އާއްމު ރައްޔިތުންނަށް އަދި ވަކީން ޚާއްޞަކޮށް ރަށްފުށުގައި ދިރިއުޅޭ ފަރާތްތަކާއި ފަޤީރުންނަށް ފާޚާނާ ކުރެވޭނެ އިންތިޒާމު ނެތުމަކީ، އަވަށްޓެރި އިންޑިޔާ އަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައެވެ. މި މައްސަލައަށް އެދެވޭ ހައްލެއް ލިބިފައިނުވާއިރު، މިކަމުގެ ސަބަބުން ޞިއްޙީ އަދި އިޖުތިމާޢީ އެތައް މައްސަލައެއް ދަނީ ނިކުންނަމުންނެވެ.
މިކަމަށް ކުޑަ ނަމަވެސް ހައްލެއް ގެނެސް، ކޮންމެވެސް ބަޔަކަށް މިކަމުން އެހީތެރިކަން ފޯރުކޮށްދިނުމަށް، އެޤައުމުގެ ޕޫނާއަށް ނިސްބަތްވާ ރައްޔިތަކު ދަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. އޭނާ ދަނީ ފުޅިމަދުން ފާޚާނާތަކެއް އުފައްދަމުންނެވެ.
އިންޑިޔާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި، ރަމްދަސް މާނޭ ނަމަކަށް ކިޔާ މީހަކު އިސްވެ ހުރެ، އޭނާގެ ކުންފުނީގެ ދަށުން މި ފާޚާނާތައް ބިނާކުރުމުގެ މަސައްކަތް ކުރާއިރު، ފުޅިމަދު ފާޚާނާތަކުގައި ސިމެންތީގެ ފަށަލައެއްވެސް ވަނީ ލައިފައެވެ.
މި ކުދިކުދި އަދި އެއް ތަނުން އަނެއް ތަނަށް ފަސޭހަކަމާއެކު އުފުލެވޭ ވަރުގެ ފާޚާނާތައް އުފެއްދުމަށް، އެތަކެތި ހަދިޔާ ކުރަމުންދަނީ، އަލަށް ކައިވެނިކުރާ އަންހެން ކުދިންނަށެވެ. އޭގެތެރެއިންވެސް، ފިރިމީހާގެ ގޭގައި ފާޚާނާއެއް ނެތް ކުދިންނަށެވެ.
އެއްވެސް އަގަކާ ނުލައި ރަމްދަސް މި މަސައްކަތް ކުރަމުންދާއިރު، އޭނާއަސް ދަނީ އެތައް ބައެއްގެ ތަޢުރީފުވެސް ލިބެމުންނެވެ. ހަމައެހެންމެ، އެތައް ބަޔަކު ދަނީ އޭނާގެ މަސައްކަތް ބަލައިގަންނަމުންވެސްމެއެވެ. އެކަން އެންމެ ރަނގަޅަށް ހާމަވަނީ، އެޤައުމުގެ ވަރުގަދަ ސީއެސްއާރް އެވޯޑެއް އޭނާއަށް ލިބުމުންނެވެ.
ފުޅިމަދުން ފާޚާނާ އުފެއްދުމުގެ މަސައްކަތް އޭނާ ކުރާއިރު، ފުޅިމަދު ރިސައިކަލް ކުރާ މެޝިނެއްވެސް އޭނާވަނީ އުފައްދާފައެވެ. އޭގެ ޕޭޓަންޓްވެސް ހޯދާފައިވަނީ ރަމްދަސް އެވެ.
މިކަމަށް ފިލުމެއް ހަދާލާ އަވަހަށް... ތިޔޮތީވާ ގެރި ދީނެއް