ދަރިމައިނުވުމަށް މަގުފަހިވާ ވިހަ މާއްދާތައް މަޝްހޫރު ފާސްޓް ފުޑް ރެސްޓޯރެންޓުތަކުން ވިއްކާ ކާނާގައި ހުންނަކަން ހާމަވެއްޖެއެވެ.

ސަރުބީ އާއި ކާބޯހައިޑްރޭޓްސް ފަދަ މާއްދާތައް ގިނައިން ހުންނާތީ ފާސްޓްފުޑް ރެސްޓޯރެންޓުތަކުން ތައްޔާރުކުރާ ކާނާއާމެދު ހިތްހަމަނުޖެހޭ މީހުން ގިނައިރު އެފަދަ ކާނާތަކުގައި ވިހަގަދަ އެހެނިހެން މާއްދާތައް ހުރިކަން ހާމަވުމާއެކު ކަންބޮޑުވުންވީ އިތުރެވެ.

ޖޯޖް ވޮޝިންޓަން ޔުނިވަސިޓީ އިން ފާސްޓްފުޑް ރެސްޓޯރެންޓުތައް ކަމަށްވާ މެކްޑޮނަލްޑްސް، ބާގާ ކިންގް، ޕިއްޒާ ހަޓް، ޑޮމިނޯ، ޓެކޯ ބެލް އަދި ޗިޕޯޓަލް އިން އެ ރެސްޓޯރެންޓުތަކުން އުފައްދާ އެތައް ވައްތަރެއްގެ ކާނާ އޯޑަރުކޮށް ވަނީ ތަހުލީލު ކޮށްފައެވެ.

އެ ޔުނިވަސިޓީ އިން ހެދި ދިރާސާއިން ހާމަވި ގޮތުގައި އެ ރެސްޓޯރެންޓުތަކުން އުފައްދާ ކާނާތަކުގެ 80 އިންސައްތައިގައި ވިހަގަދަ މާއްދާ އެކުލެވެއެވެ. ފިލޭޓްސް ނަމަކަށް ކިޔާ ވިހަ މާއްދާ އަކީ ޝޭމްޕޫ އާއި ތަށިމޮށި ސާފުކުރުމަށް ބޭނުންކުރާ ތަކެތީގައި ހުންނަ ވަރަށް ވިހަގަދަ މާއްދާއެކެވެ.

ފިލޭޓްސް އިންސާނާގެ ހަށިގަނޑުގެ ތެރެއަށް ގޮއްސިނަމަ ކެންސަރު ޖެހުމާއި ފުރަމޭގެ ބަލިތައް އަދި ދަރިމައިވުމަށްވެސް ހުރަސްއަޅައެވެ. އަދި އަންގި އުފެއްދުމުގައި ވެސް ފިލޭޓްސް ބޭނުން ކުރާ ކަމަށްވެއެވެ.

ހުރިހާ ރެސްޓޯރެންޓެއްގައިވެސް އަންގިތައް ބޭނުންކުރާއިރު ފިލޭޓްސް ބޭނުންކޮށްގެން އުފައްދާފައި ހުންނަ އަންގިއެއް ނަމަ އަންގި ލައްވައިގެން ކާނާގައި އަތްލާނަމަ ކާނާގައިވެސް ފިލޭޓްސް ހޭކެއެވެ. އަދި ހަމަ ލޮލަށް ނުފެންނަ މިތަކެތީގެ ސަބަބުން އިންސާނާގެ ހަށިގަނޑަށް އެތައް ގިނަ ގެއްލުންތަކެއް ލިބެއެވެ.

އެމެރިކާގެ ޔުނިވަސިޓީ އަކުން ހެދި މި ދިރާސާގެ ސަބަބުން ކާބޯތަކެތި ވިއްކާ ތަންތަނުގައި މިފަދަ ވިހަގަދަ މާއްދާތައް ހިމަނައިގެން އުފައްދާ އަންގިތައް ބޭނުންކުރުން ހުއްޓުމަކަށް އަންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކޮރަލް

    ހައްލަކީ ތިޔަ ތަންތަނުން ނުކެއުމެވެ.

    4
    1
  2. ކާފަ

    ދެން ނެތެއްނު ސަލާމަތެއް.. ތި ތަޙުލީލްކުރަން ބޭނުންކުރާއާލާތްތަކުގެ ތިމާއްދާތައް ހުންނަނީކަމާށް..

  3. ލަންސިމޫ

    އެހެންވީމަ ގިނަ ދިވެހިން ފަހަކަން އައިސް ގޮތްނޭނގޭ ގިނަ ބަލިތަށް ޖެހެނީ