ހިންދީ ޑްރާމާތާކުގެ ތެރެއިން އެންމެ މަޝްހޫރު އެއް ޑްރާމާ ކަމަށްވާ އަނޫޕާމާގެ އެކްޓްރެސް މަދަވީ ގޮގަޓޭ ކޮވިޑް-19ގައި މަރުވެއްޖެއެވެ.

އެ ޑްރާމާގައި މަދަވީއަކީ، ލީޑް ތަރި ރުޕަލީ ގަންގުލީ (އަނޫޕާމާ)ގެ މަންމައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އުމުރުން 58 އަހަރުގައި މަދަވީ މަރުވީ މިއަދުގެ ވަގުތެއްގައެވެ. އޭނާ މަރުވިއިރު ދިޔައީ މުމްބާއީ ހޮސްޕިޓަލްގައި ކޮވިޑަށް ފަރުވާ ހޯދަމުންނެވެ.

އޭނާ މަރުުވުމާއެކު ޑްރާމާއިން ފެނިގެން ދިޔަ ތަރިންވެސް ވަނީ މީސް މީޑިއާގައި ހިތާމަ ފާޅުކޮށް އެކި ވާހަކަތައް ލިޔަން ފަށާފައެވެ. އެއްބަޔަކު ބުނެފައި ވަނީ މިއީ ލިބުނު ޝޮކެއް ކަމަށެވެ. އަދި މިއީ ގަބޫލު ކުރަން ދަތި ވާހަކައެއް ކަަމަށްވެސް ބުނެފައި ވެއެވެ.

އަނުޕާމާގެ އިތުރުން މަދަވީ ވަނީ ކޮއި އަޕްނާ ސާ، ދުހެރީ، ކަހިއިން ތޯ ހޯގާ، އެކް ސަފަރު އައިސާ ކަބީ ސޯޗާ ނާ ތާ، ސާވްދާން އިންޑިއާ އަދި ވޯ ހް ހްހްނޭ ވާލީ މެހެލޯން ކީ ފަދަ ޓީވީ ޝޯވތަކުން ފެނިގެން ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު