އިންޑިއާ-އެމެރިކާ ދަރިކޮޅަށް ނިސްބަތްވާ މަނީޝް ސެތީ ނަމަކަށް ކިޔާ ވެއަރަބަލް ޑިވައިސް ކުންފުނި ޕަވްލޯކްގެ ސީއީއޯ މި ވަނީ އޭނާ ފޭސްބުކް ހުޅުވާ ކޮންމެ ފަހަރަކު މޫނު މަތީގައި ޖަހަން އަންހެން މުވައްޒަފެއް ވަޒީފާއަށް ނަގާފައެވެ.

2012 ވަނަ އަހަރު މަނީޝް އަށް ވަނީ އޭނާގެ އުފެއްދުންތެރިކަން އިތުރުކުރަން ޖެހޭކަން އިހްސާސްވެފައެވެ. އޭނާ ބޭނުންވީ މަސައްކަތުގައި ގިނައިރު ޝާމިލްވެ އުޅޭށެވެ. ބޭކާރުކަންތައް ނުކޮށް ވޭތޯ ބެލުމަށެވެ. އެހެންވެ އޭނާ ފޭސްބުކް ހުޅުވާ ކޮންމެ ފަހަރަކު އޭނާގެ ގައިގައި ތަޅައި އެކަމުން ދުރުކުރުވަން އަންހެނަކު ހޯދިއެވެ. އޭނާ އަށް ގަޑިިއިރު ވަންދެން މަނީޝްއާއެކު މަސައްކަތް ކުރާނެއެވެ.

އޭނާ ބުނަގޮތުންނަމަ، މިކަަމުގެ ނަތީޖާ ވަަރަށް ރަނގަޅެވެ. ކަރާ ނަމަކަށް ކިޔާ އެ އަންހެން މީހާ އޭނާ ފޭސްބުކްއަށް ވަންނަ ކޮންމެ ފަހަރަކު ހުއްޓުވައެވެ. މިއާއެކު އޭނާ މަސައްކަތުގައި ޝާމިލްވެ އޭނާގެ އުފެއްދުންތެރިކަން 98% އަށް އުފުލާ ވަރުކުރުވިއެވެ.

ދާދި ފަހުން އެ މަންޒަރުގެ ފެންނަ ފޮޓޯއެއް މީސް މީޑިއާގައި ދައުރުވިއެވެ. އަދި އެ ފޮޓޯއަށ އެލޮން މަސްކްގެ ސަމާލުކަންވެސް ލިބުނެވެ. އެތައް ބަޔަކަށް އެ މަންޒަރު ބޮޑަށް ފެނިގެން ދިޔައީވެސް މަޝްހޫރު ބިލިއަނަރު އެލޮން މަސްކް އެ ފޮޓޯ ޓްވީޓް ކުރި ހިސާބުންކަން ފާހަގަކޮށްލަން ޖެހެއެެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. އަން ރިޒޯލްވްޑް

  މަވެސް ބޭނުން ތީގެ އަންހެނެއް

  10
  1
 2. Anonymous

  އަޅުގަނޑުވެސް ބޭނުން ތިޔަގެ އަންހެނެއް އެކަމަކު މުސާރަ ދޭކައް ނުލިބޭނެ.

 3. ކޮމެންޓު

  ނޯ ސެލްފް ރެސްޕެކްޓިންގ ޕްރޮގްރާމަރ ވިލް ޔޫސް ފޭސް ބުކު އެވަރ. ސޯ ދިސް އިޒް ފޭކް

  1
  1