ޗައިނާ އިން ނިއުކްލިއާ ދިރާސާތަކެއް ކުރުމަށްޓަކައި އުފައްދާފައިވާ "ޗައިނީސް އާޓިފިޝަލް ސަން" ނުވަތަ ކުރުކޮށް ދީފައިވާ ނަން ކަމަށްވާ "އީސްޓް" ބޭނުން ކޮށްގެން ރަސްމީ ދިރާސާތައް ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ޗައިނާގެ ޒިންހްއާ އާއި ހަވާލާދީ ބައިނަލްއަޤުވާމީ މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި ޗައިނާގެ ހެފެއީ އިންސްޓިއުޓްސް އޮފް ފިޒިކަލް ސައިންސް އިން އުފެއްދި އިރު މިމަސް ނިމުމުގެ ކުރިން މަސައްކަތް ފަށާނެއެވެ.

އިންސްޓިއުޓްގެ ވެރިޔާ ސޮންގް ޔުންޓާއޯ މީޑިއާއަށް މައުލޫމާތު ދެމުން ވިދާޅުވީ އީސްޓްގެ ނަން ދީފައިވާ ހޫނު ކުރާ ނިޒާމް ނުވަތަ އިރުގެ ދިރާސާތައް ރަސްމީކޮށް ފަށަނީ ކުރިން ނިންމާފައި އޮތް ވަރަށް ވުރެ ވެސް ގަދައަށް ހޫނު އުފައްދާ ގޮތައް ބަދަލުތަކެއް ގެނައުމަށް ފަހުއެވެ. މިއިރުން އުފައްދާ ހޫނުގެ މިންވަރު އިތުރު ކުރީ މިއަހަރުގެ މެދުތެރޭގައި ކުރިއަށް ގެންދިޔަ ޓެސްޓްތަކަށް ފަހުއެވެ.

ޗައިނާ އިން ބުނެފައިވާ ގޮތުގައި އެގައުމުން އުފެއްދި މިސިސްޓަމް ބޭނުންކޮށް ދިރާސާތައް ކުރުމުގެ ފުރުސަތު އާއްމުކޮށް ދުނިޔޭގެ ހުރިހާ ސައިންސްވެރިންނަށް ވެސް ވަނީ ހުޅުވާލާފައެވެ.

ޗައިނާ އިން އުފެއްދި އިރުގެ ހޫނު މިން 160 މިލިއަން ޑިގްރީ ސެލްސިއަސް އަށް އަރައެވެ. އެއީ ދުނިޔެއަށް މިފެންނަ އިރަށް ވުރެ ވެސް ހޫނުމިން ދިހަ ގުނަ މަތީ އަދަދެކެވެ. ނަމަވެސް މިއިރުގެ ސަބަބުން ދުނިޔެއަށް ގެއްލުމެއް ނުލިބޭނެ ކަމަށް ޗައިނާ އިން ބުނެއެވެ.

ޗައިނާ އިން ވަނީ ފަހަކަށް އައިސް ޖައްވީ ކަންކަމަށް ހުރާ ހޭދަ ވެސް ވަރަށް ބޮޑަށް ވަރުގަދަ ކޮށްފައެވެ. ޗައިނާ އިން މިހާރު ވަނީ ޖައްވުގައި ސްޓޭޝަނެއް ވެސް ގާއިމު ކޮށްފައެވެ. ޗައިނާގެ ޖައްވީ ސްޓޭޝަންގައި މިހާރު ދާއިމީކޮށް އެސްޓްރޮނޯޓުން ވެސް ތިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަންނި

    މާދަން އިންޑިއާ އިން ގެރި ގުއި ބޭނުންކޮށްގެން ހަނދެއް އުފައްދާނެ. ދެން މިތާ އުޅޭ ލާދީނީ ޕަޕެޓުން އެ ހޯދާފަ ކޮންމެވެސް ރަށެއްގެ އެއާޕޯޓް ވިއްކާލާނެ

    27
    7
  2. ރެފްރީ

    އަބަދުވެސް މަރުހަބާ

    11
    6
  3. ޢލަި

    ފަރަންޖީން އިރާއި އެކު ޖައްވުގަ ތިއްބާ އިރު އޮއްސިއްޖިއްޔާ ހުންނާނެ ރާ ބޮވިފަ.

    20
    4
  4. މާމިގިލީ މީހާ

    ޗައިނާ މީހުން މި ޕްލެނެޓް އަދި ގޮއްވާލާނެ. ރާއްޖޭގެ މީހުންގެ ބޮލައް ތިޔަ އިރު ވައްޓާލާނެ.

    11
    4
    • ާެއަފީ

      🤣