ސައުދި އަރަބިއްޔާގެ ރިޔާދްގައި ހިިނގާދިޔަ ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އިންޑިއާ އާއިލާއެއްގެ ފަސް މީހަކާއި ސައުދީ މީހަަކު މަރުވެއްޖެއެވެ. މި ހާދިސާގައި ސަައުދީއަށް ނިސްބަތްވާ އިތުރު ފަސް މީހަކު ވަނީ ޒަހަމްވެފައެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައި ހިނގާދިޔަ މި ހާދިސާގައި މުހައްމަދު ޖާބިރު (45)ގެ މުޅި އާއިލާ ވަނީ މަރުވެފައެެވެ. ކެރެލާއަށް ނިސްބަތްވާ އެ އާއިލާއިން މަރުވި މީހުންގެ ތެރޭގައި ޖާބިރް އާއި އޭނާގެ އަންހެނުންގެ އިތުރުން އެ މީހުންގެ ތިން ދަރިން ހިމެނެއެެވެ.
މި އެކްސިޑެންޓް ހިނގާފައި ވަނީ އާއިލާ މީހުން ޖަޒާންއަށް ދަތުރު ކުރަމުން ދަނިކޮށް،އެ މީހުން ތިބި ޓޮޔޯޓާ ކޮރޮއްލާ ލޭންޑް ކްރޫޒާއެއްގައި ޖެހިގެންނެވެ. މި ހާދިސާ ހިނގުމާއެކު އެ މީހުންގެ ހަށިގަނޑު އަލް-ރައިން ޖެނެރަލް ހޮސްޕިޓަަލަށް ގެންގޮސްފައި ވެއެވެ. އަދި ޒަހަޒްވި ސައުދީ މީހާއަށް އަލް-ގޮޔާ ހޮސްޕިޓަލްގައި ފަރުވާދެމުން ދެއެވެ.
ޖާބިރަކީ އަބްދުލް ލަތީފް ޖަމީލް ކުންފުނީގައި މަސައްކަތް ކުރަމުން އައި މުވައްޒަފެކެވެ. އޭނާ އާއިލާއެކު ޖަޒާންއަށް ފުރީ އެ އޮފީހުގެ ޖަޒާން ބްރާންޗަށް ބަދަލު ކުރުމުން އާ އޮފީހަށް ދިއުމަށެވެ.
ސައުދީ ގެޒެޓްއާ ވާހަކަ ދައްކަމުން އާއިލާ ކަންކަން އެނގޭ މީހަކު ބުނީ، ޖުބައިލް އިން ޖަޒާން އަށް އެ އާއިލާއިން ދަތުރު ކުރީ އެމީހުންގެ އަމިއްލަ ތަކެއްޗާއި ގޭގައި ގެންގުޅޭ ސާމާނުގެ ހިފައިގެން ދިޔަ ކަމަށެވެ.
ޓްރަކު ޖަޒަންއާ ހަމައަށް ދިޔަ ނަމަވެސް އެ އާއިލާގެ މީހުން އުޅޭ ތަނެއް ނޭނގެ ކަމަށް އޭނާ ބުންޏެވެ.
އެމީހުންގެ ގާތްތިމާގެ މީހުން މޯބައިލް ފޯނުން އެމީހުންނާ ގުޅަން ކުރި މަސައްކަތް ނާކާމިޔާވި ކަމަށާއި، އެމީހުންގެ ކާރު ވަނީ ވީނުވީއެއް ނޭނގި ގެއްލިފައި ކަމަށް ވެއެވެ.
ނަމަވެސް ފަހުން ހޯދި ހޯދުންތަކުން އެނގުނުގޮތުގައި، އެ މީހުން އެކްސިޑެންޓްވީއެވެ. އަދި އެ މީހުންގެ ހަށިގަނޑު ހޮސްޕިޓަލުން ދެނެގަތްއިރު، އެއީ އެ އާއިލާ ކަން ކަށަވަރުވިއެވެ.
މިހާރު އެ ގައުުމުގައި ހުންނަ އިންޑިއާ އެމްބަސީން ދަނީ އެ އާއިލާގެ ކަންކަން ބަލައި، ކަށުކަމާއި ކެމީގެ ކަންތަކުގައި ކުރަން ކަންކަން ކުރަމުން ކަމަށް ވެއެވެ.
إنا لله وإنا إليه راجعون
އެންމެނަށް ފާފަ ފުއްސަވައި ހެޔޮ ރަޙްމަތް ލައްވައި ޝަހީދުން ދަރަޖައިގައި ގަބޫލު ކުރައްވާނދޭވެ
އިންނާލިއްލާހި ވައިންނާއިލައިހި ރާޖިއޫން