ފިލުމެއް ބަލާލާއިރު އެއީ އެތައް ބައެއްގެ އަގުހުރި އަދި ބުރަ މަސައްކަތެއްކަން އެނގެއެވެ. އެތައް ދުވަހެއްގެ ބުރަ މަސައްކަތުން ނިންމާލާ ފިލުމުތަކުގައި ކޮންމެ އެކްޓަރެއްގެ ވެސް ހާއްސަ ޝަރުތު ތަކެއް ހުރެއެވެ.

މިގޮތުން ކުޅޭ ފިލުމުތަކުގައި ހާއްސަ ޝަރުތުތަކެއް ހުންނަން ޖެހޭ ކަމަށް ކަނޑައަޅާފައިވާ ފަންނާނުންނަކީ:

ސަލްމާން ޚާން

ބެލުންތެރިންނާ ހަމައަށް ރީތި ފިލުމު ތަކެއް ގެނެސްދީފައިވާ ސަލްމާން ފިލުމެއްގައި ސޮއި ކުރުމުގެ ކުރިން ކޮންޓްރެކްޓުގައި ''ނޯ ކިސިންގ ޕޮލިސީ'' އެއް އޮންނާނެއެވެ. ސަލްމާން ކުޅެފައިވާ ފިލުމުތަކުން ވެސް އެފަދަ މަންޒަރެއް ނުފެނެއެވެ.

ޝާހުރުކް ޚާން

ފިލުމެއްގެ ޝޫޓިންގެ ތެރެއިން ދިމާވި އެކްސިޑެންޓެއްގެ ސަބަބުން އަސް ދެކެ ބިރުގަންނަ ޝާހުގެ ޝަރުތަކީ ފިލުމުގައި އަސް ބޭނުން ނުކުރުމެވެ.

އަކްޝޭ ކުމާރު

އަހަރެއްގެ ތެރޭގައި އެންމެ ގިނަ ފިލުމު ކުޅޭ އަކްޝޭ ކުމާރުގެ ހާއްސަ ޝަރުތަކީ އާދީއްތަ ދުވަހު ފިލުމުގެ އެއްވެސް މަސައްކަތެއް ނުކުރުމެވެ. އެއީ އޭނާ އާއިލާއާއި އެކު ހޭދަކުރާ ދުވަހެވެ. ނަމަވެސް ހާލަތުގެ ގޮތުން ބައެއް ފަހަރަށް އާދީއްތަ ދުވަހު ވެސް ޝޫޓިން ކުރެއެވެ.

ރިތިކް ރޯޝަން

އަންހެން ކުދިންގެ ހިތްތަކުގައި ރަސްކަން ކުރަމުންދާ ރިތިކް ރޯޝަންގެ ހާއްސަ ޝަރުތަކީ ކޮންމެ ފިލުމަކަށް ވެސް ކަނޑައެޅިފައި އޮންނަ މުއްދަތައް ވުރެ އިތުރަށް މަސައްކަތް ކުރަން ޖެހިއްޖެ ނަމަ އެ އިތުރު ގަޑިއަށް އޭނާއަށް ފައިސާ ދޭން ޖެހޭނެއެވެ.

ފަންނާނުން މިގޮތަށް ޝަރުތު ކަނޑައެޅުމަކީ އެމީހުންގެ ފޮނިކަމާއި ބޮޑާކަން ކަމުގައި ބައެއް ފަރާތްތަކުން ބުނެފައިވާ އިރު ބައެއް ފަރާތްތަކުން ބުނެފައިވަނީ އެއީ އެމީހުންގެ ވެސް ގޮތެއް ހުންނަކަން އަންގައިދޭ ކަމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރައްޔިތުމީހާ

    އެއީ ވަރަށް ރަނގަޅު މުހިންމު ހަރުދަނާ ސަޙްސިއްޔަތެއް ހުންނަކަން އެނެގޭ ކަމެއް