ބޮލީވުޑް ބަތަލާ ކާޖޮލްގެ ކޮއްކޮ ތަނީޝާ މުކަރުޖީއަށް ކޮވިޑް ޖެހުނީ ބޭރަށް ނިކުމު އުޅުމުގެ ތެރޭގައި ފޮޓޯ ނެގުމަށް މާސްކު ނަގަން ފެށުމުން ކަމަށް އޭނާ ބުނެފިއެވެ.

މިދިޔަ ހަފުތާ ކޮވިޑަށް ފައްސިވެފައިވާ ތަނީޝާ އޭނާގެ ސިއްހީ ހާލަތު ހުރިގޮތް މީސް މީޑޔާގައި ހިއްސާ ކުރަމުން ބުނެފައިވަނީ ދެ ޑޯޒް ވެކްސިން ހަމަކޮށްފައިވާތީ ކޮވިޑު ޖެހުނު ނަމަވެސް ހާލު ރަނގަޅު ކަމަށެވެ.

''ގިނަ ބަޔަކު އެއްވާ ހަފުލާއެއްގައި ވަރަށް ފަހުން އަހަރެން ބައިވެރިވިން. އަހަރެން މާސްކު އަޅައިގެން ހުރި ނަމަވެސް ފޮޓޯ ނެގުމަށާއި، ބައެއް މީހުންނާއި ވާހަކަ ދެއްކުމަށް މާސްކު ނަގަން ޖެހުނު. އަހަރެންނަށް ހީވަނީ އަހަރެންނަށް ކޮވިޑު ޖެހުނީ މި ހަފުލާގެ ތެރެއިން ހެން'' އުމުރުން 43 އަހަރުގެ ބަތަލާ ތަނީޝާ ބުނެފައިވެއެވެ.

ވެކްސިން ޖެހުމުން ވައިރަސްގެ އަސަރު ކުޑަ ވި ނަމަވެސް ބަލި ޖެހުމުގެ ކުރިން ރައްކާތެރިވުމަށް އަޅަން އަންގާފައިވާ ފިޔަވަޅުތައް އެޅުމަށް ތަނީޝާ އެދިފައިވެއެވެ.

މި ވައިރަހަކީ މިހާރު މި މާހައުލުގެ ހިއްސާއެއް ކަމަށާއި އުޅެން ޖެހޭނީ މި ވައިރަހާއި އެކުގައި ކަމަށާއި ނަމަވެސް އެންމެން އެކަތިގަނޑަކަށް ވެގެން މިކަމުން ސަލާމަތްވުމަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށް ވެސް ތަނީޝާ ބުނެފައިވެއެވެ.

ކޮވިޑަށް ފައްސިވެފައިވީ ނަމަވެސް މިހާރު ފެތުރިގެން އުޅޭ އައު ވޭރިންޓާއި މެދު އެއްވެސް ހާސްކަމެއް ނެތް ކަމެއް ވެސް ތަނީޝާ ބުނެފައިވެއެވެ.

ތަނީޝާ ކުޅެފައިވާ ބައެއް ފިލުމުތަކަކީ ''ނީލް އެންޑް ނިކީ''، ''ޓެންގޯ ޗާލީ'' ފަދަ ފިލުމުތައް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    މަސްހޫރުވަނީ ދޯ އަންނިހެން.