ގާނާގައި އެއްގަމު ދުއްވާ އުޅަނދުފަހަރުތަކުގައި އުޅޭ މީހުން ހަޅުތާލު ކުރަމުން ދިޔަ ގަޑިއެއްގައި އަންހެންދަރިފުޅު އަތްދަނޑި މައްޗަށް ލައިގެން ސުކޫލަށް ގެންދިޔަ ފިރިހެނަކަށް އާ ކާރެއް ދީފިއެވެ.

އަސްލު ފުރިހަމަ ނަން ހޯދިފައި ނުވާ މި ފިރިހެން މިހާ އެނާގެ ދަރިފުޅު ސުކޫލަށް ގެންދިއުމަށްޓަކައި ހަލުވިކޮށް ހިނގާލާފައި ދިޔަ މަންޒަރު ފެނިފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ ހަވަނަ ދުވަހުގައެވެ. އޭނާ މިގޮތް ހިޔާރު ކުރަން މަޖުބޫރު ވެފައިވަނި ތެލުގެ އަގު ހެޔޮ ކުރުމަށްޓަކައި ސަރުކާރަށް ގޮވަލާ ގާނާގައި ޕަބްލިކް ރޯޑް ޓްރާންސްޕޯޓް ޔޫނިއަންއިން ކުރަމުންދިޔަ ހަޅުތާލާއި ގުޅިގެންނެވެ.

މި ފިރިހެންމީހާ އޭނާގެ ދަރިފުޅު ގޮވައިގެން އުނދަގޫ ދަނޑިވަޅުން އަރައި ގަންނަން ކުރަމުންދިޔަ ބުރަ މަސައްކަތްތަކުގެ މަންޒަރު ސިފަވާ ފޮޓޯއެއް މީސް މީޑިއާގައި ދައުރުވަމުން ދިއުމާއި އެކު ގިނަ ބައެއްގެ ލޯބި އެނާއަށް އޮހިގެން ދިޔައެވެ.

މިއާއެކު ގިނަ އަދަދެއްގެ މީހުންތަކެއް މި ބުރަ މަސައްކަތްތެރިޔާ އެއް ތަނުން އަނެއް ތަނަށް ދިއުމަށްޓަކައި އާ ކާރެއް ގަނެދިނެވެ.

އެގޮތުން މަލްޓިމީޑިއާ ނޫސްވެރިއެއް ކަމަށްވާ ކެންނެތް އަވޮޓްވޭ ޑާކޯ އޭނާގެ ޓްވިޓާ އެކައުންޓް ކަމަށްވާ "ދަކެންނެތްޑާކޯ"އިން އެންމެންގެ ސަމާލު ކަމަށް އަންނަ ގޮތަށް ކޮށްފައިވަނީ ސުވާލެކެވެ.

"ޑްރައިވަރުންތަކެއް ހަޅުތާލު ހިންގަމުން ދިޔަ ވަގުތުގައި ކުޑަ އަންހެން ކުއްޖަކު އުރާލައިގެން ސުކޫލަށް ދިޔަ މީހާ މަތިން ހަނދާން އެބަހުރި ހެއްޔެވެ"؟

ދެން އޭނާ އެދިފައިވަނީ ގިނަ އަދަދެއްގެ މީހުން ތަކެއް އޭނާއަށް ކާރެއް ގަނެދޭން ބޭނުންވާ ކަމަށާއި މި ފިރިހެން މީހާ ހޯދުމުގައި އެމީހުންނަށް އެހީތެރިވެ ދިނުމަށެވެ.