ޖޭމްސް ބޮންޑްގެ ގޮތުގައި އެންމެ ފަހުން ޑެނިއެލް ކްރެއިގް ފެނިގެން ދިޔަ މި ފިލްމަށް ބޮކްސް އޮފީހުގައި ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ. އެގޮތުން މީގެ ކުރިން މިއަހަރު އެންމެ ކާމިޔާބުވެގެންދާނެ ފިލްމެއް ގޮތުގައި ބެލެވުނު އެފް9 ،ފާސްޓް އެންޑް ފިއުރިއަސް ފްރެންޗައިޒްގެ އެންމެ ފަހުގެ ފިލްމު ވަނީ ފަހަތަށް ޖައްސާލައިފައެވެ.

ޖަސްޓިން ލިން ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި ވިން ޑީސެލް، ޖޯން ސީނާ، ޖޯޑަނާ ބްރޫސްޓާ، ލުޑާކްރިސް، މިޝޭލް ރޮޑްރިގޭޒް، ޗާލީޒް ތީރޯން އަދި އިތުރު ތަރިންތަކެއް ފެނިގެންދެއެވެ. މިހާރު މި ފްރެންޗައިޒް ގެ ދިހަވަނަ ފިލްމު 2023 ވަނަ އަހަރު އުފެއްދުމަށް ވަނީ ހަމަޖެހިފައެވެ.

ނޯ ޓައިމް ޓު ޑައި މި ހަފުތާ ބަންދުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 733 މިލިއަން ޑޮލަރު ހޯދާނެ ކަމަށް ބެލެވިފައި ވާއިރު، މިއީ 2021 ވަނަ އަހަރު އެންމެ ބޮޑު އާމްދަނީއެއް ހޯދި ހޮލީވުޑްގެ ފިލްމަށް ވެގެންދާނެއެވެ. މި ފިލްމު ދުނިޔޭގެ އެކި ކަންކޮޅުތަކުން 725 މިލިއަން ޑޮލަރު ހޯދި އެންމެ ކާމިޔާބު ފިލްމު އެފް9 އަށް ވުރެ މައްޗަށް ނޯ ޓައިމް ޓު ޑައި އަރާނެ ކަމަށް ބެލެވެއެވެ.

މިއީ "ނޯ ޓައިމް ޓު ޑައި" އިން މުގުރާލި ފުރަތަމަ ބައިނަލްއަގުވާމީ ރެކޯޑެއް ނޫނެވެ. މި ފިލްމަކީ ކޮވިޑް-19 ގެ ބަލިމަޑުކަން ފެށުނު ފަހުން ޗައިނާގެ ބޮކްސް އޮފީސް ނުލައި، ސެޕްޓެމްބަރު 30 ގައި 54 ގައުމެއްގައި ފުރަތަމަ ފަހަރަށް ފިލްމު ދައްކަން ފެށިއެވެ. އޭރު 119 މިލިއަން ޑޮލަރުގެ އާމްދަނީއެއް މި ފިލްމު ވަނީ ހޯދާފައެވެ. ޑެނިއެލް ކްރެއިގް ސްޓާރު ބޮކްސް އޮފީހުގައި "އެފް 9" ގެ ހަބަރުތައް ގެނެސްދޭއިރު، ދެން ޖޭމްސް ބޮންޑް ގެ ރޯލުން ފެންނާނީ ކާކުތޯ ކުރެވޭ ސުވާލަކީ ފިލްމުގެ ފޭނުންގެ ހިތުގައި މިހާރު އުފެދިފައިވާ އެންމެ ބޮޑު ސުވާލެވެ.

ކުޅަދާނަ އެތައް އެކްޓަރުންނެއް މި ކެރެކްޓާ ކުޅުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު މިއީ ފިލްމުގައި ބެލުންތެރިން އެންމެ ބޮޑަށް އިސްކަންދޭ އެއް ބަތަލާކަން ފާހަގަ ކުރެވެއެވެ. ހެންރީ ކެވިލް، ޓޮމް ހާޑީ، ރިޗަޑް މަޑެން، ރެގޭ-ޖީން ޕޭޖް، އަދި އިތުރު އެތައް އެކްޓަރުންނަކީ އެންމެ މި ރޯލުން ފެންނަން ބޭނުންވާ ލިސްޓުގެ އެންމެ ކުރީސަފުގައި ތިބި އެކްޓަރުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކަލޯ

    ހޯދި ނޫނީ ހޯދާނެ؟ އަނގަޔާއި އަތް ދިމާވޭތަ