ދިފާއީ ނިޒާމު ވަރުގަދަކުރުމަށް ހަށިގަނޑަށް ފައިދާހުރި އަދި ދިފާއީ ނިޒާމު ވަރުގަދަ ކުރާ މާއްދާތައް ހިމެނޭ ކާބޯތަކެތި ކެއުމުގައި ބޭނުންކުރުމަކީ ބަލިތައް ޖެހުމުން ދުރުކޮށްދޭ އަދި ބަލިތަކުން އަރައިގަތުމަށްވެސް އަވަސްކޮށްދޭ ކަމެކެވެ. އަދި ނިއުޓްރިޝަނިސްޓުން ވަރަށް ބޮޑަށް އިލްތިމާސްކުރާ ކަމަކަށްވާއިރު މި ބަލާލަނީ ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކުރުމަށް ކެއުމުގައި އިތުރުކުރެވިދާނެ ހަތް ބާވަތަށެވެ.

1. ލޮނުމެދު- ލޮނުމެދަކީ ދިވެހިންގެ ކެއުމުގައި ބޭނުންކުރާ ވަރަށް މުހިންމު އެއް ބާވަތެކެވެ. ބައެއް ފަރާތްތަކުން ލޮނުމެދު ގިނައިން ބޭނުންކުރާއިރު އަނެއްބައި ފަރާތްތަކުން ލޮނުމެދު ބޭނުންކުރަނީ ވަރަށް މަދުންނެވެ. ރިހަ ކެއްކުމުގައި އާއި އެކި ވައްތަރުގެ ހެދިކާ ތައްޔާރުކުރުމުގައިވެސް ލޮނުމެދު ބޭނުންކުރާއިރު ބައެއް ފަރާތްތަކުން ލޮނުމެދު ފިހެގެންވެސް ކެއުމުގައި ބޭނުންކުރެއެވެ.

އާދައިގެ ހުމާއި ރޯނގާއިންވެސް އަވަހަށް އަރައިގަތުމަށް އަދި ބަލި ޖެހުމުގެ ފުރުސަތު ލޮނުމެދުގައި އެކުލެވޭ މާއްދާތަކުގެ ސަބަބުން ކުޑަކޮށްދެއެވެ. ލޮނުމަދުގައި ހިމެނޭ އެލިން ނަމަކަށް ކިޔާ މާއްދާއަކީ ކެންސަރު ބަލިޖެހުމުންވެސް ދުރުކޮށްދޭ މާއްދާއެކެވެ.

2. އިނގުރު- އިނގުރުގައި އޮކްސިޑޭޓިވް އަދި އެންޓި އިންފްލެމޭޓަރީގެ މާއްދާތައް އެކުލެވެއެވެ. މިއީ ފިނީގެ ސަބަބުން ކަރުތެރެ ދުޅަވެ ދިމާވާ މައްސަލަތަކުން ފަސޭހަކޮށްދޭ ކަރުތެރެ ސާފުކޮށްދިނުމަށް އެހީތެރިވެދޭ އަދި ކާޑިއޯވަސްކިއުލާ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ އެއްޗެއްކަމަށް ތަޖުރިބާކާރުން ބުނެއެވެ. އަދި ހަޖަމުކުރުމާއި، މޭނުބައިކުރުމުގެ މައްސަލަ ހައްލުކުރުމަށްވެސް އިނގުރު އެހީތެރިވެދެއެވެ.


3. ސްޕިނެޗް
- ގިނަ ފަހަރަށް ފިނި މޫސުމުގައި ލިބެން ހުންނަ ސްޕިނެޗް އަކީ ގިނައަދަދަކަށް މެގްނީޒިއަމްގެ ހިމެނޭ ބާވަތެކެވެ. މިއީ މެޓަބޮލިޒަމް، ޕަސްކްލް އަދި ނާރުގެ ހިނގުތައް ރަނގަޅުކުރުމަށް ބޭނުންތެރި އެއްޗެކެވެ. މިއީ ބީޓާ ކެރޮޓީން، އެންޓިއޮކްސިޑެންޓްސް އަދި ވިޓަމިން ސީ އިން މުއްސަނދިވެފައިވާ މާއްދާއެކެވެ.

4. ހުތް މޭވާ- އޮރެންޖް، ލުނބޯ އަދި ކިވީ ފަދަ ހުތް މޭވާތަކަކީ ވިޓަމިން ސީ އިން މުއްސަނދިވެފައިވާ މޭވާތަކެކެވެ. މިއީ ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށް ކޮންމެހެން ވެސް ބޭނުންތެރި މޭވާ ތަކެކެވެ. ވައިރަލް އިންފެކްޝަންތަކާ ހަނގުރާމަކުރާ ވައިޓް ބްލަޑް ސެލްތައް އުފެއްދުމަށްވެސް ވިޓަމިން ސީ އެހީތެރިވެދެއެވެ.

5. ޔޯގަޓް އަދި ކާޑް- ޔޯގަޓް އޭ ބުނުމުން ފުރަތަމަ ވެސް ހިތަށް އަންނަނީ އެކި ފްލޭވާތަކުގެ ޔޯގަޓް އެވެ. ސްޓްރޯބެރީ އާއި ބްލޫބެރީ ފަދަ ފްލޭވާތަކެވެ. މިފަދަ ޔޯގަޓް ތަކަކީ ހަކުރާއި އެހެނިހެން ނުރަނގަޅު މާއްދާތައްވެސް ހިމެނޭ އެއްޗިއްސެވެ. ނަމަވެސް އެންމެ ރައްކާތެރީ އެއްޗެސް އެއްޗެއް ނާޅާ ހުންނަ ޕްލެއިން ޔޯގަޓް އެވެ. މިއަށް މޭވާއެއް އަޅައިގެން ކެވިދާނެ އެވެ.

6. މާމުއި- މިއީ ދުނިޔޭގެ ހުރިހާ ހިސާބަކުންވެސް ލިބެންހުންނަ ހަށިގަނޑަށް ފައިދާހުރި މާއްދާތައް ހިމެނޭ ގުދުރަތީ ބުއިމެއް ކަމަށް އެންމެންވެސް ދެކެވެ. ހެނދުނު ހޭލައިގެން ހުސްބަނޑާ މާމުއި ސަމުސަލެއް ބުއިމަކީ ބަނޑު ހަމައަކަށް އެޅޭ އަދި ސާފުކޮށްދޭ ކަމެއްވެސް މެއެވެ.

7. ފަޅޯ- މިއީ ވިޓަމިން ސީ އިން މުއްސަނދިވެފައިވާ މޭވާ އެކެވެ. ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް ފަސޭހައިން ފަޅޯ ލިބެންހުންނައިރު މިއީ ލޭގައި ހިމެނޭ ރެޑްބްލަޑް ސެލް އިތުރުކޮށްދޭ މާއްދާތައް ހިމެނޭ މޭވާއެކެވެ.