އިންޑިއާގެ ތާޖުމަހަލް އަކީ ލޯބީގެ ރަމްޒެކެވެ. ޝާހް ޖަހާން ތާޖުމަހަލް ބިނާ ކުރެއްވީ ވެސް ލޯބިވާ އަނބިކަނބަލުން މުމްތާޒް މަހަލްއަށެވެ. ނަމަވެސް މިފަހަރު މިއޮތީ ޝާހް ޖަހާންގެ ވާހަކައެއް ނޫނެވެ. އިންޑިއާގެ އާދައިގެ ފިރިހެނަކު މިވަނީ އޭނާ އަނބިމީހާ ދެކެވާ ލޯބި ހާމަކޮށްދިނުމުގެ ގޮތުން ތާޖުމަހަލްއެއް ބިނާކޮށްދީފައެވެ.

ޝާހް ޖަހާން އާގަރާގައި ބިނާކުރި ތާޖުމަހަލް އާއި ދާދި އެއްގޮތައް މަދްޔަ ޕްރަދޭޝްގައި ތާޖުމަހަލްއެއް ބިނާ ކުރީ އުމުރުން 52 އަހަރުގެ ޓީޗަރެއް ކަމަށްވާ އަމަންދު ޕްރަކޭޝް އެވެ. ދިހަހާސް އަކަފުޓޫގެ މި ގެ ބިނާ ކުރީ މާބުލް ޖަހައިގެންނެވެ. އެއީ އޭނާގެ އަނބިމީހާ އުމުރުން 48 އަހަރުގެ މަންޖޫ ޝާހް ދެކެވޭ ލޯބީގެ ރަމްޒެއް ކަމަށް އަމަންދު ބުނެއެވެ.

އަމަންދު ބިނާ ކުރި ތާޖުމަހަލް އަކީ ހަތަރު ކޮޓަރީގެ ގެއެކެވެ. އެގޭގައި ހޯލަކާއި ލައިބްރަރީ އަކީ މެޑިޓޭޝަން ކޮޓަރިއެއް ހުރެއެވެ. އިމާރާތް ކުރުމަށް ތިން އަހަރު ހޭދަވި މިގެ އިމާރާތް ކުރުމަށް ކުރަން ޖެހުނު ހަރަދު ހާމަކުރާކަށް އަމަންދު ބޭނުމެއް ނުވެއެވެ.

"އަހަރެން ބޭނުންވީ ކުޑަކުޑަ މިއަވަށުގައި ހުރި އެންމެ ފާހަގަ ކޮށްލެވޭ ގެއަށް މިގެ ވާން. އެންމެން ވެސް މިގެއާއި މެދު ވާހަކަ ދެކެވޭ ވަރުގެ ރީތި ގެއަކަށް މިގެ ވާން." އަމަންދު ބުންޏެވެ.

އަނބިމީހާ އަށްޓަކައި އަމަންދު މިގެ ބިނާ ކުރި ނަމަވެސް މިހާރު ފަތުރުވެރިންނާއި އަދި އިންޑިއާ މީހުންގެ ސަމާލުކަން ވެސް ވަނީ މިގެއަށް ލިބިފައެވެ. ބައެއް މީހުން އަންނަނީ މިގޭގައި ޕާޓީތައް ބާއްވަން ވެސް ހުށަހެޅުންތައް ހުށަހަޅަމުންނެވެ.

އަމަންދުގެ ދެމަފިރިންގެ ދެކުދިން އެބަތިއްބެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    ސަޅި!

  2. ތޯތާ

    ޓީޗަރަކަށް ތި ފެންވަރުގެ ގަޑުވަރެއް ހެދޭތަ!

    9
    2
    • ބުރޯ

      ކައެ ހީކުރީ މީ ރާއްޖެ ކަމައްތަ 2ރފ މުސާރަ ނުދޭނެ އިންޑިއާއިން

      13
      1
  3. ޟާން

    ދެން ތި ކަހަލަވާހަކަ ނުދައްކަބަލަ، އަނެއްކަ ތިކަހަލަ ރަމްޒެއް އަހަރުމެން ދިވެހި ފިރިހިނުންގެ ކިބައިން އެދެންފަށާފާނެ މިއުޅޭ “ބްރޭންޑަޑް ދަބަހުގެ” ދިވެހި ޝެލޯ އަންހެންކުދިން!

    17
    1
  4. އާދަމް ނައިބީ

    އަނބިމީހާ ދެކެ ލޯބިވާކަން ހާމަކޮއްދިނުމުގެ ޢަމަލުން އެކަން ދައްކައިދީފިއެވެ. ގަނޑުވަރެއް ބިނާކުރުމެވެ. ބޮޑު ގަނޑުވަރެކެވެ. ރީތި ގަނޑުވަރެކެވެ.
    ސުވާލަކީ ލޯބިވެރިޔާ ދެކެ ލޯބިވާކަމުގެ ދަލީލަކީ ކޮބައިހެއްޔެވެ؟ އެކަމުގެ ޙެތްކަކީ ކޮބައިހެއްޔެވެ؟ ބުނާ ބުނުމުން އެކަން ހާމަކޮށްދިނުން މުހިންމެވެ. ލޯތްބަކީ ގަނޑުވަރެއް ބިނާކުރުން ކަމަށް ވަންޏާ ފުއްދާން އުޅޭ ބެނުމަކަށް ވާނީ ގަނޑުވަރެވެ. ގުޅިގެން އުޅޭ ގުޅުން ނުގުޅުމަކަށް ވެދާނެތީ މިފަދަ ކަންތައް ކުރި ބަޔަކު ތާރީޚުގައި އުޅެފައިވެއެވެ.
    ކޮންމެއަކަސް މިއީ އަޅުގަނޑުގެ ޚިޔާލެވެ. އެކަކަށް ފެންނަ ފެނުން އަނެކަކަށް ނުފެނި ދިޔުމަކީ އެކަށީގެންވާ ކަމެވެ.

    2
    1