ބޮލީވުޑުގައި ގިނަ ބައެއްގެ ސަމާލުކަން ލިބުނު އަބީޝޭކް ބައްޗަން އަށް ސައިކަލު ދުއްވަން ދަސްކޮށްދިނީ ޖޯން އަބްރަހަމް ކަމަށް އޭނާ ބުނެފިއެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި އަބީޝޭކް ބުނީ އޭނާއަށް ކުރިން ސައިކަލު ދުއްވަން ނޭނގޭ ކަމަށެވެ. އޭނާ ބުނީ ސައިކަލު ދުއްވަން ނޭނގެނީ އޭނާ ސައިކަލު ދުއްވައިގެން އެކްސިޑެންޓެއް ވެދާނެތީ އެކަމާއި އެނާގެ މައިންބަފައިން ނުރުހޭތީ ކަމަށެވެ.

ނަމަވެސް “ ދޫމް” ފިލްމު ކުޅެން ވެގެން އޭނާއަށް ސައިކަލު ދުއްވަން ދަސްކުރަން މަޖުބޫރުވި ކަމަށް އަބީޝެކް ވަނީ ބުނެފައެވެ.

އޭރު ޖޯން ދިރިއުޅެމުން ދިޔައީ ބާންދްރާގައި ކަމަށާއި އޭނާ ދިރިއުޅެމުން ދިޔައީ ޖޫހޫގައި ކަމަށްވެސް އޭނާ ކިޔާދިނެވެ. އަދި ކޮންމެ ދުވަހަކު އޭނާއަށް ސައިކަލު ދުއްވަން ދަސްކޮށްދޭން ޖޯން ބާންދްރާއިން ޖޫހޫއަށް އަންނަ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ޖޯން އަދި އަބީޝޭކް ވެސް ފެންނަ އެ ފިލްމުގެ ސައިކަލު ދުއްވަން ޖެހޭ ޝޫޓްތައް ނިމުމުން ޖޯން އޭނާ އަށް ހިތްވަރު ދިނުމުގެ ގޮތުން ޗޮކޮލެޓް ވެސް ދޭ ކަމަށް އަބީޝޭކް ބުނިއެވެ.

ދޫމް ގެ ފުރަތަމަ ފިލްމުގައި އަބީޝޭކަކީ ޕޮލިސް އޮފިސަރެކެވެ. އަދި ޖޯން އަކީ ގޭންގު ލީޑަރެކެވެ.