބަރޑް އަރުވަނިކޮށް ދުށިން.