ޕީރިއަޑްވުން ނުވަތަ މައްސަރު ކަންތައްތައް ކުރިމަތިވުމުން އެތައް ތަދުތަކެއް އިހުސާސް ކުރަން ޖެހެއެވެ. މީގެއިތުރުން ކެއުމަށް އަންނަ ބަދަލުތަކާއި މޫޑަށް އަންނަ ބަދަލުތަކަކީ ވެސް ޕީރިއަޑްވުމުން ކުރިމަތިވާ ކަންކަމެވެ.
ޕީރިއަޑްވުމުން އެންމެ އާއްމުކޮށް ކުރިމަތިވާ ކަމަކީ ބަނޑަށް ތަދުވުމެވެ. މި ދުވަސްވަރު ބަނޑަށް ތަދުވުން މިއީ އެއްވެސް ބޭހަކުން ރަނގަޅު ކުރެވޭ ކަމެއް ނޫނެވެ.
ނަމަވެސް މި ތަދު ކުޑަ ކުރެވިދާނެ ތަފާތު ގޮތްތަކާއި ތަފާތު ތަކެތި ހުރެއެވެ. ޕީރިއަޑްވުމުން ބަނޑަށް ތަދުވާނަމަ ތަދު ކުޑަކުރުމަށް ބޭނުން ކުރެވިދާނެ ބައެއް ތަކެއްޗަކީ:
ޕީރިއަޑް ޕެއިން ރިލީފް ޕެޗް
ފަތްޕިލާވެލިން ތައްޔާރު ކޮށްފައިވާ މި ޕެޗަކީ ޕީރިއަޑްވެ ބަނޑަށް ތަދުވުމުން، ދަށް ބަނޑުގަ ރިއްސުމާއި، އުނަގަނޑުގަ ރިއްސުމާއި، ހުޅުތަކާއި މަސްގަނޑު އަދި ފައިގައި ރިއްސުމަށް ލުޔެއް ގެނެސްދޭ އެއްޗެކެވެ.
ހޮޓް ޗޮކްލެޓް މިކްސް
ޕީރިއަޑްވުމުން ރިއްސާ ރިއްސުންތަކަށް ލުޔެއް ލިބުމުގެ އިތުރުން މޫޑު ރަނގަޅު ކޮށްލުމަށް ވެސް އެހީތެރިވެދެއެވެ.
ޑާކް ޗޮކްލެޓް
ގިނަ ފައިދާތަކެއް ލިއްބައިދޭ ޑާކް ޗޮކްލެޓަކީ ވެސް ޕީރިއަޑްވުމުން ރިއްސާ ރިއްސުންތަކަށް ލުޔެއް ގެނެސްދޭ އެއްޗެކެވެ. މީގައި ހިމެނޭ ޕޮޓޭސިއަމްގެ ސަބަބުން މަސްގަނޑު ރަނގަޅަށް މަސައްކަތް ކުރުމަށް އެހީތެރިވެދެއެވެ.
މަޑު ބާލީސް
ކަރަށް ތަދުވުމާއި، އުނަގަނޑުގައި ރިއްސުން ފަދަ ކަންތައްތަކަށް ލުޔެއް ހޯދުމަށް މަޑު ބާލީސް ބޭނުން ކުރެވިދާނެއެވެ. މީގެ ސަބަބުން މޫޑު އުފާވެރި ކޮށްދީ އަރާމުކޮށް ނިދާލުމަށް އެހީތެރިވެދެއެވެ.
މީގެއިތުރުން ހެއަރ ސްކަލްޕް މަސާޖާއާއި، ކަޑްލިން ބާލީހަކީ ވެސް ޕީރިއަޑްވުމުން ބަނޑަށް ތަދުވާ މިންވަރު ކުޑަކުރުމަށް އެހީތެރިވެދޭ ތަކެއްޗެވެ.
އެންމެ ރަނގަޅީ ހަމަ މޫދަށްއެރި ކަސްރަތުކޮށް ފަތާލީމަ، ވަރަށް އަވަހަށް ރަނގަޅުވެސް ވޭ!