އިންޑިއާގެ ޗެންނާއީ ފުލުހުންގެ އަންހެން އޮފިސަރަކު ޓީ.ޕީ ޗަޓްރަމް ސަރަހައްދުގައި ވެއްޓުނު ގަހެއްގެ ދަށުވި މީހަކު ސަލާމަތްކޮށްފައެވެ.

އީ.ރާޖެސްވަރީ ނަމަކަށް ކިޔާ އެ އޮފިސަރު މީޑީއާ ތަަކަށް މައުލޫމާތު ދެމުން ބުނީ، އޭނާއަށް ކޮންްޓްރޯލް ރޫމުން މައުލޫމާތު ލިބުނީ މީހެއްގެ ގައި މައްޗަށް ގަހެއް ވެއްޓި ހިނގި ހާދިސާގައި އޭނާ މަރުވެގެން އުޅޭ ކަމަށެވެ.

"އަހަރެންނަށް މައުލޫމާތު ލިބުނީ، ސަހަރާއެއްގެ ތެރޭގައި މީހެއްގެ ގައިމައްޗަށް ގަހެއް ވެއްޓިގެން އުޅޭ ކަމަށް، އަހަރެންނާއި ޓީމުން އެ ސަރަަހައްދަށް ގޮސް އިންސްޕެކްޓް ކުރިން، އަދި އެމީހާ ފެނުނުއިރު، ހާލު ދެރަ ނަމަވެސް މަރެއް ނުވޭ".

އުމުރުން 28 އަހަރުގެ އުދަޔާކުމާރު ނަމަކަށް ކިޔާ އެ މީހާގެ ގައިމައްޗަށް ގަސް ވެއްޓުނީ ޓީ.ޕީ ސެމިޓްރީގައި މަސައްކަތް ކުރަމުން ދަނިކޮށެވެ.

އޭނާގެ ރަހުމަތްތެރިޔާ ކޮންޓްރޯލް ރޫމަށް މައުލޫމާތު ދިނީ ގައިމައްޗަށް ގަސް ވެއްޓިގެން އޭނާ މަރުވީ ކަމަށް ބުނެއެވެ.

އެ ފުލުސް މީހާ ބުނީ، ރަހުމަތްތެރިޔާ ހޮސްޕިޓަލަށް ނުގެންދިއުމުން އެކަމާއި އޭނާއާ ސުވާލު ކުރި ކަމަށެވެ.

މިހާރު މީސް މީޑިއާގައި ދަނީ އެ ފުލުސް މީހާ އެ ފިރިހެން މީހާ ކޮނޑަށް އަރުވައިގެން ގެންދާ މަންޒަރު ފެންނަ ވީޑިއޯ ދައުރުވަމުންނެވެ.

އަދި އެ މީހާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވާއިރު، އޭނާގެ ހާލަތު މިހާރު ނުރައްކަ ނޫން ކަމަށް ޑޮކްޓަރުން މައުލޫމާތު ދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު