ސިމްޑީ ކުންފުނީގެ ވެރިޔާ އިބްރާހިމް މުހައްމަދު ދީދީ (ސިމްޑީ ދީދީ) ދޭތެރެ ދޭތެރެއިން ކުރައްވާ ޓްވީޓްތަކަށް އާއްމުންގެ ވަރަށް ބޮޑު ސަމާލުކަމެއް ލިބިގެން ދެއެވެ. އޭނާގެ މުއްސަނދި ދިރިއުޅުން ސިފަކުރެވޭ މިފަދަ ބައެއް ޓްވީޓްތައް ގިނަ މީހުންނަށް ކަމަކު ނުދެއެވެ. މިފަހަރު ވެގެން މިއުޅެނީ އެފަދަ ގޮތެކެވެ.

އޮސްޓްރޭލިއާގެ ރެސްޓޯރެންޓެއް ކަމަށްވާ ކްލާކްސް އޮފް ނޯތު ބީޗް ރެސްޓޯރެންޓްގެ ރޭގަނޑުގެ ކެއުމުން ނަގާފައިވާ ފޮޓޯއަކާއިއެކު ސިމްޑީ ދީދީ ކުރެއްވި ޓްވީޓްގައި ވަރަށް ބޮޑަށް އެރެސްޓޯރެންޓަށް ތައުރީފް ކުރައްވާފައިވާފައި ވެއެވެ. ޓްވީޓްގައި ދީދީ ވިދާޅުވެފައިވާ ފަދައިން ރެސްޓޯރެންޓްގެ ވެރިޔާ ޝެފް ސްޓީވެން ކްލާކް އަކީ ކެއްކުމުގެ ރޮނގުން ގިނަ އެވޯޑްތަކެއް ނަގާފައިވާ މީހެކެވެ.

ޓްވިޓާގައި ސިމްޑީ ދީދީގެ ޓްވީޓަށް ރިޕްލައި ކުރި މީހުންނަށް ފާހަގަ ކުރެވުނު ކަމަކީ ވެސް ވަރަށް އާދައިގެ ގޮތަކަށް ފޮޓޯ އިން ފެންނަ ކެއުން މާމޮޅު ކެއުމެއްގެ ގޮތުގައި ދީދީއަށް ފާހަގަ ކުރެވުމެވެ. ހަގީގަތުގައި ދީދީ ޓްވީޓް ކޮށްފައިވާ ފޮޓޯ އަކީ ރެސްޓޯރެންޓްގެ ވެބްސައިޓްގައި އާއްމު ކޮށްފައިވާ ފޮޓޯއެކެވެ. މިފޮޓޯ މީގެ ކުރިން މަދުވެގެން ތިން ފަހަރެއްގެ މަތިން ދީދީ ވަނީ ޓްވީޓް ވެސް ކުރައްވާފައެވެ.

ޔަގީނުން ވެސް މިއީ ދީދީއަށް ވަރަށް ކަމުދާ ރެސްޓޯރެންޓެކެވެ. ރެސްޓޯރެންޓްގެ ވެބްސައިޓުން ފެންނަން ހުރި މައުލޫމާތައް ބަލާއިރު ރެސްޓޯރެންޓްގެ އެންމެ ކެއުމެއްގެ އަގަކީ މަދުވެގެން 100 ޑޮލަރެވެ.

ދީދީއަށް ރިޕްލައި ކުރި ވަރަށް ގިނަ ދިވެހިން ޓްވިޓާގައި ބުނެފައި ވަނީ ފޮޓޯ އިން ފެންނަ ކެއުމަށް ވުރެ މާމީރު ކެއުންތައް ރާއްޖެ އިން ލިބޭނެ ކަމަށެވެ. ބައެއް މީހުން ވަނީ ރިހާކުރާއި ތެލުލި ފަތް ނުވަތަ ގަރުދިޔަ އާއި ރޮށި ވެސް ދީދީގެ ކެއުމުގެ ބަދަލުގައި ބޭނުން ކުރެވިދާނެ ކަމަށް ބުނެ ޓްވީޓް ކޮށްފައެވެ.

ކެއުމެއް އަގުބޮޑު ވުމުގައި ވަރަށް ގިނަ ސަބަބުތައް ހުރެއެވެ. ބައެއް މީހުން އަގުބޮޑު ކެއުން ކަނީ ކޮންމެހެން ކެއުން މީރު ވެގެންނެއް ނޫނެވެ. އެއީ އަގުބޮޑު ކެއުމެއް ކާލުމުގެ ހިތްހަމަޖެހުން ހޯދުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ފަގުޑި

    ރަގަޅުދެން. ގިނަގިނައިން ރާއްޖޭގެ މިލިއަނަރުންގެ ދިރިއުޅުން ގެނެސްދޭތި.

    12
    1
  2. މަރީ

    މާމީރުކޮށް އަގުބޮޑުކެއުން ކާގިނަމީހުން އުމުރުގެ ފަހުކޮޅު ނިމިދަނީ ވަރަށް ހާލުގެ އުޅެމުން ، މިބުނީ ހަކުރުބަލި ނުވަތަ ކިނޑްނީގެ ބައްޔެއްގެ ޝިކާރައކަށްވެ ކެއުމުގައި އެންމެ ނިކަމަތި މީހާގެ ދަރަޖައަށް ވެއްޓިގެން ،

    16
    1
  3. އާދަނު

    ޓެކްނޮލޮޖީ ކުރި އެރުމުގެ އަސަރު އެންމެ ނޭދެވޭ ގޮތެއްގައި ކުރީ މުސްކުޅި އުމުރުުފުރައިގެ މީހުންނަށެވެ. އެމީހުންނަށް ކުޑައިރު ލިބިފައި ނުވާ ފުރުސަތުތަކެއް ކުއްލި ގޮތަކަށް ހުޅުވުމުން ޓެކްނޮލޮޖީގެ މުވާސަލާތީ ކުރިއެރުންތަކުގައި ބައިވެރިވުމުގެ "ދެވި" ހިފާ އެމީހުން މިތިބީ ގާތް ގަނޑަކަށް އޮރިޔާން ހާލަތެއްގައެވެ. ފޭސްބުކް، އިންސްޓަގްރާމް ޓުވިޓަރ ފަދަ ޕްލެޓްފޯރމްތަކުގައި ޒާތީކަންކަން އާންމުންގެ ސަމާލުކަމަށް ގެނެސް އެމީހުންގެ ޕޯސްޓްތަކަށް އެހެން މީހުން ކުރާ ރިއެކްޝަންތައް ބަލަން ތިބެވެނީ ކެތް މަދުވެފައެވެ. ނޫސްތަކުގައި ލިޔާ މިފަދަ ހަބަރުތަކުން އެމީހުންނަށް ހިތްވަރުލިބި ހަރުދަނާ ބައެއްގެ ގޮތުގައި ޒުވާނުންނަށް ފެނުމުގެ ބަދަލުގައި އެމީހުންނަށް ހީވާ ކަހަލަ ތިމަންމެން މީ ބައެއް ޒުވާނުން ފަދައިން ސެލެބެރޭޓީ ސްޓޭޓަސް ލިބިފައިވާ ޒުވާނުން ފަދައިން އެމީހުންގެ ތެރޭގައި ހިމެނޭ "ވަން އޮފްދަ ގައިސް"ކަމަށެވެ. މީގެ ސަބަބުން ސޮސައިޓީގައި އޮންނަންޖެހޭ އުމުރުފުރައިގެ ވިސްނުމާ އަމަލާއި އުޅުމުގެ ހަރުދަނާ ކަން ގެއްލި ޒުވާނުންނަށް ފިލާވަޅަކަށް ފެންނަންޖެހޭ ކަންކަން މިވަނީ ތަގައްޔަރުވެފައެވެ. ކާއެއްޗަކާ، ލާ ހެދުމަކާ، ބައްދަލުވާ މީހުންނާ ދެކެވޭ ވާހަކައާއި ކުޅޭ ކުޅިވަރުތައް ވަނީ އާންމު ކުރަންޖެހޭ އެއްޗަކަށް ވެފައެވެ. އަމިއްލަ ނުވަތަ ޕްރައިވެޓް އެއްކަމެއް ނެތް ކަހަލައެވެ. ނަތީޖާ އަކީ ސޮސައިޓީގައި މުސްކުޅިންގެ ދަރަޖަ ސޭކުންގެ ދަރަޖައަށް ވެއްޓިގެން ދިއުމެވެ.

    16
  4. ށުމަން

    ދުނިޔެ މަތީގަ ތިހެން އުޅެވިދާނެ ހެދުނު ބުރޫޖު ހަލީފާ ގަ ބްރޭކް ފާސްޓް. މެންދުރު ލަންޗް ސިޑްނީގަ. މާދަން މަރުވީ މަ ހަމަ އެންމެން ތިބޭނީ އެއްތާކު!

    26
    1
    • މޭރޭ ޖޯޑު ކީ ވަތުތަށި

      ތިބުނީ ވ.ބޮޑު ތެދެއް

      11
    • Anonymous

      މަރުވެގެންދާމީހުން ހަމައެކަނި އެއްތަނެއްގައި ތިބޭނީއެއްނޫން، މިދުނިޔޭގައ އިންސާނާގެ އުޅުން ބެހެއްޓޭގޮތުން މިދުނިޔޭގައި އެއްމެ މުއްސަދި އަރާމު ދިރިއުޅުމުގައި އުޅޭމީހާ މަރުވެ މިދުނިޔެ ދޫކޮށްދާ ވަގުތުން ފެށިގެން ދުލުން ބުނަންވެސް ނެއެނގޭހާ ބިރުވެރި ހޫނުގަދަ އުނދަގޫ ޖަޒާތައް ލިބުމުގާ ދެމިގެންދިއުން އަދި މިދުނިޔޭގައި ފަގީރު ދަތިހާލުގައި އުޅެފައިވާ މީހަކު ވަރަށް އުފާވެރި އުޖާލާ މާހައުލެއްގައި ދެމިގެންދިއުމުގެ ނަސީބު ލިބިދާނެއެވެ. ﷲގެ ރަޙުމަތްފުޅުން ސިމްޑީ ޑީޑީއަށް ހެޔޮވިސްނުމާއި ތެދުމަގު ދައްކަވާށި އާމީން، ޔާރައްބަލްޢާލަމީން، އާމީން.

      6
      1
  5. އިސްޢާފް ސަލީމް

    ދުނިޔެމަތީގައި ތިހެން އުޅެވިދާނެޔޭ ބުނެ ކޮމެންޓްކުރި ފަރާތަށް ދަންނަވާލަން އޮތީ އާޚުރަތަށްޓަކައި މަސައްކަތްކުރާ ޙާލު ، ދުނިޔެއިންލިބެންވާ ބައި ހޯދުމަކީ އަދި ލިބޭ ނިޢުމަތްތަކުގެ ވަހަކަދެއްކުމަކީ އަދި ޢާއްމުކުރުމަކީ ގޯހެއް ނޫނެވެ. ޢަރަބި ހަރުބަހެއްގައި އޮންނަނީ މިފަދައިންނެވެ. " ތިބާގެ ދުނިޔެއަށްޓަކައި އާޚުރަތް ގެއްލުވާ ނުލާށެވެ. އަދި ތިބާގެ އާޚުރަތަށްޓަކއި ދުނިޔެވެސް ގެއްލުވާނުލާށެވެ." މާދަމާ ރޯންޖެހިދާނޭކަމަށްޓަކއި ހީއުޅުން ދޫނުކުރާށެވެ. އަދި މާދަމާ މަރުވެދާނޭކަމަށްހިތައި ދިރިއުޅުންވެސް ދޫނުކުރާށެވެ. "

  6. Anonymous

    ގޮތްނޭގޭ ވަރައްކިބުރުވެރިއެއް ގަިމުވެސް އަހަރެންނުދެކެން އެވަރުގެ ކިބުރުވެރިއެއް

    8
    1
  7. ހަަމަ

    ހަމައިގައި ތިބިގެން ދެއްވި ރޯއްޖަށް ޝުކުރު ކުރެވޭނީ ވެސް މިއީ ވަރަށް ވާހަކަ

  8. Anonymous

    މަރުވެގެންދާމީހުން ހަމައެކަނި އެއްތަނެއްގައި ތިބޭނީއެއްނޫން، މިދުނިޔޭގައ އިންސާނާގެ އުޅުން ބެހެއްޓޭގޮތުން މިދުނިޔޭގައި އެއްމެ މުއްސަދި އަރާމު ދިރިއުޅުމުގައި އުޅޭމީހާ މަރުވެ މިދުނިޔެ ދޫކޮށްދާ ވަގުތުން ފެށިގެން ދުލުން ބުނަންވެސް ނެއެނގޭހާ ބިރުވެރި ހޫނުގަދަ އުނދަގޫ ޖަޒާތައް ލިބުމުގާ ދެމިގެންދިއުން އަދި މިދުނިޔޭގައި ފަގީރު ދަތިހާލުގައި އުޅެފައިވާ މީހަކު ވަރަށް އުފާވެރި އުޖާލާ މާހައުލެއްގައި ދެމިގެންދިއުމުގެ ނަސީބު ލިބިދާނެއެވެ. ﷲގެ ރަޙުމަތްފުޅުން ސިމްޑީ ޑީޑީއަށް ހެޔޮވިސްނުމާއި ތެދުމަގު ދައްކަވާށި އާމީން، ޔާރައްބަލްޢާލަމީން، އާމީން.

  9. މާމުއި

    ވަރަށް ހަޑިކަމެއް މިއީ، އެންމެންނަކީ ފޯރުންތެރި އަގުބޮޑު މީރު ކެއުން ލިބޭނެ މީހުންނެއް ނޫން، ﷲ ރޯދިކުރެއްވި ކެއުން ކައިގެން އުޅުނަވެސް ނުދޭންތަ ތިއުޅެނީ؟ މިޙަބަރު ލިޔުމުގެ ބޭނުމެއް ކޮބާ؟ ދުނިޔޭގެ އެކި ހިސާބުތަކުގަ ބަނޑުހައިހޫނުކަމުގައި އުޅޭ ނިކަމެތިންނަށް ކުރެވޭ މަލާމާތެއް މިއީ.

    11
  10. ކަނުހުރާ

    ދީދީ ގެ މުއްސަދި ކަމަކީ ޑޮކްޓަރ ޝަކީލާގެ މަސައްކަތް. ދީދީއަކީ އޭނަގެ މުއްސަދި ދިރިއުޅުން ވަރަށްބޮޑަށް ސޯސަލްމީޑިއާގައި ގެނެސްދޭމީހެއް! ﷲ ޝުކުރުކުރުން މާ އައުލާކަންބޮޑު ފޮނިކެޑުމަށްވުރެ! ޑޮކްޓަރ ޝަކީލާއަކީ ހިތްތިރި ކިބުރުވެރިކަމެއްނެތް ކަނބަލެއް! ތަފާތު ދެ ކެރެކްޓާއެއް!

  11. މއކ

    ސަމަން މަސް. ދެއެހެރީ ޕޯކް ހެންހާދަ ހީވޭ

  12. ސޯލްޖާ

    ދިވެެެހިންގެ ހަސަދަވެރިކަން ބޮޑީ. ޑީޑީ މުއްސަނޖަކަށްވީ ވަރަށް ވެސް ބުރަކޮށް އުޅެގެން. ހަސަދަވެރިކަން ދޫކޮށް ކީބޯޑު ފުރަގަހުގަ ތިބެ ނުފެލި މަސައްކަތްމަށް އަހުކުވެރިވެ ތިމާވެސް މިފެންވަރުގަ އުޅެވޭތޯ އުލެމާ ބަހީ

  13. Anonymous

    ﷲ ބަރަކަ. ސަލާމް ސަރ! އަޅުގަނޑުމެންގެ ހަޔާތުގައި ހިންގަމުންއައި އިޖުތިމާއީ ބޮޑުމަސައްކަތެއް ކޮވިޑާހުރެ ހުއްޓި ވަރަށް ބޮޑަށް ދެރަވެފަ މިހުރީ!ﷲ ސުބްހާނަހޫ ވަތަޢާލާ ދެއްވެވި ތިޔަ ފަދަ ތަނަވަސްކަމާއި އެކު ސަރ ވީނު މި މަސައްކަަތައް އެހީތެރިކަން ދެއްވާ އަޅުގަނޑުމެންގެ މަސައްކަތުގައި ބައިވެރިވެ ޞަރގެ ފަރާތުން ދީލަތި އެހީތެރިކަންދެއްވަވަން! މާ،ލެ އާއި މުޅިރާއްޖެއަށް މި ޚިދުމަތް ފުޅާކުރަމުން އައީ ޚިދުމަތެއްގެ ގޮތުަަގައި އަމިއްލަމަސައްކަތުން އިންޝާﷲ. ތިޔަ އޮފީހުަގައި އުޅުއްވާ ޙަސަންބެއަށް އަޅުގަނޑުމެން އެނގިލަައްވާނެ! ސަރ އަށް ލެޓަރވެސް ކުރިން ފޮނުވިން! ސަރ ގެ ސިއްޙަތުގައި ﷲބަރަކާތްލައްވާށި. އާމީން