މަސައްކަތުގެ މާހައުލުގައި އުޅޭ ވަގުތު ކުޑަ ވަގުތު ކޮޅަކަށް ނަމަވެސް ނިދާލަން ބޭނުންވާ މީހުން މަދެއް ނޫނެވެ. އެކަންކަން އެގޮތަށް ކުރަނީ ހަށިގަނޑު ހަމައަކަށް އަޅުވާލުމަށް ކަމަށް ގިނަ މީހުން ބުނެއެވެ.

ނިދަން ބޭނުންވާ މީހުންނަށް އިންޑިއާގެ ކުންފުންޏަކުން މިވަނީ އެފުރުސަތު ފަހިކޮށްދީފައެވެ.

ބެންގަލޫރުގެ ވޭކްފިޓްގެ ސީއޯ ކުންފުނީގެ ކޯފައުންޑަރު ޗައިތަންޏާ ރަމަލިންގެގޯ މުވައްޒަފުންނަށް ފޮނުވި "ނިދުމުގެ ހައްގު" މެއިލްގައި ބުނެފައިވަނީ ދިރާސާތަކުން ދައްކާ ގޮތުގައި މެންދުރު ނިދާނަމަ ސިކުނޑި ހަމަޖެހި މަސައްކަތަށް ފަރުވާ ދޭ މިންވަރު އިތުރުވާ ކަމަށެވެ.

އެހެން ކަމުން އެކުންފުނީގެ މުވައްޒަފުންނަށް މެންދުރު 2:00 އިން 2:30 އަށް ނިދޭނެ ކަމަށާއި އެ ހައްގު ހުރިހާ މުވައްޒަފުންނަށް ލިބޭނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ނާސާގެ ދިރާސާއަކުން ދައްކާ ގޮތުގައި 26 މިނެޓުގެ ކުރު ނިދުމެއް ނިދައިފިނަމަ އިންސާނާގެ ހަށިގަނޑު މަސައްކަތް ކުރޭ މިންވަރު 33 އިންސައްތައަށް އިތުރުވެގެންދެއެވެ.

އިންޑިއާ ކުންފުނިން އެގޮތަށް ނިންމުމާ އެކީ އެ ކުންފުނި ވެގެންދާނީ ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މެންދުރުގެ ނިދުމަށް ފުރުސަތު ދޭން ނިންމި ފުރަތަމަ ކުންފުންޏަށެވެ.

ކިޔުންތެރިންގެ ހިޔާލު