ޖަރުމަނުގެ ލެޝަރ ކެރިއަރ ކޮންޑޯރ އިން އާ ކުރެހުންތަކަކަކާއެކު މަތިންދާބޯޓުތަކެއް އީޖާދުކޮށްފިއެވެ.

މިއީ އަބަދު ހުދު ކުލައިގެ މަތިންދާބޯޓުތައް ފެނި ފޫހިވެފައިވާ މީހުންނަށް ހިތްހަމަ ޖެހުމަކަށް ވާނެއެވެ.

ޖަރުމަނުން އީޖާދުކުރި މި މަތިންދާބޯޓުގައި ހުރީ ބީޗް ތުވާލީގައި ހުންނަ ގޮތަށް ހުދުކުލަ އާއި އެހެން ކުލައެއް ބޭނުންކޮށް ރޮނގު ދަމައިފައެވެ. އެގޮތުން މީގެ ފަސް ކުލައެއްގެ ބޯޓު ކޮންޑޯއިން ވަނީ ތައްޔާރު ކޮށްފައެވެ.

Condor_B757_Passion_sRGB-1

ކޮންޑޯއިން އެންމެ ފަހުން މި ދައްކާލި ކޮންސެޕްޓްގެ މަތިންދާބޯޓުތަކަށް ބަލާއިރު ހޫނުމޫސުމުގެ ދަތުރުތަކާއި، އެ މޫސުމުގެ ޗުއްޓީ ހޭދަކޮށްލުންތަކާ ގުޅެއެވެ. ރިޕޯޓުތައް ބުނާގޮތުން މަތިންދާބޯޓުތައް ޒީނަތްތެރިކުރަން ބޭނުން ކޮށްފައިވާ ރޮނގުދެމި ކޮންސެޕްޓަކީ ހޫނު މޫސުމުގައި ބޭނުންކުރަމުންދާ ރޮނގުދެމި ތުވާލިތަކާއި، ގޮނޑުދޮށުގައި ޖަހާފައި ހުންނަ ރޮނގުދެމި ގޮނޑިތަކާއި ގުޅުވާލައިފައި ނަގާފައިވާ ކޮންސެޕްޓެކެވެ.

މަތިންދާބޯޓު ހިމެނޭ ކުލަތައް:

  1. ޔެލޯ (ސަންޝައިން)
  2. ރަތް (ޕެޝަން)
  3. ނޫކުލަ (ކަނޑު)
  4. ފެހި (ރަށް)
  5. ބެއިޖް (ބީޗް)

ކޮންޑޯރ އިން ބުނާގޮތުގައި މި ކުލަތަކަކީ ބޯޓުގެ މެހެމާނުންނާއި، މުވައްޒަފުންނަށް ދުނިޔެ ދެނެގަތުމުގެ ފުރުސަތުތަކުގެ ތަފާތުކަން ދައްކުވައިދޭނެ ކުލަތަކެކެވެ. ޖަރުމަނުގެ ލެޝަރ ކެރިއަރ އަކީ އެ އެއާލައިންގެ ލިވަރީ އެކި ކުލަތަކުން އަޕްޑޭޓްކުރި ހަމައެކަނި އެއާލައިނެއް ނޫނެވެ. މި ކުރެހުންތަކުގައި ފަސް ކުލައެއް ހިމެނިގެން އައިސްފައިވާއިރު، އެކަން ވެފައިވަނީ ގިނަ ބައެއްގެ ސަމާލުކަން ލިބުނު ތަފާތު ކަމަކަށެވެ.

މި ބޯޓުތައް ދަތުރުކުރުމަށް ހަމަޖެހިފައި ވަނީ ގްރީސްގެ މެލޮރްކާ، ކެނެރީ އައިލެންޑްސް އަދި މިސްރަށް ކަމަށް ވެއެވެ.