އޮމިކްރޮން ވޭރިއެންޓް ޖެހުނު ކަމަށް ބުނެ އިންޑިއާގެ ޑޮކްޓަރަކު އޭނާގެ އަންހެނުންނާއި ދެ ކުދިން މަރާލައިފިއެވެ.
އިންޑިއާގެ ކަންޕޫރު އަވަށުގައި ހިނގާދިޔަ މި ހާދިސާއާއި ގުޅިގެން ފުލުހުން ވަނީ ރަމާ މެޑިކަލް ކޮލެޖުގައި މަސައްކަތް ކުރަމުން އަންނަ ފޮރެންސިކް މެޑިސިން ޑޮކްޓަރު ސުޝިލް ކުމާރު ހައްޔަރު ކޮށްފައެވެ. އަދި މި ހާދިސާގައި މަރުވެފައިވަނީ 48 އަހަރުގެ އޭނާގެ އަނބިމީހާއާއި 18 އަހަރުގެ ފިރިހެން ދަރިފުޅުގެ އިތުރުން ތުއްތު އަންހެން ދަރިފުޅެވެ.
މި ހާދިސާ ހިނގާފައިވަނީ އިންދިރާ ނަގާރުގެ ޑިވިނިޓީ އެޕާޓްމެންޓެއްގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އޭނާގެ އާއިލާ މަރާލުމަށްފަހު އޭނާ އެންމެ ފުރަތަމަ ގުޅާފައިވަނީ އޭނާގެ ބޭބެއަށެވެ. ބޭބެއަށް ގުޅުމަށްފަހު އޭނާ ވަނީ އެކަން ފުލުހުންނަށް ހުށަހަޅައި ދިނުމަށް އެދިފައެވެ.
ފުލުހުން ބުނީ، އޭނާ ދިރިއުޅޭ އެޕާޓްމެންޓަށް ދިޔައިރު، މަރުވެފައި ތިބި މީހުންގެ ހަށިގަނޑު ކައިރީގައި ކުޑަ ލިޔުންކޮޅެއް ވެސް އޮތް ކަމަށާއި އޭގައި ބުނެފައިވަނީ މަރުވެފައިވާ ހަށިތަކުގެ އަދަދު ގުނަމުން ގޮސް އޭނާ ވަރުބަލި ވެއްޖެ ކަމަށާއި އޮމިކްރޮން ވޭރިއެންޓުގެ ސަބަބުން އެކަކު ވެސް ސަލާމަތް ނުވާނެ ކަމަށް ކަމަށެވެ.
ފުލުހުން ބުނީ އެ ނޯޓުގައި އޭނާ އިތުރަށް ބުނެފައިވަނީ އެމީހުން މަރާލާފައިވަނީ ފަރުވާއެއް ނެތި ބައްޔެއް {ކޮވިޑް-19} ގެ ޝިކާރައަކަށްވުމުން ކަމަށެވެ. އަދި އާއިލާއަށް އެ ތުރާލުން ސަލާމަތް ކޮށްދިނީ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
މި ހާދިސާއާއި ގުޅިގެން އޭނާގެ ބޭބެ ބުނީ އެތަނަށް ދިޔައިރު، ކޮއްކޮ ކައިވެނި ކޮށްގެން އުޅުނު އަންހެން މީހާއާއި އެމީހުނެގ ދެ ކުދިންގެ ބިންމަތީގައި ތިބި މަންޒަރު ފެނުނު ކަމަށާއި އެމީހުންގެ ކައިރީގައި މަރުތޭލެއް ވެސް އޮތް ކަމަށެވެ.
އިންޑިއާއިން މިހާތަނަށް އޮމިކްރޮން ވޭރިއެންޓަށް ފަސް މީހަކު ފައްސިވެފައިވާއިރު، މިއީ މިފަދަ ވޭރިއެންޓަކާއި ގުޅިގެން ހިނގާދިޔަ ފުރަތަމަ ހާދިސާއެވެ. މީގެ ކުރިން ބައެއް ފަރާތްތަކުން ބައްޔާއި ގުޅިގެން އަމިއްލައަށް ވަނީ މަރުވެފައެވެ.
އެކަމަކު މި ބޯގަޅި އިންޑިޔާ ވަރެއް ނެތިގެން ރަންރީނދުލޭމެން މި އުޅެނީ. މިކަހަލަ ގަޅި ކަމެއް ނޫހުން ފެނިއްޖެއިޔާ އާޓިކަލް ނުކިޔާވެސް އިންޑިޔާ ކަން ކަށަވަރު ކުރެވޭ. އިނޑިޔާ އައުޓް
ށާއުދީގަ މާ ގިނައިން ކުރޭ
ސުބުހާނަﷲ. މާތްﷲ ހެޔޮ ވިސްނުން ދެއްވަވާށި އާމީން