ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު އަހުގައި ހުކުރަށް ވަޑައިގަންނަވާ މަންޒަރު ފެންނަ ވީޑިއޯތަކަށް އެތައް ބައެއްގެ ސަމާލުކަން ހުއްޓިއްޖެއެވެ.

އެ ވީޑިއޯތައް މިހާރު މީސް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ވަނީ ވައިރަލްވެފައެވެ.

އަހަކީ ރާއްޖޭގައި އާއްމުކޮށް އުޅޭ ޖަނަވާރަކަށް ނުވިކަމުގައިވިޔަސް، 2020 ވަނަ އަހަރު އައްޑޫ ސިޓީއަށް އަސް ގެނެސްފައި ވެއެވެ. އަދި އެ ސިޓީގައި އުޅޭ ފަރާތްތަކުން އަސް ދުއްވުމުގެ ކަންކަން ކޮށް އުޅެއެެވެ.

އެންމެ ފަހުން ސިޔާމްގެ ސިޔާމް ވޯލްޑް ރިސޯޓަށްވެސް ވަނީ އަސް ގެނެސްފައެެވެ.

މިހާރު މީސް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯއިން ފެނިގެން ދަނީ ސިޔާމް ވޯލްޑް ރިސޯޓްގައި ހުންނެވި ދުވަހެއްގައި ހުދު ކުލައިގެ ކުރުތާއެއް ތުރުކުރައްވައިގެން ހުދު ކުލައިގެ އަހެއްގައި އިށީންދެގެން އިނދެ އޭނާ މިސްކިތަށް ވަޑައިގަންނަވާ މަންޒަރެވެ. އެއީ ހުކުރު ދުވަހުގެ މެންދުރުގެ ވަގުތެވެ.

މިހާރު ސިޔާމް ވޯލްޑް ރިސޯޓްގައިވެސް އަސް ގެންގުޅެއެވެ. މީގެ ކުރިންވެސް ރާއްޖޭގެ ބައެއް ރިސޯޓްތަކުގައި އަސް ގެންގުޅުނު ކަމަށް ވެއެވެ.

އެހެން ނަމަވެސް މިއީ މިފަހަކުން ރިސޯޓަކަށް އަސް ގެނައި ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ޑީން

    ބަނޑޮސް ރިސޯޓަށް އެއްމެފުރަތަމަ އަސް ގެނައީ

    31
    5
  2. އަސް ދުުއްވާލަން ބޭނުން

    ހާދަ ރީތި އަހަކޭ..

    42
    3
    • ޢަހޫ

      ޢެއީ ޖަމަލެއް.

      5
      1
  3. ހަސަންކަޖާ

    ހުދުކުލައިގެ ކުރުތައެއް ތުރުކުރައްވައިގެން ހުދު އަހަކަށް އަރަވަޑައިގެން އިންނެވި ހުދު އިބިލީހެއް ބާ!

    94
    1
  4. އަރޫ

    ޤާރޫން މަތިން ހަދާންވީ

    62
    2
  5. ޞާލާ

    ޔަޤީން އަންހެން އަހެއްކަން..

    50
    • މީ

      އަސްތަޤްފިރުﷲ 🤫

      15
  6. ބޮކި

    ނަސީބެނު ޖަމަލެގައިނުދިޔަކަން !

    18
    2
  7. ހާމާނު

    ހޮނިހިރު ދުވަހު ހުކުރައް ވަޑައިގަތީ🙉🙉

    15
    2
  8. ގާދިރު

    ތިޔަދަނީ ހުކުރަކަށް ނޫން މުއްސަދިކަން ދަށްކަން ވެގެން ބޮޑު މުސްކުޅިޔަކު ތެޅޭގޮތް ފެނިފައި ހައިރާންވޭ ލާރި އޮންނަ ކޮންމެ މީހަކުވެސް ތެޅެނީ މިގޮތަށް މަރުވަންދެން

    34
    1
  9. ހުދުހުދާ

    ކޮބާ ހުދު ތާކިހާ

    23
    1
  10. ވައިކިންގ

    ހަމަ ޖާހިލިއްޔަތު. ކަންދެއްކުން.

    27
    1
  11. ހުދުއަސް

    ދައްކަން ކުރާ ކަންކަމަކީ ކޮންކަހަލަ ކަމެއްތަ؟

    14
  12. ފިރު އައުނު

    ގާރޫނައްކިހިނެއްވީ

    9
    2
  13. ސައްފަތު

    އުންމީދު ކުރެވެނީ ދާދި އަވަހަށް މާލޭގެ މަގުތަކުގައިވެސް އަސް ދުއްވޭނެ އިންތިޒާމުތައް ހަމަޖެހިގެން ދާނެކަމަށް.

    10
    5
    • ށަވިޔަނި

      އަސްތަޣްފިރުﷲ

    • ފުރީ

      ފުރަތަމަ މާލޭމީހުން ހިނގާފަ ނޫނީ ބައިސްކަލުގައި އުުޅެބަލަ ސައިކަލުތަކާ ހެދިނެޠޭނު ފިޔަވަޅެއް އެޅެން.

      4
      1
  14. Anonymous

    އަސް ދުއްވި ކަމަކަށް ނުވާނެ! މީހަކު އެ ކޮށްޕަމުން ދިޔަޢީ!

  15. ޔަމަން

    ރާނީވަނީ ކުޅެދޭމީހުން ނުކުޅެދޭމީހުންނަށް ހަދާފަ. އަހުން ހައިރާނެއްނުވޭ.

    • ރާނީ

      މި އިންނެވި ރާނީ ދެއްތޯ! އަޅުގަނޑު މެންގެ ރާނީ ފާތިމަތު އިބްރާހިމް،