އިނގިރޭސި ވިލާތުގެ ސިޓީއެއް ކަމަށްވާ ބްރިސްޓޮލްގައި ކުރިޔަށްދިޔަ ގުރުއަތުލުމެއްގައި ބައިވެރިވި ނަސީބުވެރިއަކަށް ތިން އެޕާޓްމެންޓް ލިބިއްޖެއެވެ.

މި ގުރުއަތުލުން ކުރިޔަށް ގެންގޮސްފައިވަނީ ޓްރާމްވޭ ޕާތު އިންނެވެ. މޮޅުވާ ފަރާތުގެ މުދަލެއް ރަހުނުކުރަން ނުޖެހޭނެ ކަމުގެ ޔަގީން ކަން އެ ފަރާތުން ދީފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އިނގިރޭސި ވިލާތުގެ ނޭޝަނަލް ހެލްތް ސާވިސްގައި ފޫޅުމައެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ސަޑޭ އޮލުވާލިމޫ އަށް ލިބިފައިވަނީ ތިން ސައިޒުގެ ތިން އެޕާޓްމެންޓެވެ. އޭގެ ތެރޭގައި އެއް ކޮޓަރީގެ ދެ އެޕާޓްމެންޓް އަދި ތިން ކޮޓަރީގެ އެޕާޓްމެންޓެއް ހިމެނެއެވެ. ނަސީބުވެރިޔާއަށް ލިބިފައިވާ ސްވޭންކީ އެޕާޓްމެންޓްތަކަކީ ނިއުޓްރަލް، ޗިކް ފަރުނީޗަރު އަދި ޒަމާނީ އާލާތްތަކާ އެކު ކިޓްކޮށްފައި ހުރި ތަންތަނެވެ.

One of the three apartments won by Ms Oluwaleimu
އޮލުވާލިމޫ އަށް ލިބުން ތިން އެޕާޓްމަންޓުގެ ތެރެއިން އެއް އެޕާޓްމަންޓް.

މި ގުރުއަތުލުމުގައި ބައިވެރިވުމަށް އޮލުވާލިމޫ ބޭނުން ކޮށްފައިވަނީ އެންމެ ތިން ޕައުންޑުގެ ކޫޕަންއެކެވެ. އިންސްޓަގްރާމް މެދުވެރިކޮށް ގުރުއަތުލުން ކުރިޔަށްދިޔަ ހަފްލާ ލައިވް ކޮށްފައިވާއިރު، އޮލުވެލިމޫ ބުނަނީ އޭނާއަށް ލިބިފައިވާ ނަސީބު ގަބޫލުވެސް ނުކުރެވޭ ކަމަށެވެ. ގުރުއަތުން އޭނާއަށް ތިން އެޕާޓްމެންޓް ލިބުމާއެކު، އެތަންތަން ވިއްކުމާއި، ކުއްޔަށް ދިނުން އަދި އެތަނުގައި ދިރިއުޅުމުގެ ބާރު އޭނާއަށް ލިބިގެން ދެއެވެ.

މިފަދަ ގުރުއަތުލުންތަކުގައި އާންމުކޮށް އޮންނަ ގޮތަކީ ބޮޑު އިނާމެއް ނަމަ އެ އިނާމެއް ހޯދުމަށް ވަކި ވަރަކަށް ކޫޕަން ފުރަން ޖެހެއެވެ. އެ މިންވަރަށް ކޫޕަން ފުރައި ގުރުއަތުން ހޮވުނު ކަމުގައި ވިޔަސް ހަމައެކަނި ފައިސާގެ އިނާމެއްދީ ނިންމާލައި ފަހަރުވެސް އާދެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަރީ

    3 މީހަކަށް 3 އެޕާޓްމަންތް ދިން ނަމަ މާ ސަޅިވީސް