ކޮފީ ތައްޓެއް ބޮއެގެން ދުވަސް ފަށާ މީހުން ވަރަށް ގިނައެވެ. މިފަދަ މީހުންގެ އަދަދު ހީނުކުރާހާ އިތުރުވެފައިވާކަން ދިރާސާއަކުން މިވަނީ ހާމަވެފައެވެ. އަދި ވަކިގޮތަކަށް ކޮފީބޯނަމަ ގިނަ ބަޔަކު އެންމެ ދެކެން ބޭނުން ނުވާ، އަވަހަށް މުސްކުޅިވުމުގެ ދުވަސްތައް އެމީހަކާ ކުރިމަތިލާން ޖެހެއެވެ.

ނެޝަނަލް ކޮފީ އެސޯސިއޭޝަނުން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި އެމެރިކާގެ 62 އިންސައްތަ މީހުން ކޮންމެ ދުވަހަކު ކޮންމެވެސް ކަހަލަ ކޮފީއެއް ބޯކަން ފާހަގަ ކުރެވެއެވެ. އަދި އެ ކޮފީއަކީ ކޮންމެހެން ސިއްހަތަށް ރަނގަޅު އެއްޗަކަށް ނުވާއިރު، ބައެއް ކަހަލަ ގޮތްގޮތަށް ކޮފީ ބޯނަމަ އަވަހަށް މުސްކުޅިވުމަށް މަގުފަހިކުރުވާ ބައެއް ނުރަނގަޅު އާދަތައް ވެސް އެބަހުއްޓެވެ.

ހެނދުނުގެ ނާސްތާ ނެގުމުގެ ބަދަލުގައި ކޮފީ ބުއިން

ގިނަ ބަޔަކު ބުނަނީ ހެނދުނުގެ ނާސްތާއަކީ ދުވާލުގެ އެންމެ މުހިންމު ކެއުން ކަމަށާއި އެހެންކަމުން ކެއުމުގެ ބަދަލުގައި ކޮފީ ބުއިމަކީ މުޅި ސިއްހަތަށް ވެސް ރަނގަޅު ކަމަކަށް ނުވެދާނެ ކަމަށެވެ.

ހެނދުނުގެ ނާސްތާ ދޫކޮށްލުމުގެ ބަދަލުގައި ސިއްހީ މާހިރުން ލަފާދެނީ "ތާޒާ މޭވާ، ހޯލް ގްރެއިންސް، އަދި ނަޓްސް ނުވަތަ ބިސް އެކުލެވޭ ހެނދުނުގެ ނާސްތާއެއް ފައިބަރު އަދި އެންޓިއޮކްސިޑެންޓްސް އެކުލެވޭ ހެނދުނުގެ ނާސްތާއެއް ކެއުމަށެވެ.

ކޮފީ މަދުކޮށް ފޮނިކޮށްގެން ބުއިން

ކަޅުކޮފީ ބުއިމުގެ ބަދަލުގައި ގިނައިން ކިރާއި ހަކުރު އަޅައިގެން ކޮފީ ބޯނަމަ އެއީ ސިއްހީގޮތުން ނުރައްކާތެރި ކަމެކެވެ. މިފަދަ ވަގުތުތަކުގައި އާދަޔާ ހިލާފަށް އިތުރަށް ހަކުރު ބޭނުންކުރާ ފަރާތްތައްވެސް އުޅެއެވެ. ހާއްސަކޮށް އުމުރުން ދުވަސްވާވަރަކަށް، ލޭގައި ހަކުރު ހުންނަ މިންވަރު އިތުރުވާއިރު މިއީ ދުރުވުން މުހިންމު ކަމެކެވެ.

ފެނުގެ ބަދަލުގައި ކޮފީ ބުއިން

ފެން ބުއިމަކީ ގިނަ ފަހަރަށް ހަނދާން ނެތޭ އާދައެކެވެ. ނަމަވެސް ގިނައިން ކޮފީ ބޯއިރު، މިއީ ޑީހައިޑްރޭޝަން އާއި ސިއްހީ އިތުރު މައްސަލަތަކުގެ ފެށުމަށްވެސް ވެދާނެ އެވެ.

ޑީހައިޑްރޭޝަން ގެ ސަބަބުން ހަންގަނޑަށް ނޭދެވޭ އަސަރުކޮށް، ހަޖަމްކުރުމާއި، ހަކަތަ ހުރި މިންވަރު، ނިއުޓްރިއެންޓް އެބްޒޯބްޝަން، އަދި ޖޮއިންޓްތަކަށް ވެސް ނޭދެވޭ އަސަރުކުރުވާނެއެވެ.

ދުވާލާއި ރޭގަނޑު އަބަދު ކޮފީ ބުއިން

ކޮފީ ބޯނީ ކޮން އިރަކުތޯ އިހްތިޔާރު ކުރުމުގެ ވާހަކަ ދައްކާއިރު ދުވާލާއި ރޭގަނޑުގެ ހުރިހާ ވަގުތެއްގައި ކޮފީ ބުއިމަކީ ރަނގަޅު އާދައެއް ނޫނެވެ. ކޮފީގައި ގިނަ އަދަދަކަށް ކެފެއިން ހުންނައިރު މީގެ ސަބަބުން އަރާމު ނިދިން މަހުރޫމުވެއެވެ.

އަރާމު ނިދި ނުލިބުމުގެ ސަބަބުން ދިފާއީ ނިޒާމު، މޫޑު، ހަކަތަ، މެޓަބޮލިޒަމް، އަދި އެ ދެމެދުގައި ވާ ހުރިހާ އެއްޗަކަށް ގެއްލުން ވެއެވެ. މިއީ ވިސްނާލުން މުހިންމު ކަމެކެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ނިދަންވީމަ ކޮފީ ބޯ މީހުންވެސް އުޅޭ

  2. އަލީ

    ކޮފީ ނުބޮއި ނުނިދޭ ބޮނީ ހަކުރުނާޅާ ކަޅު ކޮފީ

  3. އާދަނު

    އަރާމު ނިދިން މަހުރޫމުވެއެވެ. މީ ދޮގެއް

    1
    2