ލޯބީގެ ގޮތުން ގުޅެން ތައްޔާރުވުމަށްޓަކައި "ޑޭޓް"ތަކަށް ގޮސް ހަދައެވެ. އެއީ ދެމީހުންނަށް ދެ މީހުންވެސް ކަމުދޭތޯ ބެލުމަށެވެ. ނޫނީ ދެމީހުން ދަސް ކުރުމަށެވެ. މިފަދަ ޑޭޓްތަކަށް ރެެސްޓޯރެންޓްތަކަށް ދާ ފަހަރު ބިލަށް ފައިސާ ދައްކާ ގޮތާއި ގުޅޭގޮތުންވެސް ވާހަކަ ދެކެވެއެވެ. ދެ މީހުންނަށް ބިލް ބަހާލަނީތޯ ނޫނީ އެެކަކު ފައިސާ ދައްކާނީތޯ ބަލައެވެ.

މިފަހަރު އެކަމަކު ކަންވީ އެހެނެއް ނޫނެވެ. ކެލިފޯނިއާގައި ދިރިއުޅޭ އަންހެނަކު މި ވަނީ އޭނާ ޑޭޓަށް ދިޔައިރު އަތުގައި ފައިސާ ނެތުމުން އޭނާ އިންނަން ޖެހުނީ ނުކައި ކަމަށް ބުނެފައެވެ.

އޭނާ ވަނީ އެ ޑޭޓްގެ ފޮޓޯތައް ޓިކްޓޮކްގައި ހިއްސާކޮށްފައެވެ. އޭނާ ބުނީ ޑޭޓަށް ދިޔައިރު، އޭނާގެ އަތުގައި ފައިސަ ނެތުމުން ކެއީ ފިރިހެން މީހާ އެކަނި ކަމަށެވެ.

އެ އަންހެން މީހާ ވަނީ އެ މީހުން ޑޭޓްގައި ތިބި މޭޒު ދައްކާލާފައެެވެ. އޭގެން ފިރިހެން މީހާގެ ފަޅީގައި ކާއެއްޗެހި ހުރިތަން ފެންނައިރު، އަންހެން މީހާ އިން ފަޅީގައި ކާއެއްޗެއް ނެތެވެ.

އެ ޕޯސްޓްގެ މަތީގައި އޭނާ ލިޔެފައި ވަނީ" އަަހަރުމެންގެ ފުރަތަމަ ޑޭޓްގައި އަހަރެންގެ އަތުގައި ފައިސާ ނެތުމުން އޭނާ ކާއެއްޗެހި ގަތީ އޭނާ"އަށް އެކަނި ކަމަށް ބުނެފައެވެ.

އަދި އޭނާ ވަނީ ދެވަނަ ފަހަރަށް އެ މީހާއާއެކު ޑޭޓަކަށް ދާންވީ ތޯވެސް ސުވާލު ކޮށްފައެވެ.

އެ ވީޑިއޯ މީސް މީޑިއާގައި ދައުރުވުމުން އެތައް ބަޔަކު ވަނީ ވާހަކަދައްކާފައެވެ. އެއްބަޔަކު ވަނީ އެފަދަ ޑޭޓްތަކުގައި ފައިސާ ދައްކަން ޖެހޭނީ ފިރިހެން މީހާ ކަމަށް ބުނެފައެވެ. އިތުރު މީހަކު ބުނީ ޑޭޓް ތަކަށް ގޮސް ފައިސާ ދައްްކާނީ ފައިސާ ހުންނަ މީހުން ކަމަށެވެ. އަދި ފުރަތަމަ ޑޭޓްގައި މިފަދަ ކަމެއް ވުމުން މިއީ ރަނގަޅު މީހެއް ކަމަށް ނުބެވޭ ކަމަށް ބައެއް މީހުން ބުނެފައި ވެއެވެ. އަދި ފައިސާ ހުރި މީހާ ކާއެއްޗެއްސަށް ފައިސާ ދެއްކުމަށްފަހު، ދެވަނަ ޑޭޓްގައި ދެވަނަ މީހާ ކާއެއްޗެއްސަށް ފައިސާ ދެއްކޭ ގޮތް ހެދިދާނެ ކަމަށްވެސް ބައެއް މީހުން ބުނެފައި ވެއެވެ.