އިހި، ކަކުނި އަދި ބޯވަ ފަދަ ކަނޑުގެ ދިރުންތަކަކީ އެއީ ނާޒުކު ދިރުމެއް ކަމަށާއި އެސޮރުމެން ދިރިތިއްބާ ހޫނު ފެނުގައި ކައްކަން ނުވާނެ ކަމަށް އިނގިރޭސިވިލާތުގެ ސަރުކާރުން ބުނެފިއެވެ.

އިނގިރޭސިވިލާތުގެ ސްކޫލް އޮފް އިކޮނޮމިކްސް އިން އާއްމު ކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ ސެފަލޮޕޮޑް (ބޯވަ، ބޯވަދިލަމަސް އަދި ކަޓަލްފިޝް) އާއި ޑެކަޕޮޑްސް (ކަކުނި، އިހި، ކްރޭއި ފިޝް) އަކީ 'ތަދު' އިހުސާސް ކުރެވޭނެ ދިރުމެއް ކަމަށާއި އެސޮރުމެންނަށް ރަނގަޅަށް ކަމޭ ހިތަން ޖެހޭނެ ކަމަށެވެ.

މިފަދައިން ބުނެ އެގައުމުން ވަނީ އެސޮރުމެންނަށް ރައްކާތެރިކަން ކަށަވަރު ކުރަން ޖެހޭ ކަމަށްބުނެ ހިމާޔަތް ކޮށްފައިވާ ޖަނަވާރުންގެ ލިސްޓަށް އެސޮރުމެންގެ ނަން އިތުރުކޮށްފައެވެ. މީގެ ކުރިން ބުރަކަށި ހުންނަ ބައެއް ދިރުންތައް ވެސް އެބިލުގެ ދަށުން އެގައުމުގައި ވަނީ ހިމާޔަތް ކޮށްފައެވެ.

ސައިންސްވެރިން އެގޮތަށް ބިލެއް އެކުލަވާލި ނަމަވެސް، އެބިލު ފާސްކުރުމަށް ހާއްސަ ކޮމިޓީއެއް އެކުލަވާލައި އެކަމާއި ގުޅޭ ގޮތުން މަޝްވަރާތައް ކޮށް އެސޮރުމެން ހިމާޔަތް ކުރަން ޖެހޭނެކަން ފާސް ކުރަން ވަކި ގޮތެއް ނިންމާނެ ކަމަށް މީޑިއާ ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ސައިންސްވެރިން ބުނެފައިވަނީ އެފަދަ ދިރުންތަކަކީ އެއީ ތަދު އިހުސާސް ކުރެވޭ ނާޒުކު ދިރުންތަކެއް ކަން އެނގިފައިވަނީ ވަރަށް ގިނަ ތަހުގީގުތަކެއް ކޮށްގެން ކަމަށާއި އެހެން ކަމުން އެފަދަ ދިރުންތައް އެއްތަނުން އަނެއްތަނަށް އުފުލާއިރު ވެސް ހާއްސަ ސަމާލުކަން ދޭން ޖެހޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަލްޖިބްރާ

    ކުށެއްނެތް އިންސާނުން އެމީހުން ނުވެސްދެނެތިއްބާ މަރާލަނީ އެމީހުނަށް ތަދު އިހުސާސް ނުވާތީތަ ؟

    28
    2
    • ޖީއެސްއެމް

      އަސްލުވެސް ދޯ؟

  2. މުޙައްމަދު

    ދެން މި ރާއްޖޭގަ ތިބާވަތްވެސް ކެއުން މަނާ ވާނެ ދޯ. ޢިނގިރޭސި ޓުއަރިސްޓުން ރާއްޖެ އައިސް ފަރު ބަލަންދާއިރު ބޯވަ ކަކުނި އިހި ފެންނަން ނެތިއްޔާ ވާނީ ބޮޑު މައްސަލައަކަށް. އެންމެ ފަހުން އެޢހެދިވެސް ބޮޑު މުސީބާތަކަށްވާނީ. މިޔަރަށް ވިހެން.